ދިވެހި ފަންނުވެރި ޒުވާނުންނާއި މަސައްކަތްތެރިން އެއް ޕްލެޓްފޯމަކަށް ގެނެސް، މަސައްކަތްތެރިކަމުގެ ބާޒާރަށް ބޮޑު ބަދަލެއް ގެނައި "ޓާސްކިން" އެޕް އަޕްގްރޭޑްކޮށްފި އެވެ. 

ކުރިން "ޓާސްކާސް" އާއި ކަސްޓަމަރުންނަށް ވަކިން ދެ އެޕެއް އޮތް ނަމަވެސް މި އަޕްގްރޭޑާ އެކު ހުރިހާ މުއާމަލާތެއް އެއް އެޕްލިކޭޝަނަކަށް ވަނީ ބަދަލުކޮށްފަ އެވެ. މިއީ ކަސްޓަރުންގެ ފީޑްބެކާ ގުޅިގެން، އެޕްގެ ހިދުމަތް އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށް ޓާސްކިން އިން ބުންޏެވެ. 

ޓާސްކިން އަކީ ސައްތައިންސައްތަ ދިވެހި އުފެއްދުމެކެވެ. މިއީ ދިވެހި ބާޒާރުގެ ހާއްސަ ބޭނުންތަކަށް ބަލައި، ދިވެހިންގެ އަމިއްލަ ހިއްސާއާ އެކު ތަރައްގީކޮށްފައިވާ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމްގެ އެންމެ ބޮޑު އެއް މަގްސަދަކީ ހަމައެކަނި ވިޔަފާރީގެ މުއާމަލާތްތަކެއް ހިންގުމުގެ ބަދަލުގައި، މަސައްކަތްތެރިޔާގެ ހުނަރަށް އިސްކަންދީ، ޒުވާނުންނާއި އަލަށް ބާޒާރަށް ނުކުންނަ ފަރާތްތަކަށް އެ މީހުންގެ ގާބިލުކަން ދައްކާލުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމެވެ.

މި އެޕްލިކޭޝަން ހާއްސަކޮށްފައިވަނީ ދިވެހި މަސައްކަތްތެރިންނަށެވެ. އެގޮތުން، ގިގް އިކޮނޮމީ ނުވަތަ ކުރު މުއްދަތުގެ މަސައްކަތްތަކުން ލިބޭ ނަފާ ސީދާ ދިވެހި މުޖުތަމައުއަށް ލިބޭނެކަން މި ޕްލެޓްފޯމުން ކަށަވަރުކޮށްދެ އެވެ. މި ޕްލެޓްފޯމުގެ  ތެރެއިން ބޭރުގެ މުވައްޒަފުންނަށް ބައިވެރިވެވޭނީ ދިވެހި އަމިއްލަ ކުންފުނިތަކުގައި ރަޖިސްޓްރީވެފައިވާ މުވައްޒަފުންގެ ގޮތުގަ އެވެ. 

ޓާސްކިން އެޕް.
ޓާސްކިން އެޕް.

"ޓާސްކިން"ގެ ސީއީއޯ އަދި ފައުންޑަރު ދީމާ ފާކިރު އަކީ ހިއުމަން ރިސޯސް ދާއިރާގެ ދިގު މުއްދަތުގެ ތަޖުރިބާކާރެކެވެ. މި އެޕް އުފެދިގެން އައީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި މަސައްކަތްތެރިންނަށް ކުރިމަތިވި ގޮންޖެހުންތައް ފެނި، އެ ދަތިތަކަށް ހައްލެއް ހޯދުމަށް ދީމާ ފެށި މަސައްކަތުންނެވެ. އަދި މި ޕްލެޓްފޯމް މެދުުވެރިކޮށް، ދިވެހި ފަންނުވެރިންގެ ކިބައިގައި ނުފެނި ހުރި ހުނަރުތައް ބޭރު ދުނިޔެއަށް ދައްކާލުމުގެ ފުރުސަތު ދީ، ހިދުމަތް ބޭނުންވާ ފަރާތްތަކާއި ހިދުމަތްތައް ދޭ ފަރާތްތަކާއި ގުޅުވައިދިނުމެވެ. އޭނާގެ އުއްމީދަކީ "މެލެނިއަންސް" އަކީ ކަންނެތް ބައެއް ކަމަށް މުޖުތަމައުން ދެކޭ ދެކުން ބަދަލުކޮށް، ޒުވާނުންނަށް މަސައްކަތްތައް ފަސޭހައިން ހޯދޭނެ މާހައުލެއް ބިނާ ކޮށްދިނުމެވެ. 

މިއަހަރުގެ ކުރީކޮޅު ލޯންޗު ކުރި މި އެޕުން ވަނީ އާއްމުންގެ މަގުބޫލުކަން ހޯދައިފަ އެވެ. އެގޮތުން "ގާލްސް ގޯ ޑިޖިޓަލް" ފަދަ ހަރަކާތްތަކުގައި ބައިވެރިވެ، މި ޕްލެޓްފޯމް އަންނަނީ ލޯކަލް ޓެކް ސީންގެ ކުރީ ސަފުން ޖާގަ ހޯދަމުންނެވެ. 

ޓާސްކިން އެޕް.
ޓާސްކިން އެޕް.

ޓާސްކިން އަކީ ޒަމާނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓޫލްސް ހިމެނޭ އެޕެކެވެ. މިއީ ހިދުމަތްދޭ ފަރާތްތަކަށް ފެންވަރު ރަނގަޅު ޕްރޮފައިލްތައް ހެދުމަށާއި، ކްލަޔަންޓުންނަށް އެ މީހުން ބޭނުންވާ މަސައްކަތުގެ ތަފްސީލުތައް ލިޔުމަށް އެހީތެރިވެދޭ ނިޒާމެކެވެ. މި ޕްލެޓްފޯމުގެ ސަބަބުން އަމިއްލަ ކުންފުނިތަކަށް ބޮޑެތި ހަރަދުތައް ކުޑަކޮށް، ޕްރޮޖެކްޓް ބޭސްޑްކޮށް، ފްލެކްސިބަލްކޮށް މަސައްކަތްތެރިން ހޯދުމުގެ ފުރުސަތު ލިބެ އެވެ.

ޓާސްކިންއިން ޕްރައިވެޓް ސެކްޓާތަކުގެ އިތުރުން ސަރުކާރުގެ އެކި ސެކްޓާތަކުގެ މަސައްކަތްތައް ހޯދައިދިނުމަށް، ސަރުކާރާއި ގުޅިގެން ވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިއީ މަސައްކަތްތައް މެނޭޖުކުރެވޭ ގޮތަށް ސިސްޓަމެޓިކް ބަދަލުތަކެއް ގެނައުމުގެ ގޮތުން ފެށި މަސައްކަތެކެވެ. 

ޓާސްކިން އަކީ ބޭނުން ކުރަން ފަސޭހަ އެޕެކެވެ. މި އެޕްގައި ޓާސްކަރުންނަށް ހާއްސަކޮށްފައިވާ ފީޗާތަކުގެ ތެރޭގައި ހިމެނެނީ:

  • ޑައިރެކްޓް ލިސްޓިންގްސް އަދި ސަބްސްކްރިޕްޝަންސް: މި ފީޗާ މެދުވެރިކޮށް އަގުތައް ހާމަކޮށް، ހަފްތާ ނުވަތަ މަހު ފީއަށް ހިދުމަތް ޕެކޭޖުތައް ހުށަހެޅެ އެވެ.
  • ބިޑިންގް އަދި ޕޯޓްފޯލިއޯ ބިލްޑިންގް: މި ފީޗާ މެދުވެރިކޮށް ހުޅުވާލެވިފައިވާ ފުރުސަތުތަކަށް ބިޑްކޮށް، ކުރީގެ މަސައްކަތްތަކުގެ ގެލެރީ ދައްކާލެވޭނެއެވެ.
  • ޑޭޝްބޯޑް: މި ފީޗާ މެދުވެރިކޮށް ރިއަލް-ޓައިމް ޗެޓް، ފައިލް ޝެއަރިންގް، އަދި ޕްރޮގްރެސް އަޕްޑޭޓްސް އެއްތަނަކުން ބެލެހެއްޓޭނެ އެވެ.

މި އެޕް މެދުވެރިކޮށް ކަސްޓަމަރުން ނުވަތަ ކްލައިންޓުންނަށް ހާއްސަކޮށްފައިވާ ފީޗާތަކުގެ ތެރޭގައި ހިމެނެނީ: 

  • ވެރިފައިޑް ޓެލެންޓް: މި ފީޗާ މެދުވެރިކޮށް ވެރިފައިކޮށްފައިވާ ހުނަރުވެރިންގެ ޑައިރެކްޓަރީއަކުން، ލިބޭ ބިޑްތައް އަޅާ ކިޔޭނެ އެވެ. 
  • ޕްރޮޖެކްޓް މެނޭޖްމަންޓް: މި ފީޗާ މެދުވެރިކޮށް، ގުޅުންހުރި އެކި ޓާސްކްތައް އެއް ޕްރޮޖެކްޓެއްގެ ދަށަށް ގެނެސް، މައިލްސްޓޯންތައް ފަސޭހައިން ޓްރެކް ކުރެވޭނެ އެވެ. 

ޓާސްކިން އެޕްގެ ހިދުމަތްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ފޯރުކޮށްދިނުމުގެ ގޮތުން މުހިންމު މަސައްކަތްތަކެއް ވެސް ދަނީ ކުރަމުންނެވެ. އެގޮތުން، އެ ޕްލެޓްފޯމުން "ޓާސްކިން އައިލެންޑް އެމްބެސެޑަ"ގެ ނަމުގައި ހާއްސަ ޕްރޮގުރާމެއް ވެސް ވަނީ ފަށައިފަ އެވެ. މި ޕްރޮގުރާމުގެ ދަށުން ރާއްޖޭގެ 12 ރަށަކުން އެމްބެސެޑަރުން ހޮވާފައި ވާއިރު، ޓާސްކިންގެ އެމްބެސަޑަރަކަށްވުމުގެ ފުރުސަތު މިހާރު ވެސް އޮތީ ހުޅުވާލާފަ އެވެ. 

ޓާސްކިންގެ އައިލެންޑް އެމްބެސެޑާ ޕްރޮގުރާމުގައި ބައިވެރިވާ ފަރާތްތަކަށް އެމްބެސެޑާ ބެޖާ އެކު ޕްރިމިއަމް ސްޓޭޓަސް، ހިލޭ ސަބްސްކްރިޕްޝަން އަދި އޮފިޝަލް ސޯޝަލް މީޑިއާ ޕޭޖުތަކުން ފުރުސަތު ލިބޭނެ އެވެ. އަދި ރާއްޖޭގެ އައިސީޓީ އިނޮވޭޝަން ތަރައްގީކުރުމުގެ ބައިވެރިއަކަށް ވީތީ އެފަރާތްތަކަށް ޓާސްކިން އެލްއެލްޕީ ލީޑާޝިޕް ސެޓިފިކޭޝަން ވެސް ލިބޭނެ އެވެ. އަދި ރަށްރަށުގައި މައުލޫމާތު ސެޝަންތައް ހިންގުމަށް ހުށައަޅާ ޕްރޮޕޯޒަލްތަކަށް ޓާސްކިންގެ ފުރިހަމަ އެއްބާރުލުން ވެސް ލިބޭނެ އެވެ. 

ޓާސްކިންގެ ވެބްސައިޓް މެދުވެރިކޮށް، އައިލެންޑް އެމްބެސަޑަރުކަމަށް މިހާރު ކުރިމަތިލެވޭނެ އެވެ.