ވޯލްޑް ކަޕް ކުޅޭ ޓީމެއްގެ ޖާޒީ ލައިގެން ވިޔަފާރިކުރަން ދާ ކަސްޓަމަރުންނަށް 25 ޕަސެންޓުގެ ޑިސްކައުންޓެއް ދޭ ޕްރޮމޯޝަނެއް އިލާލާ ފިހާރައިން ފަށައިފި އެވެ.
އެ ފިހާރައިން ބުނި ގޮތުގައި ވޯލްޑް ކަޕް ކުރިއަށްދާ މުއްދަތުގައި ހުރިހާ ކަސްޓަމަރުންނަށް ހުރިހާ އައިޓަމްތަކަކުން ވެސް މި ޕްރޮމޯޝަންގައި ޑިސްކައުންޓު ލިބޭނެ އެވެ. އިލާލާ ފިހާރަ އަކީ ފިރިހެނުންނަށް ހާއްސަ ހެދުމާއި އެސެސަރީޒް ވިއްކާ ފިހާރައެކެވެ.
އެ ތަނުން ބޭރުގެ މަޝްހޫރު ބްރޭންޑާތަކުގެ ގަމީސް، ޖީންސު، ސޯޓު އަދި އައިނާއި ތޮފި ވެސް ލިބެން ހުރެ އެވެ. އަދި އެ ތަނުގެ އަމިއްލަ ބްރޭންޑު "ކައުރީ"ގެ އައިޓަމްތައް ވެސް ލިބޭނެ އެވެ.
އެ ޕްރޮމޯޝަން ކުރިއަށް ދާނީ އިލާލާގެ މާލޭގެ ހުންނަ ފިހާރަތަކާއި ހުޅުމާލޭގައި ހުންނަ ފިހާރައިގަ އެވެ.