ވިޔަފާރި / ކަނޑުއަޑީގެ ރެސްޓޯރަންޓް

ރާއްޖޭގެ އެންމެ ބޮޑު ކަނޑުއަޑީގެ ރެސްޓޯރެންޓް ހުޅުވައިފި

ރާއްޖޭގައި ހުޅުވި އެންމެ ބޮޑު ކަނޑުއަޑީގެ ރެސްޓޯރެންޓް 'އޮންލީ ބްލޫ' ގެ އެތެރޭގެ ފޮޓޯ އެއް ---ފޮޓޯ: ކަލާސް އޮފް ބްލޫ

މިހާތަނަށް ރާއްޖޭގައި ތަރައްގީކުރި އެންމެ ބޮޑު ކަނޑުއަޑީގެ ރެސްޓޯރެންޓް، "އޮންލީ ބްލޫ" ހުޅުވައިފި އެވެ.

މިދިޔަ ހޯމަ ދުވަހު ހުޅުވި އެ ރެސްޓޯރެންޓަކީ އެޓްމޯސްޕިއާ ހޮޓެލްސް އެންޑް ރިސޯޓްސްގެ "ކަލާސް އޮފް ބްލޫ" ބްރޭންޑްގެ ދަށުން ތަރައްގީ ކޮށްފައިވާ ރެސްޓޯރެންޓެކެވެ.

އެޓްމޯސްފިއާ ހޮޓެލްސްގެ 'އޮބްލޫ ސެލެކްޓް ލޯބިގިލި' ރިސޯޓާއި 'އޮބްލޫ އެކްސްޕީރިއެންސް އާއިލާފުށި' ރިސޯޓާ ދޭތެރޭގައި އަޅާފައިވާ އެ ރެސްޓޯރަންޓުގެ ޑައިނިން ރޫމުގެ ބޮޑުމިނުގައި 190 އަކަ މީޓަރުގެ ޖާގައާ އެކު 46 ގޮނޑި ހިމެނެ އެވެ. ރެސްޓޯރެންޓަށް ދަނީ އެ ދެ ރިސޯޓުގެ ދޭތެރޭ އަޅާފައިވާ ލަކުޑި ފާލަމަށް އަރައިގެން ގޮހެވެ.

ކަލާސް އޮފް ބްލޫ ބްރޭންޑްގެ ދެ ރިސޯޓުގެ މަތިން ނަގާފައިވާ ސެޓަލައިޓް ފޮޓޯއެއް---ފޮޓޯ: ގޫގުލް މެޕްސް

ރެސްޓޯރަންޓަށް ޒިޔާރަތްކުރާ ޓޫރިސްޓުން ކަނޑު އަޑީގެ 6.8 މީޓަރުގައި ތިބެ، ރީތި މަންޒަރުތަކާއި، ހިތްގައިމު ފަރުތަކާއި އެކިކުލަކުލައިގެ ކަނޑުގެ ދިރުންތަކާ އެކު ކެއުމުގެ ފުރުސަތު ލިބެ އެވެ. އަދި ރެސްޓޯރަންޓުގައި ތިބޭ މީހުންނަށް ބަދިގޭގައި ޝެފުން ކާން ތައްޔާރު ކުރާ ތަން ވެސް ފެންނާނެ އެވެ.

ޓޫރިސްޓުންނަށް ހާއްސަކޮށްގެން ހުޅުވި ލޯބިގިލި ރިސޯޓަށް ޒިޔާރަތް ކުރާ ޓޫރިސްޓުންނަށް، އެ ރިސޯޓުން ދޭ 'ލޯބި ޕްލޭން އޮފާ' އަދި މަދުވެގެން ހަތަރު ދުވަހުގެ ހުރުން ބުކް ކޮށްގެން އޮންލީ ބްލޫ އިން އެއް ކެއުން ހިލޭ ލިބެ އެވެ. ނަމަވެސް އާއިލާފުށްޓަށް ޒިޔާރަތްކުރާ މީހުންނަށް އޮންލީ ބްލޫ އިން ލަންޗް އަދި ޑިނާ ވެސް ބުކް ކުރެވޭނީ އިތުރު ހަރަދެއް ކޮށްގެންނެވެ.

ތަފާތު ވައްތަރުގެ ކެއުންތައް ލިބޭ އެ ރެސްޓޯރެންޓް ހުޅުވާފައި ހުންނަނީ މެންދުރު 12:00 އިން 3:00 އަށް އަދި އިރުއޮއްސި 6:30 އިން ރޭގަނޑު 10:00 އާ ހަމައަށެވެ.

މާލެ އަތޮޅުގެ އުތުރުގައި އޮންނަ އެ ދެ ރިސޯޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލޯންޗެއްގައި ދާން 15 މިނެޓު ނަގަ އެވެ.

11 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 45%
icon sad icon sad 15%
icon angry icon angry 10%
icon wow icon wow 10%
icon inlove icon inlove 20%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮންލީބްލޫ

18 June 2022

ހަމައެކަނި ޖޫސްތައްޓެއް ބޯލަން ތިޔަ ތަނަށް ދެވޭނެތަ؟

The name is already taken The name is available. Register?

ދަބަރޭ

18 June 2022

ތިމާވެއްޓައް ލޯބިކުރާ ބަޔެއް ޓުއަރިސްޓުންނަކީ! ފަރުތަކައް ފަސް އާޅާ ފޮރުވައިގެން ހިއްކާފަ ހުރި ރިސޯޓުތަކާ ގުދުރާތީކޮން އުފެދިފަ ރައްތަކުގަ ހުރި ރިސޯޓުތައް އަންގައި ދެވޭނެ ގޮތެއް ހަދަންޖެހޭ! މިސާލަކައް ބުކުރާއިރު ތެދު މައޫމާތު ނުދީފިނަމަ ވަރައް ފަސޭހައިން ޓުރެވަލު އެޖެންސީގަ މައްސަލަ ޖެއްސީމަ ފައިސާކޮޅު އަނބުރާ ލިބޭނެ މިކަން މި ޒަމާނުގަ ސޯސަލް މީޑިއާ މެދުވެރިކޮއް ވެސް ވައިގަ ހިފާގޮތް ހެދިދާނެ

The name is already taken The name is available. Register?

ާަުދޯދޯ

18 June 2022

އެޓޮމޯސޮފިއަރ އަކީ ދިވެހި ކުނޮފުންޔެއޮ

The name is already taken The name is available. Register?

ޙޙ2022

17 June 2022

ތި ހުރިހާ ޑޮލަރެއްވަންނާނީ ޔޫރަޕްގެ މަހުޖަނުންގެ ޖީބަށް.. އަހަރެމެން ތިބޭނީ ގަރުދިޔަ ބަތްގްނޑު ކައިކައި... ބޮއިހަލަކި

The name is already taken The name is available. Register?

ގަރުދިޔަ ބަތް

17 June 2022

ގަރުދިޔަ ބަތް ހާދަ ދެރަ ކޮއްލިީ ؟

The name is already taken The name is available. Register?

އިއްލެ

17 June 2022

ގަރުދިޔަވެސް ރަނގަޅަށް ކެވޭނީ ވާނުވާ އިނގިގެން. ޑިވެހި ބަޔަކު ކުރާ ކަމަކުން ޔޫރަޕް މަހު ޖަނެއްގެ ޖީބަށް ތި ވަންނަންވީ ގޮތެއް ނޭނގެ. ހުސް ބުޅީގަ ކަނޑުމަސް ޖެހެނީ ސިކުނޑީގަ ތެތް ކަމެއް ނެތީމަ.

The name is already taken The name is available. Register?

ޑެބީ

17 June 2022

ކަލޭމެން ހޭލާނީ މެންދުރުވީމަ. ދެން ޖެހޭނެ ދުވާލު 3 އިރު ކޮފީއަށްދާން. މާލޭވަށާ ސައިކުގަ 5 ބުރު ޖަހަން. ރޭގަނޑު ޖެހޭނެ 2 ފިލްމު ބަލަން. ދެން ޝަކުވާ ކުރުމާ ކޮމެންޓްކުރުން އޮންނާނީ އެހެން މީހުން މުއްސަނދިވާތީ.

The name is already taken The name is available. Register?

އެމްސް

17 June 2022

ކޮންމެ ގޯނބިއްޔެއް ކިޔަސް ފަތުރުވެރިކަމުގެ ޙަޤީގީ ފައިދާ ދަނީ ރާއްޖެއިން ބޭރަށް! ފަތުރުވެރިކަމުގެ ޙަޤީގީ ފައިދާ ރާއްޖޭގެ ހިފެހެއްޓޭނެ ގޮތަކަށް ޤާނޫނާއި ޤަވާޢިދުތައް ބައްޓަން ނުކޮށެއް ދުވަހަކުވެސް ދިވެހި ބްރޭންޑެއްވެސް އުފެދޭނެ ފުރުސަތެއް ނުލިބޭނެ!

The name is already taken The name is available. Register?

ހުސްނޫ

17 June 2022

ޤަނޫނާ ގަވައިދާ އިނގެންވީ މިތާ ކޮމެންޓު ކުރާ މީހުނަށް. ފުރަތަމަ ކަމަކަށް ތި އޮޒެން ބްރޭންޑާ މެނޭޖްމަންޓަކީ ދިވެހި އެއްޗެއް. އަމިއްލަ މައުލޫމާތު ރަނގަޅުކޮށްފަ ތި ބްރޭންޑްތަކަށް ދޭންވީ ހިތްވަރު.

The name is already taken The name is available. Register?

ވާނުވާ ސޮރު

17 June 2022

ސަލިލް ޕަނިގްރާހީ އެއި އިންޑިއާ މީހެއް، މާ. އިންގޭ މީހަކަށް ވެގެން ތިއުޅެނީ.

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

17 June 2022

އުއްޗޫ. ލަސްނުކޮށް އަނެއްކާ ރެކޯޑު މުގުރަމާހިނގާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454