ވިޔަފާރި / އައި ކެއާ އޮޕްޓިކަލްސް

ދަރިފުޅަށް އައިނު ހެއްދުމުގައި ވިސްނަންވީ ކަންތައްތައް

އައިކެއާގެ ފިހާރައެއްގައި ހުރި ކުޑަކުދިންގެ އައިނުތަކެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

01 ޖުލައި 2025 - 10:40

ދަރިފުޅުގެ ލޮލުގެ މައްސަލައެއް ކުރިމަތިވެ, ލޮލުގެ ފެނުމުގައި ދަތިތަކެއް ހުރި ނަމަ އެ މައްސަލައަށް ވީ އެންމެ ރަނގަޅު ހައްލެއް ހޯދައި ދިނުމަކީ މައިންބަފައިން ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމެކެވެ. އެ ފަދަ ހާލަތެއްގައި ދަރިފުޅަށް އެންމެ ރަނގަޅު އައިނު ހޯދުމުގައި އެންމެ އުނދަގޫ އެއް ކަމަކަށް ވާނީ ގިނަ އޮޕްޝަންތަކެއް ހުރުމުން ހިޔާރުކުރަންވީ އެންމެ ރަނގަޅު އައިނު ނޭނގުމެވެ. ދާދި ފަހުން ތައާރަފްވި ވިސްތާ ނެނޯ ބްރޭންޑާއި އެކު މިކަން މި ވަނީ އިތުރަށް ފަސޭހަވެފަ އެވެ. މި ކިޔައި ދެނީ ދަރިފުޅަށް އައިނު ހޯދައި ދިނުމުގައި ހަނދާނުގައި ބަހައްޓަންވީ ބައެއް ކަންކަމެވެ. މިއީ ދަރިފުޅުގެ ފެނުމަށް ބޭނުންވާ ކަންތައްތަކުގެ އިތުރުން ދަރިފުޅުގެ އެކްޓިވް ލައިފްސްޓައިލާ ގުޅޭ ގޮތަށް އައިނެއް ހޯދުމުގެ އެހީތެރިއެކެވެ.

ކުޑަކުދިންނަށް ހާއްސަ އައިނު ފްރޭމް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ލޮލުގެ ފެނުމަކީ ކޮންމެ ކުއްޖެއްގެ ވެސް ހެދި ބޮޑުވުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. މިއީ ކްލާސްރޫމުގައި ކިޔެވުމުން ފެށިގެން ކުޅިވަރާއި މަޖަލުގެ ތެރެއިން އެކި ކަންތައްތައް ދަސްކުރުމުގައި ވެސް ވަރަށް ބޮޑު ދައުރެއް އަދާ ކުރާ ކަމެކެވެ. ކުޑަކުދިން ލޮލުގެ މައްސަލައެއް ޖެހި އައިނު އަޅަން ޖެހުމުން އެ އައިނަކީ ރަނގަޅަށް ފިޓް ނުވާ އެއްޗެއް ނަމަ އޭގެ ސަބަބުން އެކި އުނދަގޫތަކާއި ކުރިމަތިވާނެ އެވެ. އާއްމުކޮށް އައިނު އަޅަން ދެކޮޅު ހެދުމާއި އައިނު ހަލާކުވެ އަބަދު ހައްދަން ޖެހުމަކީ ވެސް ކުރިމަތިވެދާނެ ކަމެކެވެ. ކުޑަކުދިންނަށް ހައްދާ އެންމެ ރަނގަޅު އައިނަކީ ގިނަދުވަސްތަކެއް ވަންދެން ބޭނުން ކުރެވޭނެ ޑިއުރަބަލް އައިނަކަށް ވާން ޖެހެ އެވެ. އަދި އެ އައިނަކީ އަޅައިގެން އުޅެން ފަސޭހަ, ޒަމާނަށް ފެތޭ ސްޓައިލިޝް އައިނަކަށް ވާން ވާނެ އެވެ.

ކުޑަކުދިންނަކީ އާއްމު ދިރިއުޅުމުގައި ވަރަށް އެކްޓިވް ބައެކެވެ. ދުވެ ފުންމާ އުޅުމަކީ ގިނަ ކުދިންގެ އާދަ އެވެ. ކުޑަކުދިންނަށް ހައްސާ އައިނަކީ މި ފަދަ އެކްޓިވް ލައިފްސްޓައިލަކާ ގުޅޭ އައިނަކަށްވުން މުހިންމެވެ. ވިސްތާ ނޭނޯ ބްރޭންޑުގެ ފްރޭމްތަކަކީ ސިލިފްލެކްސް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ފްރޭމްތަކެކެވެ. ސިލިފްލެކްސް އަކީ ލުއި އަދި ފްލެކްސިބަލް އަދި ހަލާކުނުވާނެ މެޓީރިއަލްއެކެވެ. މިއީ އައިނު އެކި ގޮތްގޮތަށް ލެނބިއަސް ހަލާކު ނުވާނެ މެޓީރަލއަކެވެ. އަދި އޮޅިގެން ވެއްޓުނަސް މި މެޓީރިއަލް ހަލާކެއް ނުވާނެ އެވެ. މިއީ އައިނު ހަލާކުވެ އަބަދު ހަދަން ޖެހުމަށް އޮތް ރަނގަޅު ހައްލެކެވެ.

އައިކެއާއިން ވިއްކާ ވިސްތާ ނެނޯ ބްރޭންޑުގެ އައިނެއް. މިއީ ލެންބިއަސް ހަލާކުނުވާ އައިނެއް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އައިނަކީ ގިނަ އިރު އަޅައިގެން އުޅެން ޖެހޭ އެއްޗަކަށްވުމުން, އައިނެއް ހައްދާއިރު އެ އައިނަކީ ހެޔޮވަރު އަދި ފަސޭހަ މެޓީރިއަލްއެއްގެ އައިނެއްތޯ ދެނެގަތުން މުހިންމެވެ. ވިސްތާ ނެނޯ ބްރޭންޑުގެ އައިނުތަކަކީ މަޑު, ފަސޭހަ މެޓީރިއަލްއަކުން ތައްޔާރުކޮށްފައިވާ އައިނެކެވެ. މި އައިނު ފަސޭހައިން ވެއްޓުނަ ނުދީ ހިފަހެއްޓުމަށް ނޮން ސްލިޕް ރަބާ ބްރިޖުގެ އިތުރުން އެޖަސްޓު ކުރެވޭ ހެޑް ބޭންޑު ހުރެ އެވެ.

ބައެއް ފަހަރު އައިނު އަޅަން ޖެހުމަކީ ކުދިން ދެކޮޅު ހަދާ ކަމެކެވެ. އައިނު ހައްދާއިރު, އެ އައިނަކީ އެ ކުއްޖެއްގެ ޕާސަނާލިޓީއާ ގުޅޭ އައިނެއް ނަމަ އައިނު އެޅުމުގެ ޝަކުވާ ކުޑަވާނެ އެވެ. ވިސްތާ ނެނޯ ބްރޭންޑުގައި ގަދަ ކުލަތަކުން ފެށިގެން މަޑު ކުލަތަކުގެ އެންމެ ފަހުގެ ރީތި, ތަފާތު ދުނިގަނޑުތައް ހުރެ އެވެ.

އައިނު ހެއްދުމުގައި އެ އައިނުގެ މެޓީރިއަލް އަކީ ދަރިފުޅަށް ރައްކާތެރި އެއްޗެއްތޯ ޔަގީން ކުރުން މުހިންމެވެ. ވިސްތާ ނެނޯ ބްރޭންޑުގެ ފްރޭމްތަކަކީ ހައިޕޯއެލާޖެނިކް, ނޮން ޓޮކްސިކް އަދި ބީޕީއޭ ފްރީ މެޓީރިއަލް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ފްރޭމަށްވުމުން މިއީ ކުޑަކުދިންނަށް ރައްކާތެރި ބްރޭންޑެކެވެ.

ދަރިފުޅަށް އައިނު ހެއްދުމުގައި މުހިންމު ގިނަ ސިފަތަކެއް ހިމެނޭ ވިސްތާ ނެނޯ ބްރޭންޑުގެ އައިނު އައިކެއާގެ މާލެ އާއި އަތޮޅުތެރޭގެ ހުރިހާ ފިހާރައަކުން ލިބޭނެ އެވެ.

ނޯޓު: މިއޯ އައިކެއާގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454