06 އޮކްޓޯބަރ 2025 - 16:03
ރާއްޖޭގެ ތައުލީމީ ވައްޓަފާޅި ބަދަލުކޮށް, ދަރިވަރުންނަށް ބޭނުންވާ ތައުލީމީ އެހީތެރިކަން އޮންލައިންކޮށް ފޯރުކޮށްދިނުމަށް "ލިމިޓްލެސް ލާނިން"ގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއް ލޯންޗުކޮށްފި އެވެ.
މިއީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ދަރިވަރުންން ރާއްޖޭގެ އެންމެ ތަޖުރިބާކާރު ޓީޗަރުންނާއި އެޑިއުކޭޓަރުންނާއި ގުޅުވައިދޭނެ ޕްލެޓްފޯމެކެވެ. އެކި މާއްދާތަކުން ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް, ޓިއުޝަން ދޭ މި ޕްލެޓްފޯމުގައި ގްރޭޑު 6 އިން 12 އަށް ހުރިހާ މާއްދާތަކެއް ކިޔެވޭނެ އެވެ.
"ލިމިޓްލެސް ލާނިން"ގެ ސީއީއޯ ޝައިހާ އަލީ ވިދާޅުވީ މިއީ ކޮންމެ ދަރިވަރަކު ވެސް ޝައުގުވެރިވާ މާއްދާއެއް "ބިގިނާ"އެއްގެ ގޮތުގައި ފަށައި, އެ މާއްދާއެއް އިތުރަށް ފުރިހަމައަށް ދަސްކުރަން ފުރުސަތު ލިބޭނެ ޕްލެޓްފޯމެއް ކަމަށެވެ. އަދި އިލްމަކީ ހަމައެކަނި ސްކޫލުން ހޯދޭނެ ތައުލީމު ނޫން ކަމަށާއި އަމާޒަކީ އިލްމު ހޯދޭނެ އާ ދޮރެއް ހުޅުވައި ދިނުން ކަމަށް ވިދާޅުވި އެވެ.
"ލިމިޓްލެސް ލާނިން"ގެ ކްލާސްތައް ފަށާފައި ވަނީ ކޮންމެ މާއްދާއަކުން ވެސް އެ މާއްދާއެއްގެ ތަޖުރިބާކާރު ޓީޗަރުންނާ އެކު އެވެ. މި ޕްލެޓްފޯމުގައި ހިމެނޭ ޓީޗަރުންގެ ތެރޭގައި ޒަމާނާ ފެތޭ ގޮތަށް ދިވެހި ކިޔވައިދޭން ފެށި ޓީޗަރު އަލީ ރައުފަތު ސާދިގު އާއި އެސްއެސްސީ ގްރޫޕުގެ ލީޑަރު އަދި ގިނަ ބަޔަކު ބަލައިގެންފައިވާ އިސްލާމް ޓީޗަރު ތައުފީގް އަލީ ފަދަ ޓީޗަރުން ހިމެނެ އެވެ. މި ޕްލެޓްފޯމުގައި އޮންލައިންކޮށް ކިޔަވައިދިނުމުގެ ތަޖުރިބާއާ އެކު, ކްލާސްތައް ނަގައިދޭ އިތުރު ޓީޗަރުންގެ ތެރޭގައި ފާތިމަތު އަޒްލިފާ, މުހައްމަދު ހުމައިދު, އައިޝަތު މަލާހާ, މަރިޔަމް މިޒްރާ, މޫސާ މިޖާދު, އަބްދުﷲ އަތީގު, ރެޖިނަލްޑް ވިލްސަން, ޝުހުދާ އަބްދުއްލަތީފް, ލަމްހާ އަލީ, މަރިޔަމް ޖުމާނާ އަދި އައިޝަތު ޝަފީގު ހިމެނެ އެވެ.
"ލިމިޓްލެސް ލާނިން"ގައި ޓީޗަރުންގެ އިތުރުން އެކި ދާއިރާތަކުގައި މަސައްކަތްކުރާ ކިޔަވައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް, އެ ޕްލެޓްފޯމުގައި ކިޔަވައި ދިނުމުގެ ފުރުސަތު ލިބޭނެ އެވެ.
ޝައިހާ ވިދާޅުވީ އެ ޕްލެޓްފޯމުގެ އަމާޒަކީ ދަރިވަރުން ހިތުދަސްކުރުމުގެ އުސޫލުން ބޭރުން, އެކުދިން ކުރިއަށް ދާން ބޭނުންވާ އެކި ދާއިރާރަކަށް ބޭނުންވާ އިލްމާއި މައުލޫމާތު އެ ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން ފޯރުކޮށްދިނުން ކަމަށެވެ. އަދި "ލިމިޓްލެސް ލާނިން" އަކީ ދަރިވަރުން ސްކޫލް ތައުލީމު ނިންމައި ކެރިއާ ބިނާކޮށް ކުރިއަށް ދިއުމަށް އެޅޭނެ މުހިންމު ބިންގަލެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.
"ލިމިޓްލެސް ލާނިން"ގެ އެންރޯލްމަންޓަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ. މި ޕްލެޓްފޯމަށް މި މަހު ރެޖިސްޓްރޭޝަން ފީއެއް ދައްކާކަށް ނުޖެހޭނެ އެވެ. މި ޕްލެޓްފޯމަށް https://www.limitlesslearning.mv/ އިން ވަދެވޭނެ އެވެ.
މި ޕްލެޓްފޯމާ ގުޅެން ބޭނުންވާ އެކި ދާއިރާތަކުގެ ފަންނީ މާހިރުންނާއި ޓީޗަރުންނަށް [email protected] އީމެއިލް ކޮށް, އިންޓަވިއުއަށް ރިކުއެސްޓުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދިވެހި ކޭމްބްރިޖް
07 October 2025
ހިސާބުވެސް ދިވެހިބަހުން، ކެމިސްޓްރީވެސް ތާނައިންދޯ
ކުރެދި
06 October 2025
އެއްވެސް މީހަކު ޖޭނުވެ ކުރާ މަސަތްކަތް ބަލައިގަތުން އެދެން. ކަމެއް ފަށާއިރު އެންމެ ފުރިހަމައެއް ނުވާނެ ، މިއީ ވ.ރަނގަޅު އިނީޝިއޭޓިވެ އެއް. ފޯކަސް ގެއްލުވާނުލާ ކުރިއަށް ދާނެ ކަމަށް އުއްމީދުކުރަން. އެހެންނޫނީ އިންޑިޔާގެ ބައިޖޫސ އަށްވީހެން ވާނީ ...
އަޖާއިބުގެ ޖަވާބު
06 October 2025
ތިޔަ ޓީޗަރުން ސުކޫލުތަކުގައި ކިޔަވައިދީގެން ވެސް ދިވެހި ފެންވަރު ވަނީ ދަށް. އެހެންވީމަ އަދި އޮންލައިންކޮށް ތިކަން ކުރާނީ ކިހިނެއް؟ ތިތާކު ނެތް ވަކި ފެންވަރު ރަނގަޅު ޓީޗަރުންނެއް