މުލި އެއާޕޯޓަށް ޓެސްޓު ފްލައިޓެއް ޖައްސާފައި: ކޮމާޝަލް އޮޕަރޭޝަނަށް ވަނީ ހުޅުވާލައިފައި.--- ފޮޓޯ: އާރްއޭސީއެލް
08 މެއި 2025 - 19:28
މ. އަތޮޅުގައި ހެދި ފުރަތަމަ އެއާޕޯޓު އާންމު ދަތުރުތަކަށް ރީޖަނަލް އެއާޕޯޓްސް އިން މިއަދު ހުޅުވާލައިފި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު އޮގަސްޓް 2021 ގައި ހަދަން ފެށި މުލި އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނިންމައި އެ ތަނަށް ޓެސްޓު ފްލައިޓު ޖެއްސީ މިދިޔަ މަހުގެ 25 ގަ އެވެ.
ރީޖަނަލް އެއާޕޯޓްސް އިން މިއަދު ބުނީ، މުލި އެއާޕޯޓުގެ ކޮމާޝަލް އޮޕަރޭޝަންތައް ފެށުމަށްޓަކައ،ި ރާއްޖޭގެ އެތެރޭގެ ދަތުރުތައް ކުރާ މޯލްޑިވިއަން އާއި ވިލާ އަދި މަންތާ އެއާލައިނަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މުލި އެއާޕޯޓު މަޝްރޫއުގެ ދަށުން، 14 ހެކްޓަރުގެ ބިންހިއްކުމާއި 1،812 މީޓަރު ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި 1،200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ހަދާފައިވެ އެވެ. އެ މަޝްރޫއަށް 225 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުފަށައޭ
08 May 2025
އަނެއްކާ އަނެއް ސްކޭމް. ރީޖަނަލް އެއަރޕޯޓަކުން ނޫނޭ ފްލައިޓް އޮޕަރޭޓް ކުރަނީ. ގައުމީ އެއަރލައިން އިންނޭ ފްލައިޓް އޮޕަރޭޓް ކުރަން ޖެހެނީ. ދެންހުރި އެއަރލައިން ތަކުން ދަތުރު ކުރަނީ ވަރަށް މަދު އެއަރޕޯޓަކަށޭ. މޯލްޑިވިއަންއަކުން އަދި ނެތޭ ށެޑިއުލެއްވެސް ނެރެފައެއް. ބުކިންގ އެއްވެސް ނުހެއްދެއޭ. ދެން ކޮންގޮތަކަށްތަ ހުޅުވާލީ
ޢެޑްމުންޑޯ
09 May 2025
މޮޔަވީތަ ؟ ރީޖަނަލް އެއަރޕޯޓުން ދަތުރުތަކަށް ހުޅުވާލީމާ ، ދެން ވައިގެ ދަތުރު ކުރާ އެއަރ ލައިންތަކުން އެދޭނީ ދަތުރުކުރަން ހުއްދައަށް ، އޭގެ ފަހުން އެއެދުނު އެއަރ ލައިންތަކަށް ހުއްދަދޭނީ ، ރީޖެނަލް އެއަރޕޯޓުން ހުއްދަ ދޭ ފްލައިޓްތަކަކަށް އެއަރޕޯޓަށް ދަތުރު ކުރެވޭނީ
ގުލީ
08 May 2025
އަދިވެސް އަގެއް ނޭގޭތޯ؟ ޢަގު ނޭގި ކިހެނެއްތޯ ދަތުރުކުރާނީ.
ސަފަން
08 May 2025
އެއަރޕޯޓް އަޅަން ބިންހިއްކީ ޔާމީން ސަރުކާރުން އެވަަހަކަވެސް ޖަހާލިނަމަ.
ޖޯން ގަ
09 May 2025
ބިން ހިއްކަން 5 އަހަރު - ޔާމީން އެއަރޕޯޓް އަޅަން 5 އަހަރު - އިބޫ މީ ހައްޤު މިންވަރުތަ؟