މިއަހަރުގެ ސެޕްޓެމްބަރު އަދި ނޮވެމްބަރު މަހުގެ އިންޓޭކުގައި މެލޭޝިއާގެ ޔުނިވާސިޓީތަކުން ތައުލީމު ހާސިލްކުރަން ދާން ބޭނުންވާ ދަރިވަރުންނަށް ހާއްސަކޮށް ރާއްޖޭގެ އެޑިއުކޭޝަން ކޮންސަލްޓަންސީ ކުންފުނި، "ޒެޑެކްސް ސްޓަޑީ އެބްރޯޑް" އިން ހާއްސަ ޕްރޮމޯޝަނެއް ފަށައިިފި އެވެ. 

މި ޕްރޮމޯޝަނުގައި ނަސީބުވެރި ދެ ދަރިވަރަކަށް، މަޝްހޫރު ލަވަކިޔުންތެރިޔާ "ދަ ވީކެންޑު" އަންނަ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު ކުއަލަލަމްޕޫރު ގައި ދޭ ކޮންސަޓުގެ ޓިކެޓެއް ލިބޭނެ އެވެ. 

މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ  އަންނަ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރު މަހުގެ އިންޓޭކަށް ޒެޑެކްސްގެ ޕާޓްނާ ޔުނިވާސިޓީ/ކޮލެޖަކަށް އެ އެޖެންސީ މެދުވެރިކޮށް ފޯމު ހުށަހަޅައިގެންނެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އަންނަ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ފޯމު ހުށަހަޅާ ދަރިވަރުންނަށެވެ. 

މި ޕްރޮމޯޝަނުގައި ބައިވެރިވެ، ޒެޑެކްސް މެދުވެރިކޮށް މެލޭޝިއާގެ ޔުނުވާސިޓީ/ކޮލެޖަށް އެ އެޖެންސީގެ ވެބްސައިޓުން މިހާރު އެޕްލައިކުރެވޭނެ އެވެ.  

ޒެޑެކްސް އަކީ ރާއްޖެއިން ބޭރަށް ކިޔަވަން ދާން ބޭނުންވާ ދަރިވަރުންނަށް ކޮންސަލްޓަންސީ ފޯރުކޮށްދޭ ކުންފުންޏެކެވެ. އެ ކުންފުނިން ދަރިވަރުންނަށް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެ އެވެ. އޭގެ ތެރޭގައި ދަރިވަރުންނަށް ކައުންސެލިން އާއި ކެރިއާ ގައިޑެންސްގެ ހިދުމަތާއި ޔުނިވާސިޓީތަކުން ޖާގަ ހޯދައިދިނުމާއި، އެކްރެޑިޓޭޝަން ވެރިފިކޭޝަންގެ ކަންކަން ބެލެހެއްޓުމުގެ ހިދުމަތް ދެ އެވެ. އަދި ޕާސްޕޯޓް، ވިސާ އަދި އައިއީއެލްޓީއެސް އެޕްލިކޭޝަންތަކުގައި އެހީތެރިވެދީ،  މެޑިކަލް ޗެކަޕް ކަންކަން ހަމަޖެއްސުމާއި، ލޯނަށް ކުރިމަތިލުމުގައި ވެސް އެ ކުންފުނިން އެހީތެރިވެދެ އެވެ.

އޭގެ އިތުރުން ދަރިވަރުންގެ އެކޮމަޑޭޝަން ހަމަޖެއްސުމާއި އެއާޕޯޓަށް ބަލައިދިއުމާއި ފައިސާގެ މުއާމަލާތްތައް ފަސޭހަކޮށްދިނުމަށްޓަކައި، 15.42 ރޭޓުން ބޭރު ފައިސާ ދެއްކުމުގެ އިންތިޒާމު ހަމަޖައްސައިދިނުން ހިމެނެ އެވެ. ޒެޑެކްސްއިން ބެލެނިވެރިންނަށް ވެސް ބޭނުންވާ ސަޕޯޓު ފޯރުކޮށްދެ އެވެ. 

ޒެޑެކްސް ސްޓަޑީ އެބްރޯޑަކީ 10 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ރާއްޖޭގެ ޕްރިމިއާ އެޑިއުކޭޝަން ކޮންސަލްޓަންސީ ކުންފުންޏެކެވެ. އެ ކުންފުންޏަކީ ރާއްޖޭގެ ދަރިވަރުން ދުނިޔޭގެ އެކި ގައުމުތަކުގެ އެންމެ ކުރިއަރާފައިވާ ޔުނިވާސިޓީތަކަށް ފޮނުވުމުގައި އެހީތެރިވެދޭ ކުންފުންޏެކެވެ.