ފަން ރަންގެ ބައިވެރިން ރޭސް ފެށުމުގެ ކުރިން ވޯމްއަޕްކުރަނީ: މި ރަންގައި މި އަހަރު ވެސް 6،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި -- ފޮޓޯ: ނިޝާން އަލީ | މިހާރު
19 ޑިސެމްބަރ 2025 - 14:21
މިއަދު 4 ޖަހާއިރު ފަށާ އުރީދޫ ފަން ރަންގައި ހާއްސަ ލަކީޑްރޯއެއް ކުރިއަށް ދާނެ ކަމަށް އުރީދޫން ބުނެފި އެވެ.
ފަން ރަންގެ ހުރިހާ ދުވުންތެރިންގެ މެދުގައި ނަގާ މި ލަކީޑްރޯގައި ނަސީބުވެރި ތިން މީހަކަށް ސްރީ ލަންކާގެ ކޮލޮމްބޯ އަށް ދަތުރު ކުރާ ފްލައިޓް ޓިކެޓް ފިޓްސް އެއާގެ ފަރާތުން ވަނީ ހުށަހަޅައިފަ އެވެ. އަދި ނަސީބުވެރި އެކަކަށް ބޫޓްރޫމްގެ އެކްސްކްލޫސިވް ގިފްޓް ހެމްޕަރެއް ލިބޭނެ އެވެ. އޭގެ ތެރޭގައި ފުޓްބޯޅަ ބޫޓާއި ޖާޒީ އާއި ސްނޯކަލް ކިޓްގެ އިތުރުން ވެސް ގިނަ އިނާމުތަކެއް ހިމެނެ އެވެ.
ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާ ފަން ރަންގައި މި އަހަރު ވެސް 6000 އަށް ވުރެ ގިނަ މީހުން ވަނީ ރަޖިސްޓްރީކޮށްފަ އެވެ. ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ބައިވެރިވެވޭ މި ދުވުމުގެ މަގުސަދަކީ އާއިލާތަކަށް އެކުގައި ވަގުތު ހޭދަކޮށްލާނެ މަޖާ މާހައުލެއް ހޯދައިދީ، ހަރަކާތްތެރިވެ އުޅުމަށް ހިތްވަރު ދިނުން ކަމަށް އުރީދޫން ބުންޏެވެ.
މި ދުވުމުގައި އެކި އޮބްސްޓެކުލްތައް ގިރާކޮށް، ފޯމް ޕާޓީ ފަދަ އެކި މަޖާ ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ.
މިދުވުން އޮންނަނީ ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy