ހައްޖުވެރިން އެއާޕޯޓުގައި. މިއަހަރު ރާއްޖެއިން ހައްޖަށް ދާ މީހުންނަށް 2،000 ޑޮލަރުގެ ލިމިޓެއް ދެނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
12 މެއި 2025 - 14:04
މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުންގެ ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓް 2،000 ޑޮލަރަށް ބޮޑުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބީއެމްއެލްގައި އެދިވަޑައިގެންފި އެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މިއަހަރު ހައްޖަށް ދާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމުގެ ގޮތުން، ކޮންމެ ހައްޖު ވެރިއެއްގެ ބީއެމްއެލް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1،750 އެމެރިކާ ޑޮލަރު ހަމަޖައްސައި ދިނުމަށް ބޭންކްގައި އެދިވަޑައިގެންފައިވާ ކަމަށެވެ.
މިއަހަރު ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމުގެ ގޮތުން، ކޮންމެ ޙައްޖު ވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1750 އެމެރިކާ ޑޮލަރުގެ ލިމިޓެއް…
— Dr Mohamed Muizzu (@MMuizzu) May 12, 2025
ބީއެމްއެލް އިން މިހާރު ދޫކޮށްފައިވާ ޑޮލަރު ލިމިޓަކީ 250 ޑޮލަރެވެ. އެހެންވެ، އިތުރު 1،750 ޑޮލަރު އިތުރު ކުރުމުން ޑެބިޓް ކާޑުގެ ލިމިޓް 2،000 ޑޮލަރަށް ބޮޑުވާނެ އެވެ.
މީގެ ކުރިން ބީއެމްއެލް އިން ރޯދަ މަހާއި ޝައްވާލުމަހުގެ އުމްރާގެ އަޅުކަމަށް ދިޔަ ފަރާތްތަކުގެ ޑެބިޓް ކާޑު ލިމިޓު 1،500 ޑޮލަރަށް ބޮޑުކޮށްފައިވެ އެވެ. އެ އަދަދުގެ އިތުރުން އާންމު އުސޫލުން ލިބެމުންދިޔަ 250 ޑޮލަރު ލިމިޓު ވެސް އޭރު ވެސް ބޭނުން ކުރެވުނެވެ.
މިއަހަރު ރާއްޖެއިން ހައްޖަށް ދާން 1،000 ކޯޓާ ވަނީ ސައުދީ އަރަބިއާއިން ހަމަޖައްސައިދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަ ބުނީ
12 May 2025
ހައްޖަށް ދާ މީހުންނަށްވުރެ ބަލިބައްޔަށް ޝިފާ ހޯދަން ފައިސާގެ އެހީއެއް ނުލިބިފައި ތިބި މީހުންނާއި ކިޔަވަން ބޭރުގައި ތިބި ކުދިންނަށް ފަސޭހަ ރަހުމަތަކުން ޑޮލަރު ކޮޅެއް ހަމަޖައްސައި ދިނުން މާބޮޑަށްވެސް ރަނގަޅުވާނެ ކަމަށް ދެކެމެވެ!
ކޮރަލް
12 May 2025
ހައްޖު ކޯޓާ ގަވާއިދާ ހިލާފައް ބޭނުން ކުރާ ވާހަކަ އަކީ އަބަދުވެސް ދެކެވޭ ވާހަކަ އެކެވެ. ވީމާ މިފަހަރު ހައްޖަށް ދާ އެންމެންގެ ނަން ތައް ހާމަ ކޮށް ކޯޕަރޭޝަން ގެ ވެބްސައިޓް ގަ ޖަހާލަން ވީ އެވެ.
ހާސަރު
12 May 2025
ކޮންމެ ޑޮލަރަކުން 2 ރުފިޔާ ބޭންކަށް ލިބޭ! ޢޭޓީއެމުން ނެގިޔަސް ފިހާރައަކަށް ފައިސާ ކާޑުން ދެއްކިއަސް އެވަރުޖެހޭ! ބޭންކު ރޭޓުންނޭ ބުނަނީ އެކައުންޓުން ކެޓޭވަރު ބެލީމަ ޑޮލަރެއް 17 ޖެހޭ!
ޖަމީލު
12 May 2025
19 ރޭޓުގައި ގަތުމަށް ވުރެން މި ގޮތް ރަނގަޅެއްނޫން ތަ؟ އަނެއްކާ ހަބަރު ގަ އޮތީ ޕާސްޕޯޓަށް ލިބޭ 500 ޑޮލަރު ކޭސް ކޮށް ލިބޭ ވާހަކަ. ހައްޖަށް ދާން މިއުޅެނީ ސޮޕިން ކުރާކަށް ނޫންވިޔާ.
ޕީއެން ޕޫ
12 May 2025
ހެޔޮކޮއް ތިބުނީ...މާލޭން ކަޅުބާޒާރުން ގަނެލުންފަދަ ކަމެއްމީ..ވެރިޔާ ހެޑްލައިނެއްހަދާލައިފިއެއްނޯން..
ދެއުޅި
12 May 2025
މިދާ ވަރުން ދާ ނަމަ މި ދައުރު ނިމޭއިރު 2008 ގައި ވެރިކަން ނިމުނުއިރު ބޭންކު އޮތް ހާލަތަށް ބޭންކު ވައްޓާލާނެއެވެ. މިގޮތަށް ދޫކޮށްލައިގެން ސެންޓްރަލް ބޭންކު އޮވެގެން ނުވާނެއެވެ. ޑިޕޮސިޓަރުންގެ ފައިސާ ހިމާޔަތްކޮށްދިނުމަކީ ސެންޓްރަލް ބޭންކުގެ ޒިންމާއެކެވެ.
އެކްސްް
12 May 2025
މިކަން މިގޮތަށް ކުރުމުން ގައުމުގެ އިގުތިސާދަށް ކުރަނީ ކޮން ފައިދާއެއްބާ؟
ދޮހޮއްތުބެ
12 May 2025
ޝުކްރަން..
ސަރީރާ
12 May 2025
ބަލަ ހައްޖަކީ ޖާނާ މާލުން ވާ ގުރުބާނީ އެކޭ. އެމީހުންގެ ގުރުބާނީ ބޮޑުވިވަރަކަށް ގިނަ ދަރުމަ ލިބޭނެ. އެހެން ބޭނުންޖެހިފައި ތިބި ބަޔަކަށް ތި ޑޮލަރުކޮޅު ލިބޭނެގޮތް ހަމަޖައްސައިދިނިއްޔާ މާ ރަގަޅުވާނެ
ެއީ-ރައްޔިތުމީހާ
12 May 2025
ރައްތިޔުންގެ ބޮޑުހިއްސާއެއް އޮތް ވިޔަފާރި ކުންފުންޏަކުން (ބޭންކުން)، ތަނުގެ ވިޔަފާރިއަށް ބެލުމެއްނެތި ރައީސް ވިދާޅުވީމާ ކޮންމެ ކަމެއް ކުރާ އުޞޫލުން ކަންކުރީމާ ގޯސް. ހައްޖުވެރިންނަށް ޑޮލަރު ބޭނުންވާނެކަން އެނގެންވާނީ ރައީސްމީހާ ބުނީމަ އެއްނޫން. ލައްކައިން މުސާރަދީފަ ބޭންކުގެ ވަޒީފާގަ ތިބި އެތަނުގެ ވެރިން މިއަށްވުރެ ޒިންމާދާރުވާން ޖެހޭ. ބޭންކަށް ކަސްޓަމަރުން ކުރާ އިތުބާރު އިތުރުކުރަންޖެހިފައޮތް ވަގުތެއްގަ މިފެންނަނީ މިވަރު ކަމެއްގަވެސް އަޅުވެތިކަން
ހަކީމް
12 May 2025
ކެއުން، ހުރުން، ޓްރާންސްޕޯޓް ފުރުމުގެ ކުރިން ދަށްކާދަ އޮންނައިރު 2000 ޑޮލަރު މީ ބާޒާރު ކުރަންދޭ އެއްޗެއްތަ؟
ސިލްމާ ޒާހިރު
12 May 2025
އަސްލު ބޮޑުވީ 250 ޑޮލަރު. ދެން 1،750 ޑޮލަރުގެ ލިމިޓް ދިން އިރު ވެސް ގިނަ ޙައްޖާޖީން އެވަރަކަށް މުދަލެއް ނުގަނޭ!