08 ޑިސެމްބަރ 2025 - 13:43
ދިރާގުން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް "ލިމިޓްލެސް ބޫސްޓާސް" ތައާރަފްކޮށްފި އެވެ.
މިއީ، ކަސްޓަމަރުންނަށް ހަލުވި ސްޕީޑެއްގައި ޑޭޓާ އަންލިމިޓެޑްކޮށް ބޭނުން ކުރުމުގެ ފުރުސަތު ފަހިކޮށްދޭ ބޫސްޓާތަކެކެވެ. އެގޮތުން ތަފާތު ފަސް ބޫސްޓާއެއް ތައާރަފްކޮށްފައި ވާއިރު، އޭގެ ތެރޭގައި އެއް ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ބޭނުން ކުރެވޭ ބޫސްޓާތައް ހިމެނެ އެވެ.
ލިމިޓްލެސް ބޫސްޓާ އެކްޓިވޭޓުކޮށްގެން ސްޓްރީމްކުރުމާއި ގޭމް ކުޅުމާއި މަސައްކަތްކުރުން ފަދަ ޑޭޓާ ބޭނުންވާ އެކި ހިދުމަތްތައް ހަލުވި ސްޕީޑުގައި ފަސޭހައިން ހޯދޭނެ އެވެ. މި ބޫސްޓާތައް ދިރާގުއެޕާއި މައިއެކައުންޓް މެދުވެރިކޮށް އެކްޓިވޭޓުކުރެވޭނެ އެވެ. އަދި ކޮންމެ ބޫސްޓާއެއްގެ އެސްއެމްއެސް ޝޯޓްކޯޑް 343އަށް އެސްއެމްއެސްކޮށްގެން ވެސް އެކްޓިވޭޓުކުރެވޭނެ އެވެ.
ދިރާގުން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ތައާރަފްކުރި "ލިމިޓްލެސް ބޫސްޓާ"ތަކަކީ އެ ކުންފުނިން މާކެޓަށް އަލަށް ތައާރަފްކުރި ހިދުމަތެކެވެ. ދިރާގުން ދަނީ ލިމިޓްލެސް ޕޯސްޓްޕެއިޑް ޕްލޭންތަކާއި، ލިމިޓެއްނެތް ފައިބާގެ ހިދުމަތްތަކާއެކު ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް ހާއްސަކޮށްގެން ހެޔޮ އަގުގައި އަގުހުރި ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކުންފުންޏެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy