އިޓަލީގެ މަޝްހޫރު ބްރޭންޑް "ޕޯލާ"ގެ ކްލިޕް އޮން އައިނުގެ އެންމެ ފަހުގެ ކަލެކްޝަން ސިޓީ އޮޕްޓިކަލުން ތައާރަފުކޮށްފި އެވެ.

ސިޓީ އޮޕްޓިކަލުން ބުނި ގޮތުގައި، އެ ތަނުގައި ތައާރަފު ކުރި ކަލެކްޝަނުގައި 20 ސްޓައިލެއްގެ ކްލިޕް-އޮން އައިނު ހިމެނެ އެވެ. އެ ކަލެކްޝަނުގައި ކުޑަކުދިންނަށް ހާއްސަ އައިނު ވެސް ހިމެނެ އެވެ. އަދި އެ ކަލެކްޝަނުން ކްލިޕް-އޮން އައިނު ގަންނަ ކަސްޓަމަރުންނަށް ފްރޭމާ އެކު، ފްރޭމްގައި ތަތްކޮށްލެވޭ ސުޕަ ޕޮލޮރައިޑް އަވި އައިނެއް ވެސް ލިބޭނެ ކަމަށް އެ ތަނުން ބުންޏެވެ.

ސިޓީ އޮޕްޓިކަލުން ބުނީ ޕޯލާ ބްރޭންޑަކީ ލަގްޒަރީ އަދި ކޮލިޓީ އައިނު ހެޔޮއަގެއްގައި ފޯރުކޮށްދޭ ކުންފުންޏެއް ކަމަށާއި، އެ ބްރޭންޑަކީ ދުނިޔޭގެ އެންމެ އިންޑިޕެންޑެންޓު ބްރޭންޑު ކަމަށެވެ. އަދި އެއީ ޒުވާނުންގެ މެދުގައި މަގުބޫލު ބްރޭންޑެއް ކަމަށް ވެސް ބުންޏެވެ. އެ ބްރޭންޑުގެ ކްލިޕް-އޮން އައިނު އެ ތަނުން ލިބެން ހުންނާނީ 1،500ރ. އަށެވެ.

ސިޓީ އޮޕްޓިކަލް އިން ބުނި ގޮތުގައި އެ ތަނަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ ލެންސާއި އައިނު ވެސް ލިބެން ހުންނަ ތަނެކެވެ. އެ ތަނުން އިޓަލީ، ފްރާންސް، އިގިރޭސިވިލާތް، އެމެރިކާ، ސްޕެއިން، ސްވިޒަލޭންޑް، ދެކުނު ކޮރެޔާ އަދި ތުރުކީގެ ބްރޭންޑުތަކުގެ އައިނު ލިބެން ހުންނަ ކަމަށް ބުންޏެވެ. އެ ތަނުގައި އައިނު ފްރޭމްގެ ފެށޭ އަގަކީ 500ރ. އެވެ. އެ ތަނުން ދާދި ފަހުން ވަނީ ޖަރުމަނުގެ އެންމެ މޮޅު ލެންސް "ޒައިސް" ތައާރަފު ކޮށްފަ އެވެ.

ސިޓީ އޮޕްޓިކަލް އިން ބުނި ގޮތުގައި އެ ބްރޭންޑަކީ އައިނު އަޅާކަން ވެސް އިހުސާސް ނުވާހާ ސާފު، ލޮލަށް އަރާމު، ޕްރިމިއަމް އަދި ސުޕާ ޕްރިމިއަމް ކެޓަގަރީގެ ނަމްބަރު އައިނު ލެންސް އުފައްދާ ކުންފުންޏެކެވެ. އަދި އެއީ މެދުފަންތީގެ ކަސްޓަމަރުންނާއި މަތީ ފަންތީގެ ކަސްޓަމަރުންގެ މެދުގައި މަގުބޫލު ބްރޭންޑެއް ކަމަށް ވެސް ބުންޏެވެ.

ސިޓީ އޮޕްޓިކަލް ހުންނަނީ ހުޅުމާލެ ސެންޓްރަލް ޕާކު ކުރިމަތީގަ އެވެ. ސިޓީ އޮޕްޓިކަލްގައި ފެޝަނަށް މަޝްހޫރު ގައުމުތަކުގެ އައިނާއި ފްރޭމް ވެސް ހެޔޮ އަގުގައި ހުރެ އެވެ. އެ ގައުމުތަކުގެ ތެރޭގައި އިޓަލީ، ދެކުނު ކޮރެއާ، ތުރުކީ، އިނގެރޭސިވިލާތް، ފްރާންސް އަދި އެމެރިކާ ހިމެނެ އެވެ.