18 ޑިސެމްބަރ 2025 - 11:00
އުރީދޫން މިރޭ ބާއްވާ ފަންރަން މިއުޒިކް ޝޯ ބަލަން ދާ ފަރާތްތަކަށް، އެ ޝޯގައި ޕާފޯމްކުރާ ބޭންޑުތަކުގެ އެކި ފަންނާނުން ސޮއިކޮށްފައިވާ "ފަންރަން" ޓީޝާޓުތައް ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް އުރީދޫން ބުނެފި އެވެ.
އުރީދޫން ބުނީ މި ލިމިޓެޑް އެޑިޝަން ޓީޝާޓުތަކަކީ ފަން ރަންގެ ލޯގާ އާއި އެ ބޭންޑުތަކުގެ ލޯގޯ ހިމެނޭ ޓީޝާޓުތަކެއް ކަމަށެވެ. މި މިއުޒިކް ޝޯގައި ޕާފޮމްކުރާ ފަންނާނުން ސޮއިކޮށްފައި މި ޓީޝާޓުތައް، ބޭންޑުތައް ޕާފޯމްކުރަމުން ދާ އިރު، އޯޑިއަންސް ތެރެއަށް އުކާނެ ކަމަށް އުރީދޫން ބުންޏެވެ.
މިރޭ ބާއްވާ ޝޯގައި ޓްރެފިކް ޖޭމް، އިކުއެޓިކް ވައިބް، ހަބޭސް އަދި ސިމްބޮލިކް ރެކޯޑްސް އިން ޕާފޯމްކުރާނެ އެވެ. ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވަން ހަމަޖެހިފައިވާ މި ޝޯ އޮންނާނީ މިރޭ 8 އިން 12 އަށެވެ.
އުރީދޫން މާދަމާ ބާއްވާ ފަން ރަންގެ އިވެންޓުތައް ފަށާނީ މިއަދު ހަވީރު ބާއްވާ ކުޑަކުދިންގެ ހަވީރުންނެވެ. މި ހަވީރު އޮންނާނީ މިއަދު 4 އިން 6 އަށެވެ.
ކުޑަކުދިންނަށް ހާއްސަ، މަޖާ އެކި ކުޅިވަރުތައް ކުޅެ، އިނާމު ހޯދުމުގެ ފުރުސަތު ލިބޭ މި ހަވީރުގައި ކުޑަކުދިންގެ މެދުގައި މަގުބޫލު ރޮބޯމޭން ވެސް ބައިވެރިވާނެ އެވެ.
އުރީދޫ ފަން ރަން ކުޑަކުދިންގެ ހަވީރާއި މިއުޒިކް ޝޯ އޮންނާނީ ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަސި
18 December 2025
ފަންނާނުން އުޅޭތަ ރާއްޖޭގަ؟