ފިރިހެނުންނަށް ހާއްސަ ގިނަ އުފެއްދުންތަކެއް ވިއްކާ، އިލާލާ ފިހާރައިގެ އަމިއްލަ ބްރޭންޑް "ކައުރީ"ގެ އާ ޑިޒައިންތަކެއް ނެރެފި އެވެ.
މި ފަހަރު ނެރުނީ "ކައުރީ"ގެ ގަމީސްތަކެކެވެ.
އިލާލާ އިން ބުނިގޮތުގައި 13 ވައްތަރެއްގެ ގަމީސްތައް ނެރެފައި ވާއިރު، ޑިޒައިން ކޮށްފައި ވާނީ ދިވެހިންނަށް އެންމެ ކަމުދާ ގޮތަށެވެ.
އިލާލާ އިން "ކައުރީ" ބްރޭންޑު ރާއްޖެ އަށް ތައާރަފު ކުރީ 2019 ވަނަ އަހަރު އެވެ.
އެ ފިހާރައިން ބުނީ، ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ އެ ބްރޭންޑުގެ އެކި އައިޓަމްތައް އަންނަނީ ވިއްކަމުން ކަމަށެވެ. އޭގެ ތެރޭގައި "ކައުރީ" ބްރޭންޑުގެ ތޮއްޕާއި ފެންފުޅި އާއި ސޯޓު އަދި ޓީޝާޓު ވެސް ހިމެނެ އެވެ.
އިލާލާ ފިހާރައިން އޮންލައިންކޮށް ވިޔަފާރި ކުރާ މީހުންނަށް ހިލޭ ޑެލިވަރީ ކޮށްދެ އެވެ.