ކުޑަކުދިންނަށް ހާއްސަ ކުޅޭ އެއްޗެހި ވިއްކާ ފިހާރަ "ކޮކީ" ރީބްރޭންޑް ކޮށްފި އެވެ.
"ކޮކީ"އިން ބުނީ އެ ފިހާރައިގެ ލޯގޯ ރީބްރޭންޑުކޮށް، އަލުން ލޯންޗުކުރީ، އެއީ ކުޑަކުދިންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދިނުމަށް މަސައްކަތް ކުރާ ފިހާރައަކަށް ވާތީ، އެ އަމާޒަށް ވާސިލް ވުމަށް ކަމަށެވެ.
އެގޮތުން ކުޑަކުދިންނަށް ކަމުދާނެ އެކި ކުލަތައް ހިމަނައި، ކުރިއަށް ވުރެ ބޮޑަށް ކުޑަކުދިންނާ ގުޅޭ ކަންކަން އެ ފިހާރައިން ދައްކައިގެން ބޭނުންވާ މަޖާ ވައިބް ލޯގޯއިން ރަމްޒު ކޮށްދިނުމަކީ ރީބްރޭންޑު ކުރުމުގެ ބޭނުމެއް ކަމަަށް ކޮކީ އިން ބުންޏެވެ.
މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހާ ދިމާކޮށް "ކޮކީ" ރީބްރޭންޑު ކޮށްފައިވާއިރު، ހާއްސަކޮށް ހުރިހާ ކަސްޓަމަރުންނަށް 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް އެ ފިހާރައިން ވަނީ ފަށައިފަ އެވެ. އަދި ކުޑަކުދިންގެ ދުވަހާ ގުޅިގެން އެމްއައިބީއާ އެކު، އެމްއައިބީ ޑެބިޓް ކާޑާއި ފައިސާވެއާ ބޭނުންކުރާ ކަސްޓަމަރުންނަށް އެ ފިހާރައިން 20 ޕަސެންޓުގެ ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް ކުރިއަށް ގެންދާނެ އެވެ.
މި އޮފާތައް ކުރިއަށް ގެންދާނީ އަންނަ އަންގާރަ ދުވަހުގެ ނިޔަލަށެވެ.
"ކޮކީ"ގައި އެކި އުމުރުފުރާތަކަށް ހާއްސަކޮށް، މަޝްހޫރު އެކި ކާޓޫނުތަކުގެ ކުޅޭ ސާމާނާއި މަގުބޫލު އެކި ބްރޭންޑުތަކުގެ ކުޅޭ ސާމާނުގެ އިތުރުން ބޯޑް ގޭމާއި އެކި ހުނަރުތައް ދަސްކޮށްދޭނެ ކުޅޭ އެއްޗެހި ހުރެ އެވެ.
ކޮކީގެ ފިހާރަތައް މާލޭގެ އަލިކިލޭގެފާނު މަގު، މުރަނގަ މަގު (ައިޖީއެމްއެޗް ކައިރީގައި) ބުރުޒު މަގު (އިސްކަންދަރު ކޮށި ފުރަގަހުގައި) ކެނެރީ މަގު (ފެންޓަސީ ފުރަގަހުގައި) ހުރެ އެވެ. އަދި ހުޅުމާލޭ ސްކޭޓް ޕާކު ކައިރީގައި ވެސް ކޮކީގެ ފިހާރައެއް ހުރެ އެވެ.