ތަފާތު އެކި ޑިޒައިންތަކުގެ ހެދުން ވިއްކާ އާބަން ތްރެޑްސްއިން ރޯދަ އަށް ހާއްސަ ކަލެކްޝަނެއް ނެރެފި އެވެ.
އާބަން ތްރެޑްސް އަކީ އެކި މުނާސަބަތުތަކާއި ގުޅުވައި އެކި ޑިޒައިންތަކުގެ ހެދުން ކަލެކްޝަންތައް ނެރޭ ފިހާރަ އެކެވެ. އެ ފިހާރައިން މިއަހަރުގެ ރޯދަ މަހަށް ހާއްސަކޮށް ނެރުނީ މޮޑެސްޓް ޑިޒައިންތަކެއް ހިމެނޭ އެ ކަލެކްޝަނެކެވެ. އޭގައި ހިމެނޭ ހެދުންތަކަކީ ރާއްޖޭގައި ޑިޒައިންކޮށް ފަހާފައިވާ ހެދުންތަކެކެވެ.
އާބަން ތްރެޑްސްއިން ތައާރަފްކުރި މި ކަލެކްޝަނާ އެކު އެ ފިހާރައިން ވަނީ މިއަހަރުގެ އެންމެ ބޮޑު ސޭލް ވެސް އިއުލާންކޮށްފަ އެވެ. އެ ސޭލަށް ހާއްސަކޮށް ކަނޑައަޅާފައިވާ އެކި އައިޓަމްތަކުން 50 ޕަސެންޓާއި ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ. މި ސޭލް ކުރިއަށް ދާނީ މި މަހުގެ ނިޔަލަށެވެ.
ހެދުމުގެ އިތުރުން ތަފާތު އެކި އެސަސަރީތައް ވެސް ވިއްކާ އެ ފިހާރައަކީ މަގުބޫލު މެލޭޝިއަން ބްރޭންޑެއް ކަމަށްވާ އީލާންގެ އޮތޮރައިޒްޑް ރީސެލާ އެވެ. އެތަނުގައި އެ ބްރޭންޑުގެ އަރަބި ކެލިގްރަފީ ހިމެނޭ ގަހަނާ ވެސް ހުރެ އެވެ. އެ ގަހަނާތަކުން ވެސް 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް އެފިހާރައިން ވަނީ ފަށާފަ އެވެ.
އެ ފިހާރަ ހުޅުވާފައި ހުންނަނީ ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް ކޮންމެ ދުވަހެއްގެ ހެނދުނު 10 އިން ހަވީރު 6 އަށް އަދި ރޭގަނޑު 8 އިން 10 އަށެވެ. ހުކުރު ދުވަހު ހުޅުވާނީ މެންދުރު 2 އިން 6 އަށް އަދި ރޭގަނޑު 8 އިން 10 އަށެވެ.
އެ ފިހާރަ ހުންނަނީ އަމީރު އަހުމަދު މަގުގައި ހުންނަ މަރުކަބް ޕްލާޒާގެ ފުރަތަމަ ފްލޯގަ އެވެ.