ރެޑްބޮކްސް އާ އައުޓްލެޓުގައި ހުރި ސެލްފް ސާވިސް ކިއޮސްކް.
27 އެޕްރީލް 2025 - 13:45
ރާއްޖޭގައި ފުޅާދާއިރާއެއްގައި ކުރިއާ އަދި ޑެލިވަރީ ހިދުމަތްދޭ ރެޑްބޮކްސް އިން މާލޭގައި ސެލްފް ސާވިސް ކިއޮސްކްގެ ހިދުމަތްދޭ އާ އައުޓްލެޓެއް ހުޅުވައިފި އެވެ.
މި އައުޓްލެޓަކީ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު އަމިއްލައަށް ޕާރުސަލް ނެގުމުގެ ހިދުމަތް ފޯރުކޮށްދޭ ތަނެކެވެ. ރެޑްބޮކްސް އިން ބުނި ގޮތުގައި އެއީ ކަސްޓަމަރުންގެ ޝަކުވާތައް އަޑުއަހައި، އަވަސް ހައްލެއް ހޯދައިދިނުމުގެ ގޮތުން ހުޅުވި އައުޓްލެޓެކެވެ.
ރެޑްބޮކްސްގެ އާ އައުޓްލެޓުގައި ހުރި ސެލްފް ސާވިސް ކިއޮސްކުން ކަސްޓަމަރުން ހިދުމަތް ހޯދަނީ.
ލޮނުޒިޔާރަތް މަގުގައި ހުޅުވި އެ އައުޓްލެޓްގައި ގާއިމްކޮށްފައިވާ ސެލްފް ސާވިސް ކިއޮސްކްތައް މެދުވެރޮކޮށް ކަސްޓަމަރުންނަށް، ހަމައެކަނި ޓްރެކިން ނަންބަރު ބޭނުންކޮށްގެން މަދު ސިކުންތުކޮޅެއްގެ ތެރޭގައި ޕާރުސަލް ނެގޭނެ އެވެ. އިތުރު ލިޔެކިޔުމެއްގެ ބޭނުންނެތި، ކިއު ނަންބަރެއް ނަގަން ނުޖެހި އަމިއްލަ ޕާރުސަލް ފަސޭހަކަމާ އެކު ނެގޭ ގޮތަށް ހަމަޖައްސާފައިވާ އެ ކިއޮސްކަކީ ގިނަ ބައެއްގެ ވަގުތު ސަލާމަތްވުމާއި ބޮޑު ލުއިފަސޭހަކަމެއް ލިބޭނެ ހިދުމަތެއްގެ ގޮތުގައި ރެޑްބޮކްސްއިން ސިފަކުރެ އެވެ.
އޮންލައިން ޝޮޕިން އިތުރުވަމުން އަންނަ އިރު ކަސްޓަމަރުންނާއި ވިޔަފާރިތަކަށް ފަސޭހަ ގޮތެއްގައި ޕާރުސަލް ނެގޭނެ ނިޒާމެއް ގާއިމުކުރުމަކީ މުހިންމު ކަމެއްކަމަށް ރެޑްބޮކްސްއިން ބުންޏެވެ. އަދި ކުރިއަށް އޮތްތަނުގައި މާލެ އަދި ހުޅުމާލޭގައި އިތުރު ކިއޮސްކްތައް ހުޅުވާނެ ކަމަށް ވެސް ބުންޏެވެ.
ރެޑްބޮކްސްގެ އާ އައުޓްލެޓުގައި ހުރި ސެލްފް ސާވިސް ކިއޮސްކުން ކަސްޓަމަރުން ހިދުމަތް ހޯދައި ޕެކޭޖު ނަގަނީ.
ރެޑްބޮކްސްގެ ސެލްފް ސާވިސް ކިއޮސްކްތަކަކީ، އެ ކުންފުނިން ޒަމާނީ ޓެކްނޮލޮޖީއަށް އިންވެސްޓްކޮށް، ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ރަނގަޅުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާކަމަށް އެ ކުންފުނިން ބުންޏެވެ.
ރެޑްބޮކްސްއަކީ ރާއްޖެއަށް އާންމުކޮށް ޝިޕް ނުކުރާ އީ-ކޮމާސް ޕްލެޓްފޯމްތަކުން މުދާ ގަތުމާއި ގެނައުމުގެ ހިދުމަތް ފޯރުކޮށްދޭ ކުރިއާ ކުންފުންޏެކެވެ. މި ހިދުމަތް ފޯރުކޮށްދެނީ ޝޮޕްމީ.އެމްވީ މެދުވެރިކޮށެވެ. ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް އަގުހެޔޮކޮށް އަދި ފަސޭހަކަމާ އެކު ޕާސަލް ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ރެޑްބޮކްސް.އެމްވީ މެދުވެރިކޮށް ފޯރުކޮށްދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަލަ
27 April 2025
ރެޑްބޮކްސް ތިކުރާ މަސައްކަތައް އައްސަރިބަހާ ސާބަސް ތިޔަ މަސައްކަތުގައި ބަރަކާތް ލައްވައި، ގިނަގުނަ ކުރިއެރުންތައް މިންވަރު ކުރައްވާށި އާމީން
އިމުރާނު
27 April 2025
ސާބަހޭ ދަރިންނޭ
ރަޔިތެށް
27 April 2025
މިހާރު ހީވޭ އެބަ ރަނގަޅު ވާހެން
ރޮދި
27 April 2025
ރެޑްބޮކްސް ކިއޮސްކް މަގާމަށް އަޅުގަނޑު ކުރިމަތިލާން ބޭނުން
ޢަޒްލީމް
27 April 2025
ވ ފައްކާ އިނގޭ
ރަތްފޮށި
27 April 2025
އާނ މިހާރު އެބަ ރަނގަޅުވޭ