އާރްސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުބީން -- ފޮޓޯ: އާރްއޭސީއެލް
29 ޖުލައި 2025 - 20:41
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް)ގެ މެނެޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު މުބީން، އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ މަގާމުން އިސްތިއުފާ ދެއްވި އިރު އެ ކުންފުނީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ވެސް އޭނާ މަގާމުގައި ހުންނަވައި ކުރެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.
އޭނާ މަގާމުން އިސްތިއުފާދެއްވާފައިމިވަނީ، އާރްއޭސީއެލް އާއި އެމްއޭސީއެލް އެއްކޮށްލުމުގެ މަސައްކަތްތައް ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
އެކަމާ ގުޅޭ ގޮތުން "މިހާރު" އަށް ދެއްވި އިންޓަވިއުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ، ދެ ކުންފުނި އެއްކޮށްލުމުގެ މަސައްކަތްތައް ނިންމައި، އާރްސީއެލްގެ އެމްއޭސީއެލްގެ ދަށަށް ކުރިއަށް އޮތް ދެ ތިން މަސްތެރޭ ގެނެވޭނެ ކަމަށެވެ. އެކަމުގެ ގިނަ މަސައްކަތްތައް މިވަގުތު ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އާރްސީއެލް އަކީ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން ހިންގާ ކުންފުންޏެކެވެ. ޕީސީބީން އެންމެ ފަހުން އާންމުކޮށްފައި ވަނީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގެ ކުންފުނިތަކުގެ މާލީ ހިސާބުތަކެވެ.
މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓާއާ ހަމައަށް އެ ކުންފުންޏަށް ކެޕިޓަލް އިންޖެކްޝަންގެ ގޮތުގައި ގާތްގަނޑަކަށް 35 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ކުންފުނީގެ ހިންގުން ހަމަޖައްސަން 2023 ވަނަ އަހަރު ކެޕިޓަލް އިންޖެކްޝަންގެ ގޮތުގައި 113 މިލިއަން ރުފިޔާ ހޭދަކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދުރުމީންބެލުން
30 July 2025
މުޖޭ އަށް އެޗްޑީސީ މުބީން އަށް ވެމްކޯ އެކަންވަނީ ހަމަޖެހިފަ
ދިއްދޫމީހާ
30 July 2025
އޯކޭ މިހަފްތާގައި ތިޔަ މުބީން އައްޔަން ކުރާނީ މިނިސްޓަރު ފެންވަރުގައި ސަފީރު ފެންވަރުގައި ޑޮކްޓަރުންގެ ފެންވަރުގައި ނަރުހުންގެ ފެންވަރުގައި ދެން ދުނިޔޭގައި ލެއްވިހާ ފެންވަރުގައި ކޮންމެވެސްތާކަށް..
އަބދު
30 July 2025
ވެމްކޯ އަށް ކަމަށް ބެލެވެނީ
ހެޔޮ މަށަށް
29 July 2025
ދެން މަށަށް ކީއް؟
އަނެއްކާ
29 July 2025
މިނިސްޓަރު ފެންވަރުގެ މަގާމެއް ލިބުނީ؟
ޯތޯހިރު
29 July 2025
ހިންގައިފަ ހުރި ކޮރަޕްސަންތަށް، އިސްތިއުފާއާއި އެކު ފޮހޮވިގެން ދާ ތަނެއް ތީ. ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އަކީ ބިލިއަނުން ޖަރީމާ ހިންގައިފަ އޮތް ކޮރަޕްސަންގެ ހާއްޔެއް. މިދިޔަ ސަރުކާރުގަވެސް އަދި މި ސަރުކާރުގަވެސް.