ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހާއްސަ ޗީފް އެސްއޯއީ ފައިނޭންޝަލް އެންޑް ބިޒްނަސް ސްޓްރެޓެޖިސްޓެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި، އެއް އަހަރު ދުވަހުގެ ކޮންޓްރެޓް އެ ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް މިމަހުގެ 9 ގެ ކުރިން ހުށަހެޅުމަށް އެދިފައިވެ އެވެ.
އެ މަގާމުގައި ހުންނަ ފަރާތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހާލަތު މޮނިޓާކޮށް އިވެލުއޭޓްކޮށް ރީސްޓްރަކްޗާ ކުރުމުގައި ރިފޯމްތައް ގެނެސް، މާލީ ދެމެހެއްޓެނިވިކަން އިތުރު ކުރުމާއި ގަވަނެންސް ހަރުދަނާ ކުރުމުގެ ޒިންމާ އުފުލަން ޖެހޭނެ އެވެ.
އެ ވަޒީފާގައި، މަހަކު ގާތްގަނޑަކަށް 46،000ރ. ގެ މުސާރައެއް ލިބޭނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ފާހަގަކޮށްފައިވެ އެވެ.
މިމަގާމަށް ކުރިމަތިލާ މީހުން ގުޅޭ ދާއިރާއަކުން ޕީއެޗްޑީ ހާސިލްކޮށްފައިވާން ޖެހޭނެ އެވެ. އަދި ލީޑަޝިޕް މަގާމެއްގައި ހަތަރު އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކޮށްފައިވާން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.