އެމްޕީއެލްގެ އާ ޑެޕިއުޓީ ސީއީއޯއަކަށް އިބްރާހިމް ޒިޔަތު އައްޔަންކޮށްފި އެވެ.
ރާއްޖޭގެ ކޮމާޝަލް ބަނދަރުތައް ބަލަހައްޓާ ކުންފުނިން މިއަދު ވަނީ އެ ކުންފުނީގެ އާ ޑެޕިއުޓީ ސީއީއޯގެ މަގާމަށް އެމްޓީސީސީގެ ކުރީގެ ސީއީއޯ ޒިޔަތު އައްޔަންކުރުމާ ގުޅިގެން މަރުހަބާ ކިޔައިފަ އެވެ.
އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގެ އިތުރުން އެ ކުންފުނީގެ ބޯޑަށް ވެސް ޒިޔަތު ވަނީ އައްޔަންކޮށްފަ އެވެ.
އެޕީއެލްގައި މިވަގުތު ޒިޔަތާ އެކު ތިން ޑެޕިއުޓީ ސީއީއޯ އިން ތިއްބަވާނެ އެވެ.
ޒިޔަތު، އެމްޓީސީސީގެ ސީއީއޯގެ މަގާމު ފުރުއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.
ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ހައްދަވާފައިވާ ޒިޔަތު އެންމެ ގިނަ ދުވަހު އުޅުއްވީ އެސްޓީއޯގަ އެވެ. އެ ކުންފުނީގައި އޭނާ 15 އަހަރު ވަންދެން އުޅުއްވި އެވެ.