17 ޖުލައި 2025 - 16:11
ދިރާގުން ސެމްސަންގް ގެލެކްސީ S25 އަލްޓްރާ ފޯނު ގަންނަ ކަސްޓަމަރުންނަށް، ތިން މަސް ދުވަހުގެ ނެޓްފްލިކްސް ސަބްސްކްރިޕްޝަން ކްރެޑިޓް ލިބޭ ޕްރޮމޯޝަނެއް ތައާރަފުކޮށްފި އެވެ.
އެ ކުންފުނިން ބުނީ މި ހާއްސަ ޕްރޮމޯޝަނަކީ ދިރާގު ކަސްޓަމަރުންނާ ހަމައަށް އެންމެ ފަހުގެ ޓެކްނޮލޮޖީ އާއި މުނިފޫހިފިލުވުމުގެ ހިދުމަތްތައް ފޯރުކޮށްދޭން ދިރާގުން ހުޅުވާލާފައިވާ ފުރުސަތެއް ކަމަށެވެ. މި އޮފާގެ ދަށުން މި ފޯނު ގަންނަ ފުރަތަމަ 30 ކަސްޓަމަރުންނަށް 3 މަހަށް ހިލޭ ބޭނުންކޮށްލެވޭ ނެޓްފްލިކްސް ސަބްސްކްރިޕްޝަން (ޔޫއެސްއޭ) ކްރެޑިޓް ވައުޗަރު ލިބޭނެ އެވެ.
ސެމްސަންގް ގެލެކްސީ S25 އަލްޓްރާ ފަރުމާކޮށްފައި ވަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ އާއި ފީޗާތައް އެކުލެވޭ ގޮތަށެވެ. މި ފޯނުގައި ހަރުކޮށްފައިވާ އެޑްވާންސްޑް ސްނެޕްޑްރެގަން 8 އެލީޓް ފޯ ގެލެކްސީ ޕްރޮސެސަރުގެ ސަބަބުން، އަވަސް ސްޕީޑާއި އާޓިފިޝަލް އިންޓެލިޖެންސްގެ ހިދުމަތްތައް ލިބެ އެވެ. މީގެ އިތުރުން، 6.9 އިންޗީގެ ޑައިނަމިކް އެ މޮލެޑް 2އެކްސް ޑިސްޕްލޭ އިން ސާފު އަދި ކުލަގަދަ ކުއަޑް އެޗްޑީ+ ވިޝުއަލްސް ފޯރުކޮށްދެ އެވެ. އަދި މި ޑިވައިސްގެ ކެމެރާ ސިސްޓަމުން ޕްރޮފެޝަނަލް ފޮޓޯ އަދި ވީޑިއޯ ނެގެ އެވެ.
މި ފޯން އޯޑަރުކުރުން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގު ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރެވޭނެ އެވެ. ފޯނު އޯޑަރުކުރުމުން ފުރަތަމަ 30 ކަސްޓަމަރުންނަށް ނެޓްފްލިކްސް ސަބްސްކްރިޕްޝަން އީމެއިލް މެދުވެރިކޮށް ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢެޑްމުންޑޯ
18 July 2025
30349.00 ރ ، މަންތްލީކޮށް 4999.00 ރ
ކޮރަލް
17 July 2025
ފޯން ގެ އަގެއް ނެތެވެ.