ރޯދަ މަހަށް ހާއްސަކޮށް، ބޮޑެތި ޑިސްކައުންޓުތަކަކާއި އަގުހުރި އިނާމުތަކެއް ލިބޭ "އައިވްސް"ގެ ރޯދަ ސޭލް ފަށައިފި އެވެ.
ކޮންމެ އަހަރަކު ވެސް ރޯދަ މަހަށް ހާއްސަކޮށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި މިއަހަރު ވެސް ވަނީ 50 ޕަސެންޓާއި ހަމައަށް ޑިސްކައުންޓު ހުށައަޅާފަ އެވެ. ޑިސްކައުންޓު ލިބޭ ޕްރޮޑަކްޓުތަކުގެ ތެރޭގައި ބިލްޑިން މެޓީރިއަލްސް، ކޯޓިން، ސީއަންޓްސް، ފްލޯރިން، ކްލީނިން ޕްރޮޑަކްޓުރައް އަދި ހާޑްވެއާ، ޕަވާޓޫލް، އަދި ސެނިޓަރީވެއާ ޕްރޮޑަކްޓުތައް ހިމެނެ އެވެ. އައިވްސްއިން ވިއްކާ ބައެއް މަގުބޫލު ބްރޭންޑުތަކުގެ ތެރޭގައި ކޮންމިކްސް، ކޮރެއާގެ ނަމްބާ 1 ޕެއިންޓް، ކޭސީސީ ޕެއިންޓް، ކްލީނާ، ހާޑަން، ވޯކްސައިޓް އަދި ކިޓޯރީ ހިމެނެ އެވެ.
މި ޕްރޮމޯޝަނުގައި ކުރާ ކޮންމެ 500ރ. އިން މަތީގެ ވިޔަފާރިއަކަށް ލަކީޑްރޯގައި ބައިވެރިވުމަށް ކޫޕަނެއް ލިބޭނެ އެވެ. މި ލަކީޑްރޯގައި ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް 500ރ. ގެ ގިފްޓު ވައުޗަރެއް ވަނީ ހުށައަޅާފަ އެވެ. އަދި ޕްރޮމޯޝަނުގެ ބޮޑު އިނާމަކަށް ނަސީބުވެރި އެކަކަށް ދެ މީހަކަށް ފަސް ރޭގެ ހުރުމާއި އެކު ދޭ ދުބާއީ ދަތުރެއް ވަނީ ހުށައަޅާފަ އެވެ.
މި ޕްރޮމޯޝަން އަންނަ މާޗް މަހުގެ ނިޔަލަށް އައިވްސްގެ ހުރިހާ ފިހާރަތަކެއްގައި ކުރިއަށް ދާނެ އެވެ.