ރާއްޖޭގައި "މެސީ ފްރެގްރޭންސް" އޮފިޝަލް ޑިސްޓްރިބިއުޓަރަކަށް ޕްލާޒާ އެންޓަޕްރައިޒަސް ވެއްޖެ އެވެ.
ޕްލާޒާ ފިހާރައިން ބުނީ، އެ ފިހާރައަކީ އެ ސެންޓު ރާއްޖެއަށް އޮފިޝަލްކޮށް އެތެރެކުރާ ފަރާތް ކަމަށެވެ. އެއާ އެކު ރާއްޖެއިން އިތުރު ޕްރިމިއަމް އިންޓަނޭޝަނަލް ބްރޭންޑެއް ގަތުމުގެ ފުރުސަތު އާންމުންނަށް ލިބިގެންދާނެ ކަމަށް އެ ފިހާރައިން ބުންޏެވެ.
މެސީ ފްރެގްރޭންސަކީ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނެލް މެސީއާ ގުޅިގެން އުފައްދާފައިވާ ސެންޓެެވެ. އެ ޕާފިއުމް ލޯންޗުކުރީ 2024 ވަނަ އަހަރު އެވެ. މެސީ ފްރެގްރޭންސްގެ ތެރެއިން ތިން ބާވަތެއްގެ އުފެއްދުން ރާއްޖޭގެ ބާޒާރަށް ނެރެފައިވެ އެވެ. އޭގެ ތެރޭގައި މެސީ ޕްލެޓިނަމް، މެސީ ސްޕޯޓް އަދި މެސީ އެލިކްސާ ހިމެނެ އެވެ.
މެސީގެ ސިގްނޭޗާ ޕާފިއުމް ޕްލާޒާއިން ވިއްކަން ފެށި އިރު އެ ފިހާރައިން އަންނަނީ ޕްރިމިއަމް ގިނަ ބްރޭންޑްތަކެއްގެ ޕާފިއުމް ވިއްކަމުންނެވެ.
ޕްލާޒާގެ މޮބައިލް އެޕްލިކޭޝަން އަދި ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށް ވެސް ވިޔަފާރި ކުރެވޭނެ އެވެ. މެސީ ފްރެގްރޭންސްގެ އުފެއްދުންތައް ވެސް އޮންލައިންކޮށް ޕްލާޒާގެ މޮބައިލް އެޕްލިކޭޝަން އަދި ވެބްސައިޓުން ލިބޭނެ އެވެ. އޮންލައިންކޮށް ގަތުމުން، ޑެލިވަރީގެ ހިދުމަތް ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ޕްލާޒަ އިން ދޭނެ އެވެ.
މޮބައިލް އެޕާއި ވެބްސައިޓުގެ އިތުރުން މާލޭގެ ދެ ފިހާރައިންނާއި އައްޑޫގެ ފިހާރަ އިން ވެސް ސެންޓް ލިބޭނެ ކަމަށް ޕްލާޒާ އިން ބުންޏެވެ.