ޓްރީ ޓޮޕް ހޮސްޕިޓަލުން ޕްރިލިމިނަރީ މެޑިކަލް ޗެކަޕް އާއި ޕޯސްޓު މެޑިކަލް ޗެކަޕްގެ ދެ ޕެކޭޖެއް ވަނީ ތައާރަފު ކޮށްފަ. ފޮޓޯ: ފަޔާޒް މޫސާ | މިހާރު
20 ޖޫން 2022 - 12:17
ހައްޖާއި އުމްރާ އަށް ދާ ދަތުރުވެރިންނަށް އަމާޒުކޮށް، ހެލްތު ސްކްރީނިން ޕެކޭޖުތަކެއް ޓްރީ ޓޮޕުން ތައާރަފު ކޮށްފި އެވެ.
ޓްރީ ޓޮޕުން ތައާރަފު ކޮށްފައި ވަނީ ޕްރިލިމިނަރީ މެޑިކަލް ޗެކަޕް އާއި ޕޯސްޓު މެޑިކަލް ޗެކަޕް ހެދުމުގެ ދެ ޕެކޭޖެކެވެ. މި ޕެކޭޖުގެ ދަށުން މި ދެ ޓެސްޓު އެއްކޮށް ނުވަތަ ވަކިވަކިން ހެދުމުގެ އިހުތިޔާރު ލިބޭނެ އެވެ. ޓްރީ ޓޮޕުން ބުނީ މި ޕެކޭޖުތައް ތައާރަފު ކޮށްފައި ވަނީ ހައްޖާއި އުމްރާގެ ދަތުރުވެރިންނަށް ދަތުރު ފެށުމުގެ ކުރިންނާއި ފަހުން ސިއްހީ އެއްވެސް މައްސަލައެއް ހުރިތޯ ބަލަައި ޗެކްކޮށް، ޑޮކްޓަރުންގެ އިރުޝާދާއި ލަފާހޯދަން ލުއިފަސޭހަކޮށް ދިނުމަށެވެ.
ޓްރީ ޓޮޕުން ބުނިން ހައްޖާއި އުމްރާގެ އަޅުކަމަށް ދާއިރު، ފުރިހަމަ ސިއްހަތެއްގައި ހުރިތޯ ބެލުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ހައްޖުވެރިން އަންނަ ދުވަސްވަރު ބަލިތައް ފެތުރުން ކޮންޓްރޯލު ކުރުމަށްޓަކައި ހެލްތު ސްކްރީންކޮށް ޑޮކްޓަރުންގެ އިރުޝާދު ލިބެން ހުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ. ޓްރީ ޓޮޕުން ބުނީ މި ދެ ސްކްރީނިންގެ ޕެކޭޖު ފަރުމާ ކޮށްފައިވަނީ އެޗްޕީއޭ، ސައުދީ އަރަބިއްޔާ ސަރުކާރު އަދި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފެމިލީ މެޑިސިން ކޮންސަލްޓަންޓް ކަނޑައަޅާފައިވާ މިންގަނޑުތަކުގެ ތެރެއިން ކަމަށެވެ.
ހައްޖާއި އުމްރާގެ ދަތުރުވެރިންގެ ހެލްތު ސްކްރީނިން ޕެކޭޖުތަކުގެ މައުލޫމާތު އެ ހޮސްޕިޓަލުގެ ނަމްބަރު 3351610 އިން ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy