ރޮބޯތިންކަކީ ކުޑަކުދިންނަށް ސްޓެމް އެޑިޔުކޭޝަން ދޭ ތަނެއް. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު
20 ޖޫން 2022 - 12:31
ސްކޫލު ބަންދަށް ދިމާކޮށް، ސްޓެމް އެޑިޔުކޭޝަން ކިޔަވައިދޭ ސެންޓަރު، ރޮބޯތިންކުން ތަފާތު ކޭމްޕުތަކެއް އިއުލާނު ކޮށްފި އެވެ.
ރޮބޯތިންކުން އިއުލާނު ކޮށްފައި ވަނީ ތިން ވައްތަރެއްގެ ކޭމްޕުތަކެކެވެ. މީގެ ތެރޭގައި ހިމެނެނީ، ހެވީ ޑިއުޓީ ކޮންސްޓަރަކްޝަން މެޝިން ކޭމްޕާއި، ސެލްފް ޑްރައިވިން ކާޒްގެ ކޭމްޕާއި، ބެޓެލް ރޮބޮޓްސްގެ ކޭމްޕެވެ. ރޮބޮތިންކުގެ ހެވީ ޑިއުޓީ ކޮންސްޓްރަކްޝަން މެޝިނަރީ ކޭމްޕުގައި ކިޔަވައިދޭނީ ހެވީޑިއުޓީ މެޝިން ބިލްޑުކުރާ ގޮތްތަކެވެ. އަދި މި ފަދަ މެޝިންތައް ބިލްޑުކުރަން ދަސްކޮށްދީ، ކޭމްޕުގައި ބައިވެރިވާ ކުދިންނަށް އަމިއްލަ ރޮބޯތިންކު ސިޓީއެއް ބިނާ ކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. މި ކޭމްޕް ކުރިއަށް ދާނީ ޖޫން މަހުގެ 25 އިން 29 އަށެވެ.
ސްކޫލު ބަންދުގައި ރޮބޯތިންކުން ކުރިއަށް ގެންދާ ސެލްފް ޑްރައިވިން ކާޒް ކޭމްޕަކީ ކާރުގެ ތަފާތު އެކި ކަންތައްތައް ކިޔަވައިދޭ ކޭމްޕެކެވެ. އެގޮތުން ގިއާ ރޭޝިއޯ އާއި ސެންސާ އެނާޖީ އާއި ވިޔަފާރީގެ ދާއިރާގައި ބޭނުންކުރެވޭނެ ބައެއް ހުނަރުތައް ވެސް ކިޔަވައިދޭނެ އެވެ. އަދި ގިއާ އެކްސްޕެރިމެންޓް ކުރާނެ ފުރުސަތާއި، އަމިއްލަ އަށް މަސައްކަތްކުރާ ސްމާޓް ކާރެއް ބިލްޑު ކުރުމުގެ ފުރުސަތު ވެސް މި ކޭމްޕުން ލިބިގެން ދާނެ އެވެ. މި ކޭމްޕު ކުރިއަށް ދަނީ ޖުލައި ތިނަކުން ހަތަކަށެވެ.
ރޮބޯތިންކުގެ ބެޓެލް ރޮބޮޓްސް ކޭމްޕަކީ އެކި ކަހަލަ އެއްޗެހީގެ ސްޓްރަކްޗާ ބިލްޑް ކުރާނެ ގޮތްތައް ކިޔައިދޭނެ އެވެ، އަދި ރޮބޮޓްސް ބިލްޑްކޮށް، އެހެން ކުދިންނާ އެކު އެ ކުދިން ބިލްޑް ކުރާ ރޮބޮޓްސް އާ އެކު ރަހުމަތްތެރިކަމުގެ ވާދަވެރި މުބާރާތްތައް ވެސް ކުރިއަށް ދާނެ އެވެ، މި ކޭމްޕު ކުރިއަށް ދާނީ ޖުލައި 17 އިން 21 އަށެވެ.
ރޮބޯތިންކުގެ ކޭމްޕުތަކަށް ރެޖިސްޓާ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލއިފަ އެވެ. ރޮބޯތިންކުގެ މޮބައިލް ނަމްބަރު 7313035 އަށް ވައިބާ ނުވަތަ ވަޓްސްއަޕް މެސެޖުކޮށް ރެޖިސްޓާ ކުރެވޭނެ އެވެ. އަދި މި ކޭމްޕުތަކުގެ އިތުރު މައުލޫމާތު 3308777 އިން ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy