ރައީސް މުއިއްޒު ނޫސްވެރިންނާ ވާހަކަދައްކަވަނީ. އެމަނިކުފާނު ވިދާޅުވީ، ފަސްޓް ކްލާހުގައި ދަތުރު ކުރައްވަން ބޭނުންފުޅު ނުވާ ކަމަށް-- ފޮޓޯ: ފަޔާޒް މޫސާ
03 ޑިސެމްބަރ 2023 - 18:46
ދަތުރުތަކުގެ ހަރަދު ކުޑަ ކުރުމަށް ވަރަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށާއި ފަސްޓް ކްލާހުގައި އެމަނިކުފާނު ދަތުރު ކުރައްވަން ބޭނުންފުޅު ނުވާ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ތުރުކީ އާއި ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ދަތުރަށް ކުރި ހަރަދުތަކުގެ ތަފްސީލު އެންމެ ލަސްވެގެން 15 ދުވަހުގެ ތެރޭ ހާމަކުރައްވާނެ ކަމަށެވެ. ދަތުރުތަކުގައި މަސައްކަތް ކުރައްވަނީ ވީހާވެސް ކުޑަ ހަރަދެއް ކުރައްވަން ކަމަށް ވިދާޅުވި އެވެ.
"'ޗީފް އޮފް ސްޓާފް އަދި މިނިސްޓަރަށް ވެސް ދަންނަވާފައި ވާނީ އަޅުގަނޑު އަދި ނައިބު ރައީސް ވެސް ބޭނުމެއް ނޫނޭ ފަސްޓް ކްލާހުގައި ދަތުރު ކުރާކަށެއް. އެކަމަކު މިފަހަރު ބިޒްނަސް ކްލާހަކުން ޓިކެޓެއް ނުލިބުނު. އެހެންވެ މި ބޭފުޅުން ވިދާޅުވެއްޖެ، ތިމަންނަމެންނަކަށް ނެތޭ އިތުރު އެއްވެސް ގޮތެއް، އަޅުގަނޑާ ސެކިއުރިޓީ އޮފިސާ އާއި އެބަ ލާން ޖެހެއޭ ފަސްޓް ކްލާހަށް،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ވެސް ދަތުރުތައް ކުރައްވާ އިރު އެމަނިކުފާނާއި ނައިބު ރައީސް ވެސް ބިޒްނަސް ކްލާހަށް ވުރެ މަތީ ކްލާހެއްގައި ދަތުރު ނުކުރައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ބޭނުންފުޅު ވަނީ ބޮޑު ހަރަދެއް ކުރުމުގެ ބަދަލުގައި ދަތުރުތަކުން ގައުމަށް ކުރިއެރުންތަކެއް ލިބޭނެ ކަންތައްތަކެއް ކަމަށެވެ.
އާ ސަރުކާރުގެ ފުރަތަމަ ރަސްމީ ދަތުރުފުޅާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ، މިފަހަރުގެ ދަތުރުގެ ޑެލިގޭޝަންގައި ހިމެނޭ ފަރާތްތައް ބަލާ އެ ފަރާތްތައް ދާން ޖެހޭ ސަބަބުތަައް އޮޅުން ފިލުއްވި ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މި ދަތުރުގައި ތުރުކީގެ އެކަމަޑޭޝަނަށް ހަރަދު ނުހިނގާ ކަމަށެވެ.
އަދި ދުބާއީގެ ކޮޕް28 ބައްދަލުވުމުގައި ވެސް އެމަނިކުފާނާ އެކު ވަކި އަދަދަކަށް އެ ބައްދަލުވުން ބޭއްވި ފަރާތުން ހަމަޖެއްސެވި ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެލޭސިޔާ ހުސޭނު
05 December 2023
ރައިސް ފަސްޓް ކްލާހުގައި ދަތުރު ކުރަންވާނީ. ބަލަ ތީ ގައުމެއްގެ ރައީސެކޭ. ކާކުތަބުނީ ނުކުރާށޭ. ބިސްނަސް ކްލާހުން ޓިކެޓްނަގާއިރު ވަށައިގެން ހުރި ހުރިހާ ސީޓެއްނަގަންޖެހޭނޭ ސެކިއުރިޓީ ކަންތަކާހެދި. ދެން ކޮންމޮޅެއްވާނި.
މަންޒިލާ
04 December 2023
ބާރާބަރު ރައީސް ހރސމ ' މޑނ އަދި ޓުރާންސް ޕޭސީ މޯޑިވްސް ވެސް އުވާ ލައްވާ' އެޔީ ނަަސީދު ސަރުކާރުގަ އޭނަގެ ޢެކްޓިވިސްޓުން އަޅަން ހެދި ތަންތަން.. ދައުލަތުން ބޭކާރު ހަރަދު މަދުކުރަން ވެއްޖެ.
އަންމަޑޭބެ
04 December 2023
ޙަރަދު ކުޑަ ކުރަން ޑރ.މުއިއްޒު އަށް އިނގޭނެ. ޙަރަދު ކުޑަ ކުރެވެން އޮތް ގޮތަކަށް އެކަން ކުރާނެކަން މި އިނގެނީ މިކަމުން.
ޒިއްބެ
04 December 2023
ރައީސް ކިތަންމެ ބޭނުން ނުވިޔަސް ސެކިއުރިޓީ ކަންކަމަށް ބަލާފަ ވެރިން ދަތުރު ކުރަންވާނީ ފަސްޓް ކްލާހުގަ. ބިޒްނަސް ކުލާހުގަ ދަތުރު ކުރުމަކީ އެއްވެސް ވަރަކަށް ސޭފް ކަމެއް ނޫން.
ލަބީބު
04 December 2023
އެމަނިކުފާނަށް އިކޮނޮމީ ކުލާހުން ދަތުރުކުރަން ހުއްދަ ލިބޭނެނަމަ އެމަނިކުފާނު ހިޔާރު ކުރާނީ އެ ގޮތް. މިއީ ރައްޔިތުންނާއި ދޭތެރޭ ވިސްނާ ވެރިއެއް.
ބަރާބަރު ރައީސް
04 December 2023
ރައީސަށް ސެލިއުޓް ކުރަން. ތިޔަ ނިންމެވީ ވަރަށް މުހިންމު ނިންމެވުމެއް. ތި ނިންމެވުމުގެ ސަބަބުން ދައުލަތުގެ ޚަރަދު ބޮޑުތަނުން ކުޑަވެގެންދާނެކަން ޔަޤީން. ފަސްޓް ކްލާހުން ރައީސް ދަތުރު ނުކުރައްވާގޮތަށް ނިންމެވުމުން ދެންވާނެ ގޮތަކީ ދައުލަތުގެ އެހެން ބޭފުޅަކަށްވެސް ފަސްޓް ކްލާހުން ދަތުރު ކުރައްވާކަށް ކެރިވަޑައެއް ނުގަންނަވާނެ. އަދި އެއްކަމެއް ނިންމަވަން ޖެހޭ. ރަށްރަށަށް ކުރައްވާ ދަތުރުގައި ރިސޯޓުގައި މަޑު ނުކުރައްވާގޮތަށް ނިންމެވުން.
ހުސްނޫ
04 December 2023
ހައްހައްހައް. ތި ބިޒްނަސް ކްލާހުން ޓިކެޓް ލިބޭތަނެއް ނުފެއްނާނެ ދުވަހަކުވެސް
ލުތުފީ
04 December 2023
ހުވާކުރުމުގެ ރަސްމިއްޔާތަށް 22 މިލިޔަން ޚަރަދުކުރަން ނިންމި އިރު، އެއީ ބޮޑު ޚަރަދެއް ކަމަށް ނުވިސްނުނީތޯ!
އަނގަ ގަދަ މިތުރު
04 December 2023
ހުވާކުރުމުގެ ރަސްމިއްޔާތަށް ޚަރަދުކުރީ މި ރައީސެއްނޫން އިނގޭތޯ. އެއީ ރައީސް ސޯލިހުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުން ހަމަޖެއްސެވި ކަމެއް.
މަންހަޖު
04 December 2023
ތިހެން އަޑު އަރުވާފައި އަޑި އަޑިން ކަރަޕްޓް ނުވުން ބުއްދިވެރި. މިހާރު ރައްޔިތުން ވަރަށް ހޭއަރާ ތިބެނީ. މާރުކޭޓު ގޮޅިތަކާިއ، މަސްމާރުކޭޓް ކުރިމަތީ ކެފޭ އާއި އާޓިޝަލް ބީޗު ކެފޭ އާއި ޕާކިންގ ޒޯންތަށް ވިއްކި ގޮތް ތަކުގެ ކުލަ ފޮޓޯފެނުމުގެ ސަބަބުން މިހެން މިދަންނަވާލީ އެވެ.
އަބްޑޫޅް +
04 December 2023
އޭގެ ބަދަލުގަ، ވަށަފަރު މީހުން އުނބަށްޖަހަން ދިޔަ ބޮއްކުރާ ހޯދަގަ!