ފިހާރައެއްގެ ރެކެއްގައި ޕްރިންގަލްސް ދަޅުތަކެއް ބަހައްޓާފައި -- ފޮޓޯ: ވީބީ
15 މެއި 2025 - 10:11
މުޅި ދުނިޔޭގައި ވެސް މަޝްހޫރު ޗިޕްސް ބްރޭންޑް، ޕްރިންގްލަސްގެ ހާއްސަ ޕްރޮމޯޝަނެއް "ކްރަންޗް އެންޑް ފްލައި" ގެ ނަމުގައި ވީބީ އިން ފަށައިފި އެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ޕްރިންގްލްސް ބްރޭންޑުގެ ޗިޕްސް ދަޅުގައި އިންނަ ކިއު އާރު ކޯޑު ސްކޭންކޮށް، ފޯނު ނަންބަރު އެންޓާކޮށްގެންވެ.
ޕްރޮމޯޝަންގައި ބައިވެރިވާ ކަސްޓަމަރުންގެ ތެރެއިން އެއް ވަނައަށް ހޮވޭ ފަރާތަކަށް ދެ މީހެއްގެ އުމްރާ ދަތުރު ލިބޭނެ އެވެ. އަދި ދެވަނައަށް ހޮވޭ ފަރާތަކަށް ތުރުކީއަށް ދާން ދެ ޓިކެޓް ލިބޭނެ އެވެ. އަދި ތިން ވަނަ އަށް ހޮވޭ ފަރާތަކަށް ތައިލެންޑްގެ ދެ ޓިކެޓް ލިބޭނެ އެވެ.
މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ދުވަހަކު އެއް ނަސީބުވެރިއަކަށް 1،000ރ. ގެ ފައިސާގެ އިނާމެއް ވެސް ލިބޭނެ އެވެ.
ޕްރިންގަލްސް ޕްރޮމޯޝަންގެ ޕޯސްޓަރެއް
މިއަދު ފަށާ އެ ޕްރޮމޯޝަން އަންނަ އޯގަސްޓްގެ 15 އަށް ކުރިއަށް ދާނެ އެވެ. ވީބީން ވަނީ ޕްރިންގަލްސްގެ ހާއްސަ ޕްރޮމޯޝަނެއް މިދިޔަ އަހަރުގެ ފަހުކޮޅު ވެސް ކުރިއަށް ގެންގޮސްފަ އެވެ. އެ ޕްރޮމޯޝަނަށް ވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެފިހާރައިން ބުންޏެވެ.
ޕްރިންގަލްސްގެ އިތުރުން ރާއްޖޭގައި ވިއްކާ މަޝްހޫރު ގިނަ ބްރޭންޑްތަކެއްގެ އޮތަރައިޑް ޑިސްޓްރިބިއުޓަރަކީ ވީބީ ބްރަދާސް އެވެ. އޭގެ ތެރޭގައި ކެލޯގްސް އާއި މާސް އާއި ޖޯންސަން އެންޑް ޖޯންސަން އާއި ލޯރެއަލް އާއި އަލްމުދިޝް ފަދަ ބްރޭންޑްތައް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy