ސައުދީ އަރަބިއްޔާގެ މަޝްހޫރު ޕާފިއުމް ބްރޭންޑް "އޮސްމާ" ގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރަކަށް ޕްލާޒާ އެންޓަޕްރައިޒަސް ކަނޑައަޅައިފި އެވެ.
ޕްލާޒާ އިން ވަނީ އޮސްމާ ޕާފިއުމްގެ ހަ އުފެއްދުމެއް ރާއްޖޭގެ ބާޒާރަށް ނެރެފަ އެވެ. އޭގެ ތެރޭގައި ސިޓްރަސް އެފް، ކޮޓަން ސީ، ވައިޓް އެފް، އެމްބާ އޭ، އާއި އެމްބާ އެސް އަދި ވުޑީ އެސް ހިމެނެ އެވެ.
ޕްލާޒާ އިން ބުނީ، އެ ބްރޭންޑްގެ އިތުރު އުފެއްދުންތައް ވެސް ކުރިމަގުގައި ރާއްޖޭގެ ބާޒާރަށް ތައާރަފްކުރާނެ ކަމަށެވެ.
ޕްލާޒާ އެންޓަޕްރައިޒަސްއަކީ ރާއްޖެ އަށް މެދުއިރުމަތީގެ ތަފާތު މަޝްހޫރު ބްރޭންޑްތަކުގެ ސެންޓު މިހާރު ވެސް ވިއްކަމުން އަންނަ ކުންފުންޏެކެވެ. ދެހާހުގެ ކުރީކޮޅުން ފެށިގެން ޕްލާޒާގެ ފިހާރަތަކުން ދުބާއީ އާއި ސައުދީގެ މަޝްހޫރު ގިނަ ބްރޭންޑްތަކުގެ ސެންޓު އަންނަނީ ވިއްކަމުންނެވެ.
ޕްލާޒާގެ ފިހާރަތަކުން މިހާރު މަޝްހޫރު ލަގްޒަރީ ބްރޭންޑްތަކުގެ ސެންޓްވެސް ލިބޭނެ އެވެ.
ޕްލާޒާގެ މޮބައިލް އެޕްލިކޭޝަން އަދި ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށް ވެސް ވިޔަފާރި ކުރެވޭނެ އެވެ. އަލަށް ތައާރަފްކުރި "އޮސްމާ" ބްރޭންޑްގެ ސެންޓު ވެސް ލިބޭނެ އެވެ. އޮންލައިންކޮށް ވިޔަފާރި ކުރާ މީހުންނަށް ޑެލިވަރީގެ ހިދުމަތް ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ޕްލާޒަ އިން ފޯރުކޮށްދޭނެ އެވެ.
މޮބައިލް އެޕާއި ވެބްސައިޓުގެ އިތުރުން މާލޭގެ ދެ ފިހާރައިންނާއި އައްޑޫގެ ފިހާރަ އިން ވެސް އޮސްމާ ބްރޭންޑްގެ ސެންޓް ލިބޭނެ ކަމަށް ޕްލާޒާ އިން ބުންޏެވެ.
އޮސްމާގެ އުފެއްދުންތައް ރިޓެއިލްކޮށް އަދި ހޯލްސޭލްކޮށް ވެސް ގަނެވޭނެ އިންތިޒާމު ޕްލާޒާ އިން ވަނީ ހަމަޖައްސައިދިފަ އެވެ.