އެމްއައި ކޮލެޖްގެ އޮރިއެންޓޭޝަންގެ ތެރެއިން ---ފޮޓޯ: ނިޝާން އަލީ | މިހާރު
21 ޖޫން 2022 - 12:02
އެމްއައި ކޮލެޖާ އަލަށް ގުޅުނު ކުދިންނަށް އޮރިއެންޓޭޝަން ސެޝަނެއް ބާއްވައިފި އެވެ.
މިއަހަރުގެ ދެވަނަ ސެމެސްޓާގައި ކިޔަވަން ފަށާ ކުދިންނަށް އެ ސެޝަން ބާއްވައިފައި ވަނީ މިދިޔަ އާދިއްތަ ދުވަހު، ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގަ އެވެ. އަދި ރާއްޖޭގައި ހުރި އެ ކޮލެޖްގެ ހުރިހާ ގޮފިތަކަކުން އަލަށް ގުޅުނު ދަރިވަރުން ސެޝަންގައި އޮންލައިންކޮށް ބައިވެރިވި އެވެ.
އެމްއައި ކޮލެޖްގެ ޗެއާމަން، ސީއީއޯ، ރެކްޓާ، ފެކަލްޓީ ޑީނުން އަދި ލެކްޗަރާއިންނާ އެކު ބޭއްވި އެ އޮރިއެންޓޭޝަންގައި ވަނީ ފެކަލްޓީތަކުގެ މައުލޫމާތާއި އެކަޑެމިކް އަދި ދަރިވަރުންނާ ގުޅޭ މައުލޫމާތު ދީފަ އެވެ.
އޮރިއެންޓޭޝަންގެ ބައެއް ބައިވެރިން ---ފޮޓޯ: ނިޝާން އަލީ | މިހާރު
ގޮފިތަކުގެ ފޯކަލް ޕޮއިންޓުން ވަނީ އެ ކޮލެޖްގެ ސިޔާސަތުތަކާއި، ގާނޫނު އަދި ގަވައިދު އެ ތަނެއްގެ ދަރިވަރުންނަށް ކިޔައިދީފަ އެވެ.
ދަރިވަރުންގެ ރެކޯޑުތައް ބަލަހައްޓާ އޮންލައިން ޕްލެޓްފޯމް، 'ސްމާޓް ސްކޫލް' އާ ގުޅޭ މައުލޫމާތު ވެސް އޮރިއެންޓޭޝަންގައި ދިނެވެ.
އެމްއައި ކޮލެޖްގެ 'ސްމާޓް ސްކޫލް' އޮންލައިން ޕްލެޓްފޯމާއި ގުޅޭ މައުލޫމާތު ދެނީ ---ފޮޓޯ: ނިޝާން އަލީ | މިހާރު
ލެވެލް ތިނެއްގެ ސެޓްފިކެޓުން ފެށިގެން މާސްޓާސް ޑިގްރީއާ ދޭތެރޭގެ ކޯސްތަކާއި އަލަށް 650 ދަރިވަރުން ވަނީ ގުޅިފަ އެވެ. އަދި ސެޓްފިކެޓް ތިނެއްގެ ދެ ކޯހަކާއި، ބެޗްލާސް ގެ ކޯހަކާއި މާސްޓާސް ޑިގްރީގެ ފަސް ކޯހެއް އަންނަ ސެމެސްޓާގައި އެމްއައި ކޮލެގެ އިން އަލަށް ފަށަން ވަނީ ހަމަޖެހިފަ އެވެ.
ރާއްޖޭގެ 16 ރަށެއްގައި ކެމްޕަސް ހިންގަމުން އަންނަ އެމްއައި ކޮލެޖަކީ އޮންލައިން އަދި ފިޒިކަލް ކްލާސްތައް ބާއްވަމުން އަންނަ ދިވެހިންގެ ތެރޭގައި މަގްބޫލު ކޮލެޖެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިކްސްޑް
22 June 2022
"އެ ކޮލެޖްގެ ސިޔާސަތުތަކާއި، ގާނޫނު އަދި ގަވައިދު އެ ތަނެއްގެ" ޤާނޫނުވެސް އެބައޮތްތައް އެމްއައި ކޮލެޖުގެ އަމިއްލަ؟