ދިވެހި ޖީބީޓީއަށް ދިވެހިން ޓްރާންސްކްރައިބް ކުރެވޭ ފީޗާ މިހާރު ބޭނުން ކުރެވޭނެ.
20 ޖެނުއަރީ 2025 - 10:58
ދިވެހި ޒުވާން ޓެކްނޮލޮޖީ ކުންފުނި ކަމަށްވާ ޖަވާބު ޕްރައިވެޓް ލިމިޓެޑްގެ ދިވެހި ޖީޕީޓީ ޕްލެޓްފޯމަށް އާ ފީޗާއެއް ތައާރަފް ކޮށްފިއެވެ.
އެ ފީޗާ އަކީ ދިވެހި ބަހުން ދައްކާ ވާހަކަ ލިޔުމަށް ޓްރާންސްކްރައިބްކުރާ ފީޗާ އެކެވެ. ސްޕީޗް ޓު ޓެކްސްޓް ނުވަތަ ވާހަކަ ދެއްކުމުން ލިޔުމަށް ބަދަލުވާ ފީޗާއަކީ ދުނިޔޭގެ ގިނަ ބަސްބަހުގައި އޭއައި ބޭނުންކޮށްގެން ކުރެވެން ހުންނަ ކަމެކެވެ. އެ ފީޗާ މިދިޔަ އަހަރު ސަރުކާރުގެ ބައެއް އޮފީސްތަކުގައި ބޭނުންކުރި ނަމަވެސް އާއްމުންނަށް އެ ފީޗާ ތަޖުރިބާ ކުރުމުގެ ފުރުސަތު މީގެ ކުރިން ނުލިބެ އެވެ. ޖަވާބު އެކަޑަމީން މި ފީޗާ އާއްމުންނާ ހަމައަށް ފޯރުކޮށްދީ އެ ސަބަބާ ހެދި އެވެ.
"ދިވެހި ޖީޕީޓީއިން ހިލޭ އަދި ކްރެޑިޓްސް ގަނެގެން ކޮންމެ މީހަކަށް ވެސް މިހާރު ދިވެހި އޯޑިއޯ ޓްރާންސްކްރައިބް ކުރެވޭނެ. އަދި ކިތަންމެ ކުރު އަދި ދިގު އޯޑިއޯއަކަށް ފަސޭހަކަމާއެކު ލިޔުމަށް ބަދަލުކޮށްލެވޭނެ. އަދި ސާފު އޯޑިއޯތައް އެކިއުރެސީ ހައިކޮށް ޓްރާންސްކްރައިބް ވާނެ" ޖަވާބުގެ ސީއީއޯ މުހައްމަދު ޖައިލަމް ވިދާޅުވި އެވެ.
ދިވެހި ބަހުން ދައްކާ ވާހަކަ ލިޔެދޭ އެ ޓެކްނޮލޮޖީ އުފައްދާފައިވަނީ ދިވެހި ހުނަރުވެރި ޒުވާނުންގެ އަމިއްލަ މަސައްކަތުންނެވެ. އެ ޓެކްނޮލޮޖީ އަކީ ޖަވާބުގެ ސީޓީއޯ އަރުޝަދު އަހުމަދު، ޔޫކޭގެ ޔުނިވާސިޓީ އޮފް ސެއިންޓް އެންޑްރޫޒްގައި މާސްޓާސް އިން އާޓިފިޝަލް އިންޓެލިޖެންސްގެ ތީސިސް މަސައްކަތުގެ މައްޗަށް ބިނާކޮށްގެން ހެދި އުފެއްދުމެކެވެ.
ޖަވާބު އެކަޑަމީން ދިވެހި ޖީޕީޓީއަށްއަށް ތައާރަފް ކުރި ފީޗާ ބޭނުން ކުރާނެ ގޮތުގެ ވީޑިއޯއެއް ވަނީ ނެރެފަ އެވެ.
ދިވެހި ޖީޕީޓީގައި ދިވެހިން ޓްރާންސްކްރައިބް ކުރުމަށް ގިނަ ވައްތަރުތަކެއްގެ އޯޑިއޯ ފައިލްތައް ސަޕޯޓްކުރެ އެވެ. އަދި އެމްޕީ4 ގެ ވީޑިއޯ ފައިލްވެސް ބޭނުން ކުރެވެ އެވެ. އޭގެ އިތުރުން ވެބްސައިޓް މެދުވެރިކޮށް އޯޑިއޯ ރިކޯޑް ވެސް ކުރެވެ އެވެ.
އޯޑިއޯ ޓްރާންސްކްރައިބްކޮށް ނިމުމުން ފަސޭހަކަމާއެކު އޯޑިއޯގެ ބައިތައް އަޑުއަހާލާ ކަރެކްޝަންތައް ހެދޭނެ އެވެ. އަދި ސަބްޓައިޓަލްތައް ފައިލެއްގެ ގޮތުގައި ނުވަތަ ވޯޑްފައިލެއްގެ ގޮތުގައި ޑައުންލޯޑް ވެސް ކުރެވޭނެ އެވެ. އޭގެ އިތުރުން އޯޑިއޯ ހުލާސާކޮށް، ޔައުމިއްޔާ ވެސް އޮޓޯއިން ޖެނެރޭޓް ކުރެވޭނެ އެވެ. މިއީ ސަރުކާރުގެ އެކިއެކި އިދާރާތަކާއި އެކި އޮފީސް މަސައްކަތްތަކުގައި ވަރަށް ގިނަ ވަގުތެއް ސަލާމަތްކޮށްދޭނެ ބޭނުންތެރި ފީޗާއެކެވެ.
ދިވެހި ޖީޕީޓީގެ އޭއައި ބޭނުންކޮށްގެން ޓްރާންސްކްރިޕްޓްތައް އިތުރަށް ޕްރޮސެސް ވެސް ކުރެވޭނެ އެވެ. އެގޮތުން އިނގިރޭސި ބަހާއި އަރަބި ބަހާއި ހިންދީ އަދި ބަންގްލަދޭޝް ބަހަށް ފަސޭހަކަމާއި އެކު ތަރުޖަމާ ކުރެވޭނެ އެވެ. ނުވަތަ ޓްރާންސްކްރިޕްޓްގެ މައުލޫމާތު ބޭނުންކޮށްގެން ތަފާތު ސުވާލުތަކަށް ޖަވާބު ހޯދައި، ވަކި ކަމަކާއި ގުޅިގެން ދެކެވުނު ވާހަކަތައް ވަކިކުރެވޭނެ އެވެ. އަދި ދެއްކި ވާހަކަތައް ވާހަކަ ދެއްކުމުގެ ސްޓައިލުން ލިޔުންތެރިކަމުގެ ސްޓައިލަށް ބަދަލުކޮށް، އެ ވާހަކަތައް މަޒުމޫނަކަށް ނުވަތަ ހަބަރަކަށް ވެސް ބަދަލު ކުރެވޭނެ އެވެ.
ދިވެހި ޖީޕީޓީގެ މިފަދަ މުހިއްމު ފީޗާތަކުގެ ސަބަބުން އޮފީސް މާހައުލާއި ދިރާސާކުރާ ފަރާތްތަކަށާއި ލިޔުންތެރީންނަށް ވަރަށް ބޮޑު ފަސޭހަކަމެއް ލިބިގެން ދާނެ އެވެ. މީގެ ކުރިން ދެ ދުވަހުން ކުރެވުނު ކަންތައްތައް ދެ ގަޑިއިރަށް ބަދަލުވެ، މަސައްކަތްތައް އިތުރަށް ހަލުވި ކުރެވޭނެ އެވެ. އަދި ފޫހިކަމާއެކު ކުރަންޖެހޭ، ގިނަ ވަގުތު ހޭދަވާ އެތައް ކަމެއް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ކުރުމަށް މަގުފަހި ވެގެންދާނެ އެވެ.
ޒަމާނީ ޓެކްނޮލޮޖީގެ މިފަދަ ހިދުމަތްތައް ދިވެހި ބަހުން ލިބެން ހުރުމަކީ ދިވެހި ބަހަށް ވެސް ލިބިގެންދާ ބޮޑު ކުރިއެރުމެކެވެ. އަދި އަންނަން އޮތް ޖީލުތަކާ ހަމައަށް ބަސް ދިރުވާ އާލަކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
ނޯޓު: މިއީ ޖަވާބު އެކަޑަމީގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑީޛީ
20 January 2025
ދިވެހިންނަކީ އޮންލައިން ކްލާސްތަކަށް ޖޮއިންވާން ނޭގޭ މީހުން.
ކޮބާ
20 January 2025
ކޮބާތަ އަހަރެމެންގެ ޑޭޓާ ޕްރައިވެސީ؟
ތާހިރުއްޓޭ
20 January 2025
މިޔަށް ހުވަފެން ތައުބީރު ކުރުމުގެ ގާބިލުކަން ލައިދީބަލަ. އަބަދު ހުވަފެނުގަ ކާހިތްވަނީ އެ ހެޔޮ ކިތަމެ ވަރަކަށް ކައިގެން ނިދިޔަސް.
އޮޅުވާލުމެއް
20 January 2025
ދިވެހި ޖީޕީޓީގެ ފަންޑަމެންޓަލް އެއް ފުލޯ އަކީ، ގޯހަކީ، އުނި އެެއްޗެއް މާ ފުރިހަމަ، ގާބިލު އެެއްޗެއް ކަމުގައި، ދައްކައި، ހަގީގަތް އޮޅޭހެން ނުވަތަ ފަރުދާވާހެން އެ ޕްރޮމޯޓުކޮށް އިޝްތިހާރުކުރުން. މިކަން ބަދަލުކުރަން ޖެހޭ
ޓިކްޓޮކް ބްރެއިން
20 January 2025
މޮޅެތި ބަސްތަކެއް ކިޔާލީމަ ނިމުނީދޯ. ކިޔޭނުކިޔޭއެއް ނޭނގެ.
ކޮސް
20 January 2025
ޒަމާނާނުގުޅޭ މީހެކޭ ބުންޏަސް ވަރިހަމަ. މީގެ ސަބަބުން ފަސޭހަތަކެއް ލިބޭއިރު ގެއްލުންތަކެއް ލިބޭނެ. ސަބަބަކީ އެކަންކަމަށް ސަމާލުކަން ނުދެވި އަބަދުވެސް ފަސޭހައަށް އިސްކަންދޭ ޤައުމެއްކަމުން . ދެން ވާނެގޮތަކީ މަދަރުސާގައި ދިވެހިބަސް ކިޔަވާ ދަރިވަރު ކުލާސްތެރޭގައި ވަރަށް މޮޅުވުން. އެކަމަކު އިންތިހާނުތަކުން ފެއިލްވުން. މީގައި ފައިދާވާނީ ރަނގަޅަށް އިނގިރޭސިބަސް ނޭންގޭ މިނިސްޓަރުންނަށް.
ގެލެކްޓިކް ފެޑެރޭޝަން
20 January 2025
އާރޓިފިޝަލް އިންޓެލިޖަންސް އަކީ ނޮން ހިޔުމަން ހިންޓެލިޖަންސް (އެން.އެޗް.އައި.) އިން އިންސާނުންނަށް ދީފައިވާ ހަދިޔާއެއް!!!! ފައިބަރ އޮޕްޓިކްސް، ނައިޓް ވިޝަން، ކުއަންޓަމް ކޮމްޕިއުޓިންގް، ގްރޭޓް އެވެއަރނަސް އިންސާނުންގެ ތެރެއަށް ވަރަށް އަވަހަށް އަންނާނެ!!!! ލެގަސީ މީޑިއާ ތަކުގައި މިވާހަކަތައް ނުދައްކާތީ ދިވެހިން އަދި ތިބީ އަނދިރީގައި!!!!!!
ލޮއްލަ
20 January 2025
މިކޮމެންޓުގައި އެބުނާ އެއްޗެއް އަހުންނަށް ފަހުމު ވާން ނަގާނެ އަދި 5 ވަރަކަ އަހަރު. ފޮޓޮއެއް ނަގާފަ ބައިންދާނަން އެދުވަސް އަންނަންދެން.