31 އޮކްޓޯބަރ 2025 - 13:31
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ކެޕިޓަލް ހަރަދުގެ ތެރެއިން ބިން ހިއްކުމާއި އިމާރާތް ކުރުމަށް 3.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އަންނަ އަހަރުގެ ބަޖެޓުގެ ހިސާބުތައް ދައްކާ ގޮތުން ޕްރޮޖެކްޓްތަކާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ވަނީ 9.3 ބިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ. އެއީ ޖުމްލަ ބަޖެޓުގެ 14 ޕަސެންޓެވެ. އަންނަ އަހަރަށް ލަފާކޮށްފައިވަނީ 64.3 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ބިން ހިއްކުމާއި އިމާރާތް ކުރުމުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރަނީ އާންމު ބޭނުންތަކަށް އަޅާ އިމާރަތްތަކަށެވެ. އެފަދަ މަޝްރޫއުތަކަށް 2.3 ބިލިއަން ރުފިޔާ ހޭދަކުރެ އެވެ. މީހުން ދިރިއުޅެން އަޅާ އިމާރާތްތަކަށް 1.3 ބިލިއަން ރުފިޔާ ހޭދަ ކުރެ އެވެ. އެ ބަޖެޓުން ދެން ހޭދަކުރަނީ ބިން ހިއްކައި ބިން ގަތުމަށެވެ. އެފަދަ މަޝްރޫއުތަކަށް 277 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.
ކެޕިޓަލް ހަރަދުގެ ތެރެއިން ޕީއެސްއައިޕީ މަޝްރޫއުތަކުގެ ވަކި ވަކި ތަފްސީލުތަކެއް މިއަހަރުގެ ބަޖެޓުގައި ވެސް ނެތެވެ. ހަމައެކަނި ހާމަކޮށްފައިވަނީ މަޝްރޫއުތަކަށް ކުރާ ހޭދަތަކަށް ޖުމްލަކޮށް ހިނގާނެ ހަރަދުތަކެވެ.
ބިން ހިއްކުމާއި އިމާރާތް ކުރުމުގެ އިތުރުން އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށް 4.3 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އިންސްފްރާސްޓްރަކްޗާ މަޝްރޫއުތަކުގެ އެންމެ ބޮޑު ހޭދައެއް ކުރަނީ މަގު ހެދުމާއި ބްރިޖް އެޅުމަށެވެ. އެފަދަ މަޝްރޫއުތަކަށް 1.3 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
ކެޕިޓަލް ހަރަދުގެ ތެރޭގައި އަހަރުގެ ކޮންޓިންޖެންސީ ނުވަތަ ކުއްލި ހާލަތްތަކާއި ހާއްސަ ހާލަތްތަކުގައި ބޭނުން ކުރަން ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދު ވެސް ހިމަނާފައިވެ އެވެ. އާންމު ގޮތެއްގައި ބަޖެޓުގެ ކޮންޓިންޖެސީ އަދަދު ހިމަނަނީ އާންމު ހަރަދުތަކުގެ ބޭރުންނެވެ. އެކަމަކު އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އެ ހަރަދު ވެސް ހިމަނާފައިވަނީ ކެޕިޓަލް ހަރަދުގެ ތެރޭގަ އެވެ. އަންނަ އަހަރުގެ ބަޖެޓުގައި ކޮންޓިންޖެންސީ ބަޖެޓުގެ ގޮތުގައި 400 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
އޮފީސް ހިންގުމަށް ބޭނުންވާ ހަރުމުދާ ގަތުމަށް ކުރާ ހޭދައިގެ ގޮތުގައި ވެސް 780 މިލިއަން ރުފިޔާ ކެޕިޓަލް ހަރަދުގެ ބަޖެޓުން ހޭދަކުރަން ހިމަނާފައިވެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ކެޕިޓަލް ހަރަދުގެ ތެރޭގައި ކޮންޓިންޖެންސީ ބަޖެޓާއި އޮފީސް ހިންގުމަށް ބޭނުންވާ ހަރުމުދާ ގަތުމަށް ކަނޑައަޅާފައިވާ އަދަދު ނުހިމަނާ މަޝްރޫއުތަކަށް އެކަނި ކަނޑައަޅާފައިވަނީ 8.1 ބިލިއަން ރުފިޔާ އެވެ. އެހެންވެ، ތަރައްގީގެ މަޝްރޫއުތަކަށް އަންނަ އަހަރުގެ ބަޖެޓުން ހޭދަކުރަނީ ޖުމްލަ ބަޖެޓުގެ 13 ޕަސެންޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިސްޓަރ ވާން
01 November 2025
ނިކަން ބުނެދީ ބަލަ މިހިނގާ 2025 ވަނައަހަރު 56 ބިލިއަން ޙަރަދުކުރިގޮތް ޕްރޮޖެކްޓް ނަން ކިޔާފަ. ނުބުނެވޭނެ. 56 ބިލއަނަށް ކުރި ޚަރަދު އޮށްބާލަން މިފަހަރު ޕްރޮޖެކްޓްގެ ނަން ކިޔާ ގެން މި ގޭމް މިޖައްސަނީ........
ސަރަނގު
01 November 2025
މިދިޔަ އަހަރުގެ ބަޖެޓަކީ ބޯހިޔާވަހި ކަމުގެ ބަޖެޓޭ ކިޔާ، އަދި ކުރެވުނު ކަމެއް ނެތް
އޮޅުވާލި
31 October 2025
ވެރިކަމަށް އައީ އިބޫ ސާލިޙު ސަރުކާރުގެ ފްލެޓް ސްކީމްތަކަށް ކުރިމަތި ލި އެންމެނަށް ފްލެޓް ދޭނަމޭ ކިޔައި ވަޢުދު ވެގެން. ވެރިކަމަށް 2 އަހަރު ވެ ނިމިގެންދިޔައިރު އެންމެ ގާ ކޮޅެއް ވެސް ނުބެހެއްޓޭ. ތިންވަނަ އަހަރުގެ ބަޖެޓަކުން ވެސް އެއްވެސް އުއްމީދެއް ނުފެނޭ.
އިންްޓްރޯ
31 October 2025
އިމާރާތް ކުރުމުގެ ދާއިރާ މާލެ ސަރަހައްދުގައި އެބަޖެހޭ ކޮޕީ ޕޭސްޓް ނުކޮށް ކްރިއޭޓިވް އުސޫލުން އިނޮވޭޓިވް ބައިވާރކް މިއުސޫލުން 3 ކިލޯ މީޓަރު ދިގު 5 ކިލޯ މީޓަރު ފުޅާ މިނުގެ ފުޓް ޕްރިންޓް ހިމެނޭ ޕްލޮޓެއްގައި 1 ހެކްޓަރުގެ ފްލޯރ ސްޕޭސް އެއީ ވަކިން ވިއްކާ ފްލޯރ ސްޕޭސް ކަމަށް ހަދާ 150 ބުރީގެ އިމާރާތެއް ކުރަން އެފަދަ އިމާރާތެއްގައި ލިފްޓް ފީންނެއް ވެސް ހުންނާނެއޭ އެމްއީޕީ ލައިންސް ތަކަށް ކޮންކްރީޓް ސްލެބް ނުތޮރުފާ ގޮތަށޭ ހަދަން ޖެހޭނީ މިވިޔާފާރި
ޢެދުރު
31 October 2025
ޙިނގަމުން މިދާ އަހަރަކީ ހަގީގީމާނައިގައި ބޯހިޔާވެހިކަމަށް ހަރަދު ކުރާނެ ވާހަކަ ވިދާޅުވި ކޮންކަމެއްބާ ވީ
ބަތޫކް
31 October 2025
ފަލާހު ހުއްދަނުދެނިސް ތިކަންވޭތަ؟
ސިސް
31 October 2025
އިބޫވެސް ފުލެޓުދީފަހުރީ މުއްސަނދިންނައް ފުލެޓު ހުރިމީހުންނައް
ސިޔާހު
31 October 2025
ބިލިޔަނުން ހަރަދު ކުރާއިރި ދިވެހިން ބޮޑުކުލީގަ ހަނާވަނީ އަދިވެސް
ރާއްޖެ
31 October 2025
2 އަހަރު ނިމިއްޖެ އަދި އެންމެ ފްލެޓެއް ނުހެދޭ.
ކޮސް
31 October 2025
މިއީ ޖާދޫގެ ބަޖެޓެއް. 5 % ވެސް ނިމުނިއްޔާ ރަނގަޅު. ބަޖެޓު ނެރުނަސް ބޯކޮށް މުޒަހަރާ ބާއްވާނަން.