ވިޔަފާރި / ހުޅުމާލެ

އާ ޕާކިން ބިލްޑިންއާ އެކު ހުޅުމާލޭގެ ވެހިކަލް ތޮއްޖެހުން ހައްލުވާނެ: އަކްރަމް

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު "ވަން ޕާކް" ބިލްޑިން ލޯންޗުކޮށްދެއްވަނީ--ފޮޓޯ:ފަޔާޒް މޫސާ/މިހާރު

ހުޅުމާލޭގައި ދަމާސް އިން ހަދާ "ވަން ޕާކް" ބިލްޑިންއާ އެކު ވެހިކަލް ތޮއްޖެހުމުގެ މައްސަލަ އަށް ހައްލު ލިބޭނެ ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

ހ. މީރުމާގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އަކްރަމް ވިދާޅުވީ، މާލެ ސަރަހައްދަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވެހިކަލް ޕާކު ކުރާނެ ޖާގަ ނެތުން ކަމަށްވާ އިރު އަލަށް ހަދާ މި އިމާރާތުން އެކަމަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.

"މިއީ އެޗްޑީސީއިން އިސްނަގައިގެން ހުޅުވާލި ޕާކިން ސިސްޓަމަށް ދަމާސް އިން މިކަމަށް ކުރިމަތިލައްވައި، ދަމާސް އިން އެކަން ފެއްޓެވުމަށް ނިންމަވައި، އެކަމުގެ އެގްރީމެންޓުގައި ސޮއިކުރާ ދުވަސް. އަޅުގަނޑު އުންމީދު ކުރަނީ މި ޕާކިން ބިލްޑިން އަކީ ވަރަށް ފުރިހަމަ ބިލްޑިން އަކަށް ވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ، ދަމާސް އިން ވަނީ މީގެ ކުރިން ވެސް ވަރަށް ފުރިހަމަ ރިއަލް އެސްޓޭޓް ޕްރޮޖެކްޓްތައް ހިންގާފައި ކަމަށެވެ. އެހެންވެ، އަލަށް ހަދާ ޕާކިން ބިލްޑިން ވެސް އެހާ ފުރިހަމަ ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"ވަން ޕާކް" ބިލްޑިންގެ މައުލޫމާތުތައް ހިމެނޭ ފޮތް-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ހުޅުމާލޭގައި މި ވަގުތު ޕާކު ކުރަން ހާއްސަ ތަނެއް ނުކުރެ އެވެ. ހަމައެކަނި ޕާކިން ހިދުމަތް ހުންނަނީ ކޮމާޝަލް ފްލެޓް އިމާރާތްތަކުގަ އެވެ. އެ ތަންތަނުން ޕާކިން ޖާގަ ލިބެނީ ހަމައެކަނި ފްލެޓް ގަންނަ މީހުންނަށެވެ. އެހެން މީހުން ކާރު ޕާކު ކުރަނީ އާންމު މަގުތަކުގަ އެވެ.

"ވަން ޕާކް" ބިލްޑިންގައި 500 ވެހިކަލަށް އެއްފަހަރާ ޕާކު ކުރެވޭނެ އެވެ. މި ބިލްޑިން ދިގު މުއްދަތުގެ ޕާކިން ޖާގަ އާއި ކުރުމުއްދަތުގެ ޕާކިން ޖާގަ ދޫކުރާނެ އެވެ.

ހަތް ބުރީގެ މި އިމާރާތުގެ ގްރައުންޑް ފްލޯ އާއި އެއްވަނަ ފްލޯ ފިޔަވައި އެހެން ހުރިހާ ފްލޯއެއްގައި ހުންނާނީ ޕާކިން ޖާގަ އެވެ. ގްރައުންޑާއި އެއްވަނަ ފްލޯގައި ހުންނާނީ ޝޮޕިން މޯލެކެވެ.

2 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 14%
icon angry icon angry 71%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދެރަކަމެއް

10 December 2022

ކޮންމެ މީހެއްގެ ގޭ ދޮރުމަތީގައި ހަދާ ބިލްޑިންގ އެއްތަ؟

The name is already taken The name is available. Register?

ކައިޒީނާ

08 December 2022

އަކްރަމްގެ ބެސްޓް ފްރެންޑް ދަމާސް ސާލިހު ހެދިޔަކަސް ތިޔަ އެއްޗަކުން ފައިދާ ނުވަންޏާ ނުވާކަމަށް ވާނީ. ޕާކު ކޮށްފައި ތިބޭ އެއްޗެހި ދުއްވާނީ ހަމަ މަގުމަތީގަ. ދެން ތޮއްނުޖެހި ވަންނާނީ ކޮންތާކަށް؟ ޕާކުކޮށްފައި ބަހައްޓާ ވެހިކަލްތަކެއް ތަ އެއީ؟ އެ ނުދުއްވާނެ ތަ؟ ބޮޑުވަރު ދެން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454