ރޯދަ މަހަށް ހާއްސަކޮށް "ރޯދަ ރައިޑް"ގެ ނަމުގައި މޮޓޯއެކްސް މޯލްޑިވްސްގެ ސައިކަލުތަކުން ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަނުގައި، އެތަނުން ވިއްކާ ހުރިހާ ސައިކަލަކުން ވެސް ޑިސްކައުންޓު ލިބޭނެ އެވެ.
މޮޓޯއެކްސްގައި ޗައިނާގެ މަގުބޫލު ދެ ބްރޭންޑެއް ކަމަށްވާ ސީއެފް މޮޓޯ އާއި ކީވޭގެ އެކި ވައްތަރުތަކުގެ ސައިކަލު ވިއްކަން ހުރެ އެވެ. މިއީ އަލަށް ސައިކަލު ގަންނަން ބޭނުންވާ އަދި ސައިކަލު އަޕްގްރޭޑުކުރަން ބޭނުންވާ މީހުންނަށް ހެޔޮ އަގުގައި، ކޮލިޓީ ރަނގަޅު، ތަފާތު އަދި ގެންގުޅުމަށާއި ދުއްވަން ފަސޭހަ ސައިކަލެއް ގަތުމުގެ ފުރުސަތު ފަހިކޮށދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ތަނުން ވިއްކާ ސީއެފް މޮޓޯ 150އެސްސީ ސައިކަލު ގަންނަން ބޭނުންވާ ފަރާތްތަކަށް ސައިކަލު ތަޖުރިބާކުރުމުގެ ގޮތުން، ސައިކަލު ދުއްވާލަން ހިލޭ ޓެސްޓް ރައިޑެއް ދެ އެވެ. މިއީ ސައިކަލާ ބެހޭ އެންމެ ފުރިހަމަ މައުލޫމާތާއި ތަޖުރިބާއާ އެކު، އެ ސައިކަލު ގަތުމުގެ ފުރުސަތު ދިނުމަށް ދޭ ޓެސްޓް ރައިޑެއް ކަމަށް މޮޓޯއެކްސްއިން ބުންޏެވެ. އެ ސައިކަލަކީ ފޯނު ޗާޖު ކުރެވޭނެ ފަދަ ޔޫއެސްބީ ޕޯޓެއް ވެސް ހިމެނޭ ސައިކަލެކެވެ.
މޮޓޯއެކްސްއިން ބުނީ އެތަނުން ވިއްކާ އެ ދެ ބްރޭންޑުގެ އެކި ސީރީޒްތަކުގެ ސައިކަލުތައް ބަލާލައި، އެ އެއާ ގުޅޭ އިތުރު މައުލޫމާތުތައް ހުޅުމާލެ، ސައިމާ ހިނގުމުގައި ހުންނަ މޮޓޯއެކްސްގެ ޝޯރޫމުން ލިބެން ހުންނާނެ ކަމަށެވެ. މިތަނުން ވިއްކާ ސައިކަލުތަކާއި އެ ޕްރޮމޯޝަނާއި ގުޅޭ އިތުރު މައުލޫމާތު މޮޓޯއެކްސްގެ ނަމްބަރު 7205252 އިން ލިބޭނެ އެވެ.
މޮޓޯއެކްސް މޯލްޑިވްސް އަކީ ސީއެފް މޮޓޯ އާއި ކީވޭގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރެވެ.