ވިޔަފާރި / ޕްރޮމޯޝަނަލް ނިއުސް

އަންނަ ދިރާސީ އަހަރު ކެންގަރޫ ކިޑްސްގައި ތުއްތު ކުދިންނަށް އާ ޕްރޮގްރާމެއް

ކެންގަރޫ ކިޑްސްގެ ދަރިވަރުންތަކެއް.

11 ޑިސެމްބަރ 2025 - 13:58

ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ޕްރީސްކޫލްގައި، އަންނަ ދިރާސީ އަހަރަށް 18 މަހާއި 24 މަހުގެ ތުއްތު ކުދިންނަށް އަމާޒުކޮށް، ޓޮޑްލާ ޓްރާންސިޝަން ޕްރޮގްރާމް (ޓީޓީޕީ) ގެ ނަމުގައި އާ ކްލާހެއް ތައާރަފްކޮށްފި އެވެ.

ޓީޓީޕީ އަކީ އިންޑިއާ ފަދަ އެކި ގައުމުތަކުގައި ހުންނަ ކެންގަރޫ ކިޑްސްގެ ސްކޫލްތަކުގައި ހިންގަމުން އަންނަ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމް ރާއްޖޭގައި ހިންގާ ކެންގަރޫ ކިޑްސް ފްރެންޗައިޒްގައި އަލަށް ފަށާއިރު، އެ ސްކޫލްގެ އެހެން ގްރޭޑުތަކެކޭ އެއްފަދައިން އެ ގްރޭޑުގެ ކްލާސްތައް ވެސް އެކި ސެޝަންތަކުގައި ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

ޓީޓީޕީގައި ކިޔަވައިދޭނީ ދެ ގަޑިއިރު އެވެ. މި ޕްރޮގްރާމް ހަތަރު ސެޝަންގައި ކުރިއަށް ގެންދަން ނިންމައި އެ ސްކޫލުން މިހާރު ވަނީ އެޑްމިޝަނަށް ހުޅުވާލައިފަ އެވެ.

ދަރިވަރުންތަކެއް ކެންގަރޫ ކިޑްސްގެ ކްލާސް ރޫމެއްގައި

މި ޕްރޮގުރާމާ ގުޅޭ ގޮތުން ކެންގަރޫ ކިޑްސްގެ ޕްރިންސިޕަލް އައިމިނަތު ތަހްމީނާ ވިދާޅުވީ ޓީޓީޕީ އަކީ މީގެ ކުރިން ވެސް އެ ސްކޫލްގައި ފަށަން ބޭނުންވި ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮގުރާމް ފެށުމަށް ބެލެނިވެރިންގެ ފަރާތުންވެސް ރިކުއެސްޓު ލިބިފައިވާ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި ޕްރޮގުރާމްގެ މަގުސަދަކީ 18 މަހުގެ ތުއްތު ކުދިންނަށް ވެސް، އެ ކުދިންގެ ސްކޫލް މަރުޙަލާގެ ފެށުމުގެ ފުރުސަތު ފަހިކޮށްދީ އެ ކުދިންގެ އުމުރާ ގުޅޭ، އުފާވެރި، ރައްކާތެރި އަދި މަޖާ މާހައުލެއްގެ ތެރެއިން އެކަން ކަށަވަރުކޮށްދިނުން ކަމަށެވެ.

ކެންގަރޫ ކިޑްސްގައި އަލަށް ފަށާ ޕްރޮގްރާމްގައި ވެސް ވަކި ކަރިކިއުލަމެއް އޮންނާނެ ކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ. އަދި އެ ސްކޫލުން މިހާރު އެ ޕްރޮގްރާމަށް ހާއްސަކޮށްފައިވާ ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ޓީޓީޕީ ގްރޭޑް ފެށުމަކީ އެ ސްކޫލަށް ލިބޭ އިތުރު ކުރިއެރުމެއްގެ ގޮތުގައި ތަހްމީނާ ސިފަކުރެއްވި އެވެ.

ކެންގަރޫ ކިޑްސްގެ ޕްރިންސިޕަލް ވިދާޅުވީ ކެންގަރޫ ކިޑްސްގައި ކިޔަވައިދިނުމަށް ބޭނުންކުރާ އެންމެހާ އާލާތްތައް ވެސް ސީދާ ކްލާސްރޫމްގެ ތެރެއިން ލިބެން ހުންނާނެ ކަމަށެވެ. އަދި އެ ސްކޫލުން ބެލެނިވެރިންގެ އަތުން ސްކޫލް މަހު ފީގެ އިތުރަށް އިތުރު ފީއެއް ނުނަގާކަން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ބެލެނިވެރިން އަތުން އިތުރު ފީއަކާ ނުލައި ދެ ސެޓު ޔުނިފޯމް އަދި ފޮތް ސެޓު ކޮންމެ ކުއްޖަކަށް ވެސް ކޮންމެ އަހަރަކު އެއްފަހަރު ލިބޭނެ. އަދި ކްލާހުގައި ބޭނުންކުރާ ހުރިހާ އެއްޗެއް ވެސް ސްކޫލުން ފޯރުކޮށްދޭނެ. ދަރިވަރުން ސްކޫލަށް އަންނަން ޖެހޭނީ ހަމައެކަނި އިންޓަވަލް އަދި ފެންފުޅިއެއް ހިފައިގެން،" އޭނާ ވިދާޅުވި އެވެ.

ކެންގަރޫ ކިޑްސްގެ ފޮތް ސެޓަކީ ސީދާ ކަރިކިއުލަމަށް އަމާޒުކޮށް ހަދާފައިވާ ފޮތް ސެޓަކަށް ވާއިރު، އޭގައި ދިވެހި، އިސްލާމް، އަދި ގުރުއާނަށް ހާއްސަ ފޮތްތައް ވެސް ހިމެނޭކަން ވެސް އެ ސްކޫލްގެ ޕްރިންސިޕަލް ފާހަގަކުރެއްވި އެވެ. އަދި މިއީ އަހަރަކު އެއް ފަހަރު އަޕްގްރޭޑު ކުރެވޭ ފޮތްތަކެއް ކަމަށާއި ސްކޫލްގައި ބޭނުންކުރާ ކޮންމެ ފޮތަކާއި އެއްގޮތަށް ހޯމް އެކްސްޓެންޝަން ފޮތްތަކެއް ވެސް އެ ސްކޫލުން ފޯރުކޮށްދޭ ކަމަށް ވިދާޅުވި އެވެ. އެގޮތުން، އެސްކޭޖީ ލެވެލްގައި ދިވެހި މާއްދާއަށް ވެސް ސްކޫލްގައި ބޭނުންކުރާ ފޮތުގެ އިތުރުން، ހޯމް އެކްސްޓެންޝަން ފޮތެއް ފޯރުކޮށްދޭކަމަށާއި އެއީ ގޭގައި ދަރިވަރުންނަށް އިތުރަށް މަސައްކަތްކޮށްދިނުމަށް ބޭނުންވާ ބެލެނިވެރިންނަށް އެހީއަކަށް ފޯރުކޮށްދޭ ވަސީލަތެއް ކަމަށް ވިދާޅުވި އެވެ.

ކެންގަރޫ ކިޑްސްގައި އަލަށް ފަށާ ޕްރޮގްރާމްގެ އިތުރުން އެ ސްކޫލުގައި ތިން ގަޑިއިރަށް ކިޔަވައިދޭ ޕްލޭސްކޫލް އާއި ނާސަރީ ކްލާސްތައް ތިން ސެޝަނަކަށް ހިންގައެވެ. އަދި ހަތަރު ގަޑިއިރަށް ޖޭކޭޖީ އިތުރުކޮށް، އަންނަ އަހަރު، ޖޭކޭޖީ އަދި އެސްކޭޖީ، ދެ ގްރޭޑް ވެސް ދެ ސެޝަނެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ކެންގަރޫ ކިޑްސްގެ އެކި ގްރޭޑުތަކާ ގުޅޭ މައުލޫމާތު ދިނުމަށް ބާއްވާ ހާއްސަ ކުޑަކުދިންގެ ހަވީރެއް މާދަމާ ހުޅުމާލެ ދިރާގު ބިލްޑިން ކައިރީގައި އޮންނަ ރުއްގަނޑު ސަރަހައްދުގައި އޮންނާނެ އެވެ. އެ ހަވީރަށް ޒިޔަރަތްކޮށް، އެޑްމިޝަން ހޯދާ ފަރާތްތަކަށް ރެޖިސްޓްރޭޝަން ފީ އިން 50 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ އެވެ.

މި ސްކޫލްގެ ގްރޭޑުތަކުގެ އެޑްމިޝަނަށް އެ ސްކޫލްގެ ވެބްސައިޓް މެދުވެރިކޮށް އެޕްލައިކުރެވޭނެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454