ވޯލްޑް ކަޕްގެ މެޗުތަކުގެ ސްކޯ ދިމާ ކޮށްގެން، އޭޑީކޭ ޖީޓީ އިން ވިއްކާ ސްނެކް ޕެކެއް ކޮންމެ ދުވަހަކު ވެސް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ސްކޯ ދިމާ ކުރުމުގެ ފުރުސަތު އެ ފިހާރައިން ހުޅުވާލާފައި ވަނީ ވޯލްޑް ކަޕާ ގުޅިގެން އެ ފިހާރައިން އިއްޔެ ފެށި "ފޯރިގަދަ ޕްރޮމޯ"ގަ އެވެ. އެ ޕްރޮމޯޝަނުގެ ދަށުން އޭޑީކޭ ޖީޓީ ސްނެޕް ފިހާރަ އާއި ގަންނަ މާޓުން އެކި ސްނެކްތަކުން 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.
އެ ފިހާރައިން ބުނި ގޮތުގައި ކޮންމެ ދުވަހަކު ވެސް ކުޅޭ މެޗުތަކުގެ ތެރެއިން އެންމެ ފޯރި ގަދަ އެއް މެޗުގެ ސްކޯ ދިމާކުރުމުގެ ފުރުސަތު އެ ފިހާރައިގެ ފޭސްބުކް ޕޭޖްގައި ހުޅުވާލާނެ އެވެ. އަދި މެޗު ނިމުމުން ސްކޯ ދިމާކުރި މީހުންގެ ތެރެއިން އެކަކަށް އެ ފިހާރައިގެ ސްނެކް ބްރޭންޑުތަކުގެ އެކި ސްނެކްތައް ހިމެނޭ ޕެކެއް ލިބޭނެ އެވެ.
އޭޑީކޭ ޖީޓީ އަކީ އެކި ބްރޭންޑުގެ ސްނެކްތައް ވިއްކާ ފިހާރައެކެވެ.