10 ޑިސެމްބަރ 2025 - 15:36
ދިރާގުން މި އަހަރަށް ލޯންޗުކުރި "މިނިވަންކަންމަތީ އަބަދަށް" ނަމުގައި ލޯންޗުކުރި ކަލަންޑަރުގެ ޑިސެމްބަރު މަސް ހާއްސަކޮށްފައި ވަނީ ދިވެހި މަސްވެރިކަމަށާއި ދިވެހިންނާއި ކަނޑާ އޮންނަ ގާތް ގުޅުމުގެ މައްޗަށެވެ.
ދިރާގުގެ ކަލަންޑަރުގައި ޑިސެމްބަރު، މަސްވެރިކަން ހާއްސަކޮށްފައިވަނީ މި މަހު ފާހަގަކުރާ މަސްވެރިންގެ ދުވަހާ ގުޅުވައިގެންނެވެ.
މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ދިރާގުން ވަނީ ހާއްސަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.
ދިރާގުން ނެރުނު ވީޑިއޯ.
މި ވީޑިއޯގައި ކަނޑުމަހާއި ދިވެހިންނާ އޮންނަ ގުޅުމާ ބެހޭ ގޮތުން ޝައުގުވެރި މައުލޫމާތުތަކެއް ވަނީ ގެނެސްދީފަ އެވެ. އެ ވީޑިއޯގައި މަސްވެރިކަމުގެ ތާރީހަށް ބަލާލައި، ހަމައެކަނި ފަރުމަހަށް ބަރޯސާނުވެ، މާކަނޑަށް ނުކުމެ އަމިއްލަ އުޅަނދު ފަހަރު ބަނދެ އެންމެ ބާރު ދުވެލީގެ މަހުގެ ބާވަތެއް ކަމުގައިވާ ކަނޑުމަސް ބޭނެން ފެށުނީ ދިވެހި ކާބަފައިންގެ އަޒުމާއި ހިތްވަރުގެ ސަބަބުންކަން ފާހަގަކުރި އެވެ. އަދި ދޮށި އަޅައިގެން ދެމެހެއްޓިނިވި ގޮތެއްގައި ރާއްޖޭގައި ކުރަންމުން އަންނަ މަސްވެރިކަމުގެ ތެރެއިން އާންމުކޮށް ބާނާ އެކި ބާވަތުގެ މަގާ ބެހޭ މައުލޫމާތު ވެސް ހިމަނާފައިވެ އެވެ.
ދިރާގުގެ "މިނިވަންކަން މަތީ އަބަދަށް" 2025ގެ ކަލަންޑަރަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި އެކުލަވާލާފައިވާ ކަލަންޑަރެކެވެ. މި ގޮތުން، މި ކަލަންޑަރުގެ ކޮންމެ މަހެއް ވެސް ހާއްސަކޮށްފައިވަނީ ދިވެހި ސަގާފަތާއި އާދަކާދަތަކާ ގުޅުވާފައިވާ، ގައުމިއްޔަތު ރަމްޒުކޮށްދޭ ނިޝާނަކަށެވެ.
ދިރާގުން އަންނަނީ ދިވެހި ސަގާފަތާއި އާދަކާދަ ދިރުވާ އާލާކުރުމަށް މުހިންމު އިސްކަމެއް ދީގެން މި ފަދަ ކަންކަމަށް އާންމުން ޝައުގުވެރިކުރުމަށް މަސައްކަތްކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy