ނޭވާ 2 ގެ ނަމުގައި ބާއްވާ ވޯލްޑް ރެކޯޑް އިވެންޓޤގައި ބައިވެރިވާ ފިލިތެޔޮ ރިސޯޓްގެ މުއައްޒަފުން، ފްރީ ޑައިވް މޯލްޑިވްސްގެ އޮފިޝަލުންނާއެކު: އެ ރިސޯޓުން 60 މުައްޒަފުން އެއިވެންޓްގައި ބައިވެރި ވާނެ
08 މެއި 2022 - 13:31
އެންމެ ގިނަ ބަޔަކު އެއްފަހަރާ އެއް ވަގުތެއްގައި މޫދުގައި އޮވެ ނޭވާ ހިފަހައްޓައިލުމުގެ ފްރީ ޑައިވް، ދުނިޔޭގެ ރެކޯޑް ހެދުމަށް ބާއްވާ ހަރަކާތުގައި ފ. ފިލިތެޔޮ އައިލެންޑް ރިސޯޓުން 60 މުއައްޒަފުން ބައިވެރިވެއްޖެ އެވެ.
އެއިވެންޓް އިންތިޒާމުކުރާ ފްރީ ޑައިވް މޯލްޑިވްސްގެ އޮފިޝަލުން މިހާރު އަންނަނީ އެއިވެންޓަށް ފިލިތޮޔޮ ރިސޯޓްގެ މުއައްޒަފުން ތަމްރީން ކުރަމުންނެވެ. ފްރީ ޑައިވް މޯލްޑިވްސްގެ އޮފިޝަލް ބުނީ އެހާ ގިނަ އަދަދެއްގެ މުއައްޒަފުން އެ ރިސޯޓުން ބައިވެރިވުމުން ހައިރާންކަން ލިބުނު ކަމަށެވެ.
"އަޅުގަނޑުމެންނަށް ވެސް ލިބުނީ ޝޮކެއް ހީއެއް ނުކުރަން މިހާ ގިނަ މުއައްޒަފުން މި ރިސޯޓުން ބައިވެރިވާނެ ކަމަކަށް. ވަރަށް ރަނގަޅަށް މި ރިސޯޓުން ތަރުހީބު ފެނުނީ. މިއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ރިސޯޓްގައި ހުރެ ވާހަކަ ދައްކަމުން އޮފިޝަލް ބުންޏެވެ.
ރާއްޖޭގެ އެކި ރިސޯޓްތަކުގެ މުއައްޒަފުން ބައިވެރިވާ ހަރަކާތުގައި ފްރީ ޑައިވް މޯލްޑިވްސްގެ އޮފިޝަލުން މާދަމާ ދަތުރުކުރާނީ އދ. ސަން އައިލެންޑް ރިސޯޓަށެވެ.
އަންނަ އޮކްޓޯބަރު މަހު "ނޭވާ 2" ގެ ނަމުގައި އޮންނަ އެ ހަރަކާތް، ރިސޯޓުތަކުގެ މުވައްޒަފުންނަށް ހާއްސަކުރީ އެއީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން ކުރިއަށް ގެންދާ ކަމަކަށް ވާތީ ކަމަށް ފްރީ ޑައިވް މޯލްޑިވްސް އިން ބުންޏެވެ. ރިސޯޓްތަކުން ބައިވެރިވާ ހުރިހާ މުއައްޒަފުން ތަމްރީން ކުރުމަށް ފްރީ ޑައިވް މޯލްޑިވްސްގެ ޓީމުން ހުރިހާ ރިސޯޓްތަކަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ފްރީ ޑައިވް މޯލްޑިވްސްގެ ދެވަނަ ވޯލްޑް ރެކޯޑްގައި އާންމުންނަށް ވެސް ބައިވެރިވެވޭނެ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ. އާންމުނަނަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު އަންނަ މަހު ހުޅުވައިލާނެ އެވެ. ރަޖިސްޓްރީ ކުރާ މީހުންގެ ތެރެއިން އެ ހަރަކާތުގައި ބައިވެރި ކުރާނީ ނޭވާލުމުގެ ޓެސްޓްތައް ހެއްދުމަށް ފަހު، ރަނގަޅު ކޮންޑިޝަންގައި ތިބި މީހުން ކަމަށް ޑައިވް މޯލްޑިވްސް އިން ބުނެ އެވެ. އާންމުން ބައިވެރިވާ އިވެންޓް ކުރިއަށް ގެންދާނީ ކްރޮސް ރޯޑްގެ މޫދުގަ އެވެ.
އެ އިވެންޓްގައި ޖެހޭނީ މޫދުގެ ތިލަ ހިސާބެއްގައި ގާތްގަނޑަކަށް ދެ މިނެޓް ވަންދެން ނޭވާ ހިފަހައްޓައިލައިގެން ތިބޭށެވެ.
ފްރީ ޑައިވް މޯލްޑިވްސް އިން ކުރިން ބޭއްވި އިވެންޓެއް ގިނީސް ބުކް އޮފް ވޯލްޑް ރެކޯޑްގައި ލިސްޓްކޮށްފައި ވެއެވެ. "ނޭވާ" ގެ ނަމުގައި 2019 ގައި ބޭއްވި އެ ހަރަކާތަކީ އެއްފަހަރާ އެންމެ ގިނަ ބަޔަކު ޑައިވްކުރި ހަރަކާތް ވެސް މެ އެވެ. އެ ފަހަރުގެ އިވެންޓްގައި 521 މީހަކު ބައިވެރިވެފައިވެ އެވެ. އެއީ ދުނިޔޭގައި މިހާތަނަށް އެންމެ ގިނަ ބަޔަކު އެއްފަހަރާ އެއްވަގުތެއްގައި ޑައިވްކުރި އެންމެ ބޮޑު ހަރަކާތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު.
09 May 2022
ރިސޯޓު މުވައްޒަފުންނަކީ ގައުމުގެ މައިއިންޖީނު ނަމަވެސް ރިސޯޓު މުވައްޒަފަކައް ފުލެޓެއްވެސް ހައްގެއްނުވާނެ ލަންކާ ޔަކީ މަސްވެރިކަމާ ދަނޑުވެރިކަމާ ބޮޑު އެއާލައިނެއް އޮތްބައެއް މޮޅިއްޔާ ޓުވެރިޒަމަނުލާ ކޮޅައްޖަހާބަލަ ހަމަހިލާ ނުވާނެ ނަމަވެސް މިރާއްޖޭގެ މަޖިލިސް މެންބަރަކު 5އަހަރު މަޖިލީހައް ހިދުމަތްކޮއްފަ މުޅިއުމުރު އެލަވަންސްގަ އުޅެވޭ ރިސޯޓު މުވައްޒަފުން ގަރުބަގަތީސުރެ ކައްވަޅާ ހަމަޔައް އަނބިދަރިން ދޫކޮއް ބިކަހާލުގަ ކިހާއިންސާފު ރިކޯޑުހަދާފަ ތިބޭ
މާނުވާ
08 May 2022
މިހާރުވެސް އެތަށް ރެކޯޑެއް މުގުރާލައިފި އއއ މިކުންފުނި މީ އާދަޔާހިލާފު މޮޅު ވަރުގަދަ ކުންފުންޏެއް. ދުނިޔޭގަ ރެކޯޑް ފޮތަށް އަދި ނާރަނީ އެކަމު މިހާރު މީރާގެ ރެކޯޑް ތަކުން ފެންނަން ހުންނާނެ، ރައީސް އޮފީހުން ޕުތިންގ ކައިރި ބުނެލަން ޖެހޭނީ ހަދާފަ ހުރި ރެކޯޑް ތްކުގަ ތަފްސީލް
ބަޝީރުބެ
08 May 2022
އެބުނީ ތެދެއް. މުސާރަ ނުދިނުމުގަ ދުނިޔޭގެ ރެކޯޑް. އާއިލާތައް ބިކަވެފަ
ފަހުދު
08 May 2022
މިހާރުވެސް މުއައްޒަފުނައް މުސާރައާއި ސާވިސްޗާޖް ނުދިނުމުގެ ރެކޯޑް އޮންނާނީ ރިރަށުގަ
ކަޱަވީ
08 May 2022
ކަލޯ ބަޔަކު ކަމެއްކުރާތީ ކަޱަވީ ދޯ???
ޢަޙްމަދު.
08 May 2022
ޢާކަޑަވާނެތާ! ދައުލަތަށް ދައްކަންޖެހޭ ކުއްޔާ ޖޫރިމަނާ ހުރިވަރެއް ބަލާލީމަވެސް ކަޑަވާނެތާ!!!
މުވައްޒަފު.
09 May 2022
ނޭނގޭ ވާހަކަ ނުދައްކާ. މުސާރަ ނުދީ ނޯންނާނެ. މުސާރަ ލަސްވެފައި އެބަހުރި. އެކަމަކު ނުދީ ނުހުންނާނެ. މީގެ ކުރިން މުސާރަ އާއި ސާރވިސް ޗާރޖް ޑިލޭވިއަސް މިހާރު ދަނީ ބަރާބަރަށް ދެމުން. ތިބުނާހާ ފުރިހަމައަށް މުސާރަދޭ ކުންފުނިތައް މިޤައުމުގައި މަދުވާނެ. ޖައްސާލިއަސް ތީ ބޮޑުވަރު
ޖާދޫ
25 May 2022
ކޮވިޑްގެ ފަހުން ކޮންމެ މަހަކު 29 ހުގަ މުސާރަ ދޭކަމަށްވަނީ