އަހަރީ އާންމު ޖަލްސާގައި މެނޭޖިން ޑިރެކްޓަރު ޝިމާދު ވާހަކަދައްކަވަނީ -- ފޮޓޯ: އެސްޓީއޯ
30 އޮކްޓޯބަރ 2025 - 14:28
މިއަހަރުގެ ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް ފައިދާގެ ގޮތުގައި 186 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެ ކުންފުނީގެ ތިން ވަނަ ކުއާޓާގެ މާލީ ހިސާބުތަކުން ދައްކާ ގޮތުން، އެ ކުއާޓާގައި އެ ކުންފުންޏަށް 3.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. އެއީ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާއަށް ވުރެ 259 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މިއީ މިދިޔަ 15 މަސް ތެރޭ އެންމެ ބޮޑު ފައިދާއެއް އެ ކުންފުންޏަށް ލިބުނު ކުއާޓާ އެވެ. މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާގައި ލިބުނީ 156 މިލިއަން ރުފިޔާ އެވެ. އަދި މިއަހަރުގެ ދެވަނަ ކުއާޓާގައި ފައިދާގެ ގޮތުގައި ލިބުނީ 163 މިލިއަން ރުފިޔާ އެވެ.
ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ތެލުގެ ވިޔަފާރި ރަނގަޅުވެ، ވިކުނު ތެލުގެ އަދަދު އިތުރުވެފައިވުން ކަމަށް އެސްޓީއޯއިން ބުންޏެވެ. އެ ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ ވެސް ވަނީ 8 ޕަސެންޓް އިތުރުވެފަ އެވެ.
ތިން ވަނަ ކުއާޓާގައި ވިއްކުމާއި މާކެޓް ކުރުމުގެ ހަރަދުން ލީސް އެޖަސްޓްކުރުމަށް ފަހު ހިންގުމާއި ފައިނޭންސް ކުރުމުގެ ހަރަދު ވަނީ ރީކްލެސިފައި ކުރެވިފަ އެވެ. އެއާ އެކު ޖުމްލަ ހިންގުމުގެ ހަރަދު ވަނީ 367 މިލިއަންއިން 358 މިލިއަން ރުފިޔާއަށް ދަށްކުރެވިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަނުގ
02 November 2025
މި ޒާތުގެ ކުންފުނިތަކުގެ ކޮރަޕްސަން ބޮޑުކަމުން ތެޔްކޮޅުވެސް މި އަޅަން ޖެހެނީ ބޮޑު އަގުގަ
އެމްސް
31 October 2025
ދެންވެސް ޕެޓްރޯލުގެއަގު ހެޔޮކުރާކަށް ނުވޭބާއެވެ؟
އޮނަރަބްލް އަފީފު ދީދީ
30 October 2025
ދައުލަތާއި ރައްޔަތް ޙިއްސާވާ ކުންފުނިތަކުގެ ތެރެއިން STO އާއި BML ގެ ޙިއްސާ ގަންނަން ބޭނުން ދިވެހިން ވަރަށް ގިނަ. އާންމުކޮށް ހުޅުވާލައިގެން މި ދެކުންފުނީގެ ޙިއްސާވނުވިއްކާތާ 30 އަހަރު ވެއްޖެ. އެހެން ކަމުން އެއްވެސް ފަރާތަކަށް (މިހާރު ކުންފުނީގައި ބޮޑު އަދަދެއްގެ ޙިއްސާ އޮތް ފަރާތް ތަކާއި، ބޮޑެތި މަހުޖަނުން އަދި ވާދަވެރި ވިޔަފާރި ކުންފުނި ތަކަށް) ނާޖާއިޒު ފައިދާ ނުނެގޭނެ ގޮތަކަށް ސަރުކާރު ޙިއްސާތަކުން ބައެއް ވިއްކަން ހުޅުވާލުން ވަރަށް ރަގަޅު ވާނެ.
އޮނަރަބްލް އަފީފު ދީދީ
30 October 2025
މަތީގައިދެންނެވިގޮތަށް BML އާއި STO ގެ ސަރުކާރު ޙިއްސާގެތެރެއިން ވަކިވަރެއް ކޮންމެ އަހަރަކުވެސް ވިއްކަން ކަޑައަޅާ މިކުންފުނިތަކުގެތެރެއިން ކުންފުންޏެއްގައި 100 ޙިއްސާނެތް (މިހާރު ޙިއްސާ ގަނެފައިވާ މީހުންގެތެރެއިން 100 ޙިއްސާ ނެތްމީހުނަށް ސަތޭކަ ޙިއްސާ ހަމަކުރަން ފުރުސަތު ދޭންވާނެ) ކޮންމެ ދިވެހިފަރުދަކަށް ޙިއްސާގަތުމަށް އާންމުކޮށް ފުރުސަތު ހުޅުވާލައިގެން 5 އަހަރު ވަންދެން ކޮންމެ އަހަރެއްގެ ފުރަތަމަ ކްއާޓަރގައި ޙިއްސާވިއްކުން ރަނގަޅުކަމަށް ދެކެން.
އޮނަރަބްލް އަފީފު ދީދީ
30 October 2025
ދައުލަތުގެ ކުންފުނިތައް ހިންގުން ހަރުދަނާ ކުރުމަށާއި، ވާދަވެރި ވިޔަފާރި ވެއްޓެއްގައި އެހެން ކުންފުނިތަކާއި ވާދަ ކުރުމަށާއި، އަދި ދައުލަތުގެ ކުންފުނިތަކުގެ މައްޗަށް ސަރުކާރު ތަކުގެ ސިޔާސީ ނުފޫޒު ހިންގާތީ، އެކަންކަމުން ސަލާމަތް ވުމަށާއި، ސަރުކާރުން މިފަދަ ވިޔަފާރި ތަކުން ދުރަށް ދިއުމަށްޓަކާ (ދައުލަތުގެ ރަމްޒީ ނުވަތަ މައިނޯރިޓީ ޙިއްސާއެއް އޮތުން އެންމެ ރަނގަޅު) ވެސް މިކަން މިގޮތަށް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ދެކެން.