"ވާޖިން އެޓްލަންޓިކް" އެއާލައިނ ގެ ދަތުރުތައް ރާއްޖެއަށް ފަށަނީ
18 ނޮވެމްބަރ 2022 - 14:41
އިނގިރޭސިވިލާތުގެ މަހުޖަނު ރިޗަޑް ބްރެންސަންގެ މަޝްހޫރު އެއާލައިން، "ވާޖިން އެޓްލާންޓިކް" ގެ ދަތުރުތައް ރާއްޖެ އަށް ފަށަން ތައްޔާރުވެއްޖެ އެވެ.
ލަންޑަންގެ ހީތުރޯ އެއާޕޯޓުން ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ސީދާ ދަތުރުތައް ކޮންމެ ހަފްތާއަކު ތިން ދުވަހު ބާއްވަން ހަމަޖައްސައި، ދަތުރުތައް ފަށަން ނިންމާފައިވަނީ އަންނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.
އެ ދަތުރުތައް ކުރަން ހަމަޖެހިފައި ވަނީ ވާޖިން އެޓްލަންޓިކް އެއާވޭސްގެ ބޮއިންގް 787-9 މަރުކައިގެ މަތިންދާބޯޓުގަ އެވެ. އޭގައި "އަޕަ ކްލާސް" ގެ 31 ސީޓާއި، ޕްރިމިއަމް 35 ސީޓުގެ އިތުރުން 192 އިކޮނޮމީ ސީޓު ހިމެނެ އެވެ.
އެ އެއާލައިންގެ ސީސީއޯ، ޖޫހާ ޖާވިނެން ވިދާޅުވި ގޮތުގައި، ރާއްޖެއަކީ ވާޖިން އެޓްލާންޓިކް ހޮލިޑޭ ކަސްޓަމަރުންގެ ތެރޭގައި ވަރަށް މަގްބޫލް މަންޒިލެވެ.
އެ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތަކުގެ ޓިކެޓް މާދަމާ ވިއްކަން ފަށާނެ ކަމަށް ވާޖިން އެޓްލާންޓިކުން ބުނެ އެވެ.
އިނގިރޭސިވިލާތުގެ ގައުމީ އެއާލައިން، ބްރިޓިޝް އެއާވޭސް އިން ވެސް އަންނަނީ ސީދާ ދަތުރުތައް ރާއްޖެ އަށް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަބެނީ
19 November 2022
ކިތަންމެ އެއަރލެއްގަ ކިތަންމެ ފަތުރުވެރިންނެއް އަޔަސް ރައްޔިތުންނަށް ނުބައްދަލް މިންވަރަށް ވަނީ ބުރަ ގައުމު ހިންގަން ނޭނގުމުގެ ނަތީޖާއެއްގެ ގޮތުން ވާރުވަނީ ބޮޑު
ސަދަން
19 November 2022
ގައުމު ހިންގަން އެގޭ ކަމުގެ ހެކި މިއީ. މިހާ ގިނަ އެއަރލައިންތައް ދަތުރު ކުރަން ނިންމަނީ ހަމަ ހުރެފަކައެއް ނޫން
ރާޅުބޯއި
19 November 2022
ސަޅި.