ދިރާގުގެ އެލީޓް ކްލަބްގެ ޕާޓްނަރެއްގެ ގޮތުގައި އީޒްއެޕް ސޮއިކޮށްފި އެވެ.
މި ޕާޓްނާޝިޕްގެ ދަށުން، ދިރާގުގެ އެލީޓް ކްލަބްގެ މެންބަރުންނަށް އީޒްއެޕް މެދުވެރިކޮށް 5 ޕަސެންޓުން ފެށިގެން 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ.
އީޒްއެޕް އަކީ ރާއްޖޭގެ ވިޔަފާރިތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް އެއް ޑިޖިޓަލް ޕްލެޓްފޯމަކުން ގުޅުވައިދިނުމަށް ތައާރަފުކުރި ފުރަތަމަ މަލްޓި-ސާވިސް "ސުޕަ އެޕް" އެވެ. އާންމު ދިރިއުޅުމުގެ ކަންކަން ލުއިފަސޭހަކޮށް، ހަލުވިކަމާ އެކު ހިދުމަތްތައް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ މި އެޕް މެދުވެރިކޮށް، ކާބޯތަކެއްޗާއި ގްރޯސަރީ ޑެލިވަރީގެ އިތުރުން، އެކި ހިދުމަތްތަކަށް ފަސޭހަކަމާ އެކު އެދެވޭނެ އެވެ.
މިއީ ހިދުމަތް ބޭނުންވާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ ދެމެދު އޮންނަ ގުޅުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހަރުދަނާކޮށްދޭނެ ޕްލެޓްފޯމެކެވެ.
އީޒެޕް މެދުވެރިކޮށް ވިޔަފާރިކުރާ ދިރާގު އެލީޓް ކްލަބްގެ މެންބަރުންނަށް، ޕްރޮމޯ ކޯޑް ބޭނުންކޮށްގެން ޑިސްކައުންޓް ލިބޭނެ އެވެ. އެ ކްލަބްގެ ބްލޫ އަދި ގޯލްޑް ޓިއާގެ މެންބަރުންނަށް ދުވާލަކު ދެ ފަހަރު މި ކޯޑު ބޭނުންކުރެވޭ އިރު، ޕްލެޓިނަމް ޓިއާގެ މެންބަރުންނަށް ދުވާލަކު ތިން ފަހަރާ ހަމައަށް މި ކޯޑު ބޭނުންކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
އެލީޓް ކްލަބް ކަސްޓަމަރުންނަށް ޕްރޮމޯ ކޯޑްގައި ޖެހުމަށް ބޭނުންވާ ޑިސްކައުންޓް ކޯޑު، ދިރާގު އެޕްގެ އެލީޓް ކްލަބް ޕޭޖުގައިވާ އީޒެޕް ބެނާ އިން ލިބޭނެ އެވެ.
ދިރާގު އެލީޓް ކްލަބް ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ދިރާގުގެ ކަސްޓަމަރުންގެ އަގުވަޒަންކޮށް ކަސްޓަމަރުންނަށް އަގުހުރި އޮފާތަކުގެ އެހީގައި ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ، ދިރާގާއި ކަސްޓަމަރުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައި ކަމަށް އެ ކުންފުނިން ބުންޏެވެ. ދިރާގުން ދަނީ ދިރާގުގެ އެލީޓް ޕާޓްނަރުންނާ ގުޅިގެން މި ފަދަ އިތުރު ފައިދާތައް ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ.