އީދު ބަންދަށް ހާއްސަ ހަދިޔާއެއް ލިބޭ ސޯޝަލް މީޑިއާ މުބާރާތެއް ދިރާގުން ފަށައިފި. ފޮޓޯ: ދިރާގު
23 ޖޫން 2022 - 19:18
އީދު ދަތުރެއް އިނާމަކަށް ކަނޑައަޅާ ވޯޑު ސާޗު މުބާރާތެއް ދިރާގުން ފަށައިފި އެވެ.
ދިރާގުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ކުރިއަށް ގެންދާ މި މުބާރާތާ ގުޅޭ ޕޯސްޓު މިހާރު ފޭސްބުކާއި، ޓުވިޓާއިން ބަލާލެވޭނެ އެވެ. މި މުބާރާތުގައި ބައިވެރިވުމަށް، މި ޕޯސްޓު ސްކްރީންޝޮޓް ކުރުމަށް ފަހު އޭގެން 5 ބަހެއް ހޯދަން ޖެހޭނެ އެވެ. މި ބަސްތަކުގެ ތެރޭގައި ހިމެނެނީ "މޯލްޑިވްސް"، "ފާސްޓަސްޓް"، "މޮބައިލް"، "ނެޓްވޯކު" އަދި "ދިރާގު" މި ބަސްތަކެވެ. މި ބަސްތަކަކީ ދިރާގަށް ދާދިފަހުން ލިބުނު އޫކްލާ އެވޯޑުން ހޮވާފައިވާ ބަސްތަކެކެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި ފަސް ބަސް ހޯދުމަށް ފަހު، އެ ފޮޓޯ ކޮމެންޓު ސެކްޝަނަށް އަޕްލޯޑު ކުރުމުން ބައިވެރިވެވުނީ އެވެ.
މުބާރާތުގައި ބައިވެރިވެ ވޭނީ މި ޕޯސްޓުން، ކެޕްޝަނުގައި ބުނާ ފަސް ބަސް ހޯދައިގެން
މި މުބާރާތުގެ ބައިވެރިންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ޖުލައި މަހުގެ 14 އިން 16 އަށް މާފުށީގައި ހުންނަ ވެލާނާ ހޮޓަލުން ދެ ދުވަހުގެ ހުރުމާއި، ކެއުމާއި، ރިޓާން ޓްރާންސްފާ ދެ މީހަކަށް ލިބޭނެ އެވެ. މި މުބާރާތް ކުރިއަށް ދާނީ މާދަމާގެ ދަންވަރު 12 އާ ހަމައަށެވެ.
މިއީ އާއްމުންގެ ފަރާތުން ދިރާގަށް ކެނޑިނޭޅި ލިބެމުންދާ ތަރުހީބުގެ ސަބަބުން އެ ކުންފުނިން ހިންގާ މި ފަދަ ޕްރޮމޯޝަންތަކުގެ ތެރެއިން ޕްރޮމޯޝަނެއް ކަމަށް ދިރާގުން ބުނެއެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy