އުރީދޫ ފަން ރަންގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ މުއްދަތު މިރޭ ހަމަވާނެ އެވެ.
އާއިލާ އާއި ރަހުމަތްތެރިން އެއްތަނަކުން ބައްދަލުކޮށްދޭ ހަރަކާތުގައި ރަޖިސްޓްރީވުމުގެ އެންމެ ފަހު ތާރީހަކީ މިރޭ 23:59 އެވެ.
މި ދުވުން ކުރިއަށް ގެންދަނީ ކަލާ ސްޓޭޝަންތަކާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކާ އެކުގަ އެވެ. އެ މީހަކު ބޭނުން ދުވެއްޔެގައި ދުވެފައި ނުވަތަ ހިނގާފައި އަދި ނަށަމުން ވެސް ދުވުން ނިންމާލެވޭނެ އެވެ.
މިއީ އުފާވެރިކަމާއި މަޖާ މާހައުލެއްގައި ހަރަކާތްތެރިވުމާއި އެއްބައިވަންތަކަން ފާހަގަކުރާ ހަރަކާތެއް ކަމަށް އުރީދޫން ބުންޏެވެ.
ރާއްޖޭގައި ބާއްވާ އަދި ގިނަ ބަޔަކު އެންމެ އިންތިޒާރުކުރާ އެއް ހަރަކާތް ކަމަށްވާ މިއަހަރުގެ އުރީދޫ ފަން ރަން އިތުރަށް ޝައުގުވެރިކުރަން ރަސްމީ ފިނިޝާ މެޑަލް ވަނީ ތައާރަފްކޮށްފަ އެވެ.
އެ މެޑަލް ފަރުމާކޮށްފައިވަނީ ކުލަގަދަ އަކުރުތަކެއް ހިމެނޭހެން، ފަން ރަންގެ ކާމިޔާބީގެ އިހުސާސް ރަމްޒުކޮށްދޭ ފަދަ ހިތްގައިމު ގޮތަކަށެވެ. މި މެޑަލްއަކީ، 5 ކިލޯމީޓަރުގެ ދުވުން ފުރިހަމަކުރާ ކޮންމެ ބައިވެރިއަކަށްވެސް ލިބިގެންދާނެ ހާއްސަ ހަނދާނީ ހަދިޔާއެކެވެ.
އުރީދޫން ބުނިގޮތުގައި، ކުރީގެ އަހަރުތަކުގައި ލިބުނު ބޮޑު ކާމިޔާބީގެ މައްޗަށް ބިނާކޮށް، އުރީދޫ ފަން ރަން 2026 ވެގެންދާނީ ކުރިއަށް ވުރެ ވެސް ކުލަގަދަ، އަދި ބައިވެރިންނަށާއި މުޅި މުޖުތަމައަށް ވެސް ފޯރިގަދަ އަދި ޝައިގުވެރި ހަރަކާތަކަށެވެ.
އެގޮތުން، މިރޭ 23:59 ގެ ކުރިން ރަޖިސްޓްރޭޝަން ފުރިހަމަކޮށް މިއަހަރުގެ ފަން ރަންގައި ބައިވެރިވުމަށް އުރީދޫން އެއްބާރުލުން ދެ އެވެ.