ވިޔަފާރި / އޭސާ

"އޭސާ" ކޮންސެޕްޓް ސްޓޯރާ އެކު އައިސީޓީ ދާއިރާ އަށް އިންގިލާބެއް

ލޮނުޒިޔާރަޒް މަގުގައި ހުޅުވި "އޭސާ" ކޮންސެޕްޓް ފިހާރަ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ހަލުވި ސްޕީޑުގައި އިންފޮމޭޝަން ޓެކްނޮލޮޖީ ތަރައްގީވަމުންދާއިރު, މި ކުރިއެރުންތަކާ އެއް ސަފެއްގައި އޮވެ, ފަހުގެ ޓެކްނޮލަޖީ އަކީ ދިވެހިންނާ ހަމައަށް ފޯރާ އެއްޗަކަށް ހެދުމަށް މަސައްކަތް ކުރާ އެއް ކުންފުންޏަކީ ޕާސަނަލް ކޮމްޕިއުޓާޒް އެވެ. މި ކުންފުނިން ރާއްޖޭގެ އައިސީޓީ ދާއިރާ އަށް ބޭނުންތެރި ހިދުމަތްތަކެއް ފާއިތުވި 15 އަހަރު ފޯރުކޮށްދެމުން ގޮސް އެންމެ ފަހުން މި ދާއިރާ އަށް އިންގިލާބީ ބޮޑު ބަދަލެއް ގެނުވާނެ ޝޯރޫމެއް ދާދި ފަހުން ވަނީ ހުޅުވައިފަ އެވެ. މި ޝޯރޫމަކީ ރާއްޖޭގައި އަލަށް ހުޅުވި އައިސިޓީ ކޮންސެޕްޓް ސްޓޯރު, "އޭސާ" ޝޯރޫމެވެ.

"އޭސާ" ޝޯރޫމް އަކީ "އޭސާ"ގެ ޕްރޮޑަކްޓުތަކަށް ހާއްސަ ފިހާރައެކެވެ. މި ތަނުގައި "އޭސާ"ގެ އެކި ސީރީޒްގެ ލެޕްޓޮޕް އަދި ކޮމްޕިއުޓަރުން ފެށިގެން ގޮސް އެ ކުންފުނިން ނެރެފައިވާ ހޯމް އިމްޕްރޫވްމަންޓް ލައިނުގެ ޕްރޮޑަކްޓުތައް ވެސް ލިބެން ހުރެ އެވެ. އޭގެ ތެރޭގައި އެ ކުންފުނިން ނެރެފައިވާ "އޭސާ ޕިޔޯ" އެއާ ޕިއުރިފަޔާ އާއި ވޯޓާ ޕިއުރި ފަޔާ އަދި ވެކިއުމް ހިމެނެ އެވެ.

"އޭސާ" ޝޯރޫމުން ވިއްކާ ބައެއް ލެޕްޓޮޕްތައް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

މި ތަނުން ވިއްކާ ލެޕްޓޮޕްތަކުގެ ތެރޭގައި އޮފީސް މަސައްކަތްތަކާއި ސްކޫލް އަދި ކޮލެޖުގެ މަސައްކަތްތައް ކުރުމާއި ގްރެފިކްސް ޑިޒައިނަރުންނަށް ބޭނުންކުރެވޭނެ އެކި ރޭންޖުތަކުގެ "އޭސާ" ލެޕްޓޮޕްތައް ހުރެ އެވެ. މި ލެޕްޓޮޕްތަކަކީ ގެން ގުޅެން ފަސޭހަ, އަތަށް ލުއި, މާކެޓުގައި ލިބެން ހުރި އެންމެ ރަނގަޅު އަގުތަކުގައި ވިއްކާ ލެޕްޓޮޕެވެ. އޭގެ އިތުރުން މި ތަނުގައި ގްރެފިކްސް ޑިޒައިނަރުންނާއި ގޭމަރުންނަށް ހާއްސަ, ކެޕޭސިޓީ ވަރުގަދަ ސިސްޓަމްތައް ވެސް ހުރެ އެވެ. އަދި މި ތަނަކީ އެކި ސައިޒުތަކުގެ އެކި ވައްތަރުގެ މޮނީޓަރު ވެސް ވިއްކާ ތަނެކެވެ.

މި ތަނުން ވިއްކާ "އޭސާ" ބްރޭންޑުގެ އެސެސަރީތަކުގެ ތެރޭގައި އެކި ފެންވަރުގެ ޕްރޮޖެކްޓަރާއި ކީބޯޑް, މައުސް އަދި "އޭސާ" ބޭގް ފަދަ ޕްރޮޑަކްޓުތައް ހިމެނެ އެވެ.

"އޭސާ"ގެ ބައެއް އެސެސަރީތައް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

"އޭސާ" ކޮންސެޕްޓް ސްޓޯރަކީ ޕްރޮޑަކްޓުތައް ވިއްކުމުގެ އިތުރުން ރިޕެއާގެ ހިދުމަތް ވެސް ދޭ ތަނެކެވެ. މި ތަނުން ދޭ ހިދުމަތްތަކުގެ ސަބަބުން ސިސްޓަމްތަކަށް ޖެހޭ މައްސަލައިގެ ހައްލު ހޯދަން ރާއްޖެއިން ބޭރަށް ފޮނުވާކަށް ނުޖެހޭނެ އެވެ. "އޭސާ" ބްރޭންޑުގެ ހުރިހާ ޕްރޮޑަކްޓުތަކަކަށް ދިމާވާ މައްސަލަތަކުގެ ހައްލު މި ތަނުން ފޯރުކޮށްދެ އެވެ. އަދި މި ތަނުން ވިއްކާ ހުރިހާ ޕްރޮޑަކްޓުތަކަކީ "އޭސާ"ގެ އިންޓަނޭޝަނަލް ވޮރެންޓީއާ އެކު ވިއްކާ ޕްރޮޑަކްޓުތަކެކެވެ.

"އޭސާ"ގެ ކޮންސެޕްޓް ސްޓޯރުން ވިއްކާ ޕްރޮޑަކްޓުތަކަށް ލިބޭ އިންޓަނޭޝަނަލް ވޮރެންޓީ އަކީ ގަންނަ ޕްރޮޑަކްޓަށް ގެއްލުމެއް ލިބި, ގެއްލުނު ނަމަވެސް ވެލިޑްވާނެ ވޮރެންޓީ އެވެ.

އެ ތަނުން ވިއްކާ ގޭމިން ސިސްޓަމެއް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕާސަނަލް ކޮމްޕިއުޓާޒްގެ ސީއީއޯ މޫސާ އަސްވާން ވިދާޅުވި ގޮތުގައި މި ކޮންސެޕްޓް ސްޓޯރަކީ ރާއްޖެ އަށް އައިސީޓީ ދާއިރާގެ އިތުރު ބްރޭންޑުތަކުގެ އެކްސްކްލޫސިވް ފިހާރަތައް ހުޅުވުމަށް ފަހިކޮށްދެވުނު ފުރުސަތެއް ކަމަށެވެ. އަދި ރާއްޖެ ފަދަ އާބާދީ ކުޑަ ގައުމެއްގައި މި ފަދަ ތަނެއް ހުޅުވަމަކީ ބޭރު ދުނިޔޭގެ އައިސީޓީ ދާއިރާގައި ދިވެހިން ބަލައިގެންފައިވާ ކަމުގެ ހެއްކެއް ކަމަށް ވެސް ވިދާޅުވި އެވެ.

"ރާއްޖޭގައި އާބަދީ ކުޑަވުމުން މި ފަދަ ތަނެއް ހުޅުވުމަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވި. އެކަމަކު އަޅުގަނޑުމެންގެ ޓީމުން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށް މި ތަނުގައި މި ފަދަ ތަނެއް ހުޅުވީ ރާއްޖޭގެ އައިސީޓީ ދާއިރާއަށް އެކަމުގެ ސަބަބުން އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް ގަބޫލު ކުރެވޭތީ." އޭނާ ވިދާޅުވި އެވެ.

"އޭސާ" ކޮންސެޕްޓް ސްޓޯރަކީ އެ ބްރޭންޑާއި ޕާސަނަލް ކޮމްޕިއުޓާޒްއާ ދެމެދު ގާއިމުކުރި ބްރޭންޑް ޕާޓްނާޝިޕުގެ ދަށުން ހުޅުވި ފިހާރައެކެވެ. ޕާސަނަލް ކޮމްޕިއުޓާޒްއިން އައިސީޓީ ދާއިރާގެ ވިޔަފާރީގައި 15 އަހަރު ހޭދަކޮށްފައި ވާއިރު ޕާސަނަލް ކޮމްޕިއުޓާޒްއިން "އޭސާ" ބްރޭންޑުގެ އެކި ޕްރޮޑަކްޓުތައް ވަނީ ކަސްޓަމަރުންނަށް ގެނެސްދީފަ އެވެ. "އޭސާ" އަކީ ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބްރޭންޑެކެވެ.

"އޭސާ" ޝޯރޫމް ހުންނަނީ ލޮނުޒިޔާރަތް މަގުގަ އެވެ. މި ޝޯރޫމް ހެނދުނު 9 އިން މެންދުރު 2 އަށް އަދި މެންދުރު 1:30 އިން އިރު އޮއްސި 6 ހުޅުވާފައި ހުންނާނެ އެވެ. ރޭގަނޑު މި ތަން ހުޅުވަނީ 8 އިން 10 އަށެވެ.

ނޯޓް: މިއީ ޕްރޮމޯޝަން އާޓިކަލް އެކެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހުމަދު ސައިފުލް

21 November 2023

"އޭސާ ބްރޭންޑް ގެ އެސެސަރީ ތަކުގެ ތެރޭގައި..." އެސެސަރީ އެއް ނޫން ކިޔަނީކީވެސް ލިޔަނީކީވެސް! ކިޔަނީ "އެކްސެސަރީ"! މީ ދެން އެއް ޒަމާނެއްގެ ކޮންމެވެސް މީހަކު ތުއެއް ވާންވެގެން ކީ އެއްޗެއް މާ އިނގިރޭސި ވާނަމޭ ހިތާ! އެކްސެސަރީ އިނގިރޭސިން ކިޔަނީ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454