މި މަހު ދިވެހި އާއިލާތަކަށް، އެޕްސަމް ކޮލެޖް މެލޭޝިއާއާއެކު ބާއްވާ ވަކިވަކި (ވަން-ޓު-ވަން) މަޝްވަރާ ބައްދަލުވުންތައް މެދުވެރިކޮށް ބްރިޓިޝް ބޯޑިން ތައުލީމާ ބެހޭ މައުލޫމާތު ހޯދުމުގެ އިތުރު ފުރުސަތެއް ފަހިވެއްޖެ އެވެ.

އޮކްޓޯބަރު މަހު ކުރި އާދަޔާ ހިލާފު ކާމިޔާބު ޒިޔާރަތަށްފަހު، ދަރިންނަށް ބްރިޓިޝް ބޯޑިން ތައުލީމެއް ހޯދައިދިނުމަށް ވިސްނަމުންދާ އިތުރު އާއިލާތަކާ ބައްދަލުކުރުމަށް އެޕްސަމްއިން 16 ނޮވެމްބަރު ވާ ހޯމަ ދުވަހުން ފެށިގެން 20 ނޮވެމްބަރު ވާ ހުކުރު ދުވަހުގެ ނިޔަލަށް އަނެއްކާވެސް މާލެއަށް ޒިޔާރަތްކުރާނެ އެވެ.

މި މަޝްވަރާތަކުގައި ދަރުވަރުންގެ ތައުލީމާއި، ކިޔަވައިދޭނެ މާއްދާތަކާއި، އަދި ޔުނިވާސިޓީގެ ޕްލޭންތަކާ ގުޅޭގޮތުން ބެލެނިވެރިންނަށް އެތަކެއް މައުލޫމާތެއް ހިއްސާކުރެވޭނެ އެވެ.

މި އަހަރު އެޕްސަމް ކޮލެޖްގެ، އިރުދެކުނު އޭޝިއާ އާއި މެލޭޝިއާގެ ދަރިވަރުން ވަނީ ޕިއާރުސަން އެޑްއެކްސެލްގެ އެވޯޑުތައް މުޅި ދުނިޔެއިން އެންމެ މަތީ ފެންވަރަށް ހާސިލްކޮށްފަ އެވެ. މި ކޮލެޖުގެ 30 ދަރިވަރުންތައް ވަނީ ހިސާބު، އިނގިރޭސި އަދަބިއްޔާތާއި އަދި ބަޔޯލޮޖީ މާއްދާއިން ޕިއާރުސަން ހައި އެޗީވޭސް މަގާމު ހާސިލްކޮށްފަ އެވެ.

މީގެ 170 އަހަރު ކުރިން ފުރަތަމަ އިނގިރޭސިވިލާތުގައި ތައާރަފްކޮށްފައިވާ އެޕްސަމް ކޮލެޖް ވަނީ 2014 ވަނަ އަހަރު މެލޭޝިއާއަށް ގެންސް ގާއިމުކޮށްފަ އެވެ.

މެލޭޝިއާގެ އެއާޕޯޓަށް 15 މިނެޓް ދުރުމިނުގައި ގާއިމުކޮށްފައިވާ މި ކޮލެޖަކީ 830 ދުވަހަށް 3 އަހަރާއި 19 އަހަރާ ދެމެދުގެ ބޯޑިން ދަރިވަރުންނަށް އެކޮމޮޑޭޝަން ވެސް އިންތިޒާމުކޮށްފައިވާ ކޮލެޖެކެވެ. އެގޮތުން، މި ކޮލެޖްގެ 75 ޕަސެންޓަކީ ތަފާތު 30 ގައުމުތަކަށް ނިސްބަތްވާ ދަރިވަރުންނެވެ.

ޕިއާސަން އެޑެކްސެލް އެވޯޑްތަކުގެ ސަބަބުން މި ކޮލެޖުގެ ވަރުގަދަ ތައުލީމީ ނަތީޖާތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދެ އެވެ. 2025-26 ވަނަ ދިރާސީ އަހަރު ރަސަލް ގްރޫޕް ޔުނިވާސިޓީއަކަށް ކުރިމަތިލީ ކޮންމެ ދަރިވަރަކަށް މަދުވެގެން އެއް އޮފާ ލިބިފައިވާއިރު، އޭގެ ދެބައިކުޅަ އެއްބައި ދަރިވަރުން ވަނީ އިނގިރޭސިވިލާތުގެ އެންމެ މޮޅު 10 ޔުނިވާސިޓީގައި ކިޔެވުމަށް ގޮސްފަ އެވެ. އެޕްސަމްއިން ދަސްވެނިވާ ދަރިވަރުން ވަނީ އޮކްސްފޯޑް، ކެމްބްރިޖް، އިމްޕީރިއަލް ކޮލެޖް ލަންޑަން، ޔޫސީއެލް، އެލްއެސްއީ، ސްޓެންފޯޑް، ޔޫސީ ބާކްލޭ އަދި ނޭޝަނަލް ޔުނިވާސިޓީ އޮފް ސިންގަޕޫރު ފަދަ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޔުނިވާސިޓީތަކުން މަތީ ތައުލީމު ހާސިލުކޮށްފަ އެވެ.

ހަމަ އެ އަހަރު ދަސްވެނިވި ދަރިވަރުންގެ 60 ޕަސެންޓު ކުރިއަށް ގޮސްފައިވަނީ ސްޓެމް އަދި މެޑިސިންގެ ދާއިރާތަކުން ޑިގްރީ ހާސިލުކުރުމަށެވެ. މި އަހަރު އައިޖީސީއެސްއީ ނަތީޖާގެ 85 ޕަސެންޓު އަދި އޭ-ލެވެލް ނަތީޖާގެ 72 ޕަސެންޓު ދަރިވަރުން އޭ ސްޓާގެ ގްރޭޑް ހާސިލުކޮށްފައިވުމަކީ ކޮލެޖުގެ ދެމެހެއްޓެނިވި މަތީ ތައުލީމީ ފެންވަރު ދައްކުވައިދޭ ކަމެކެވެ.

އިމްތިހާނު ނަތީޖާތަކުގެ އިތުރުން، ކުރިއަރާފައިވާ ޔުނިވާސިޓީތަކުން ބަލަނީ ގިނަ ހަރަކާތްތަކެއްގެ ލިސްޓަކަށްވުރެ ބޮޑަށް ދަރިވަރުންގެ ޝައުގުވެރިކަމާއި ކަންކަމަށް ދޭ އަހައްމިއްޔަތު ކަމަށެވެ. މި ސްކޫލުން ކޮންމެ ޓާމެއްގައި އާޓްސް، މިއުޒިކް، ކުޅިވަރު އަދި ތައުލީމީ ކުރިއެރުމުގެ ދާއިރާއިން 150 އަށްވުރެ ގިނަ ހަރަކާތް ހިންގަ އެވެ. މީގެ އިތުރުން 'އެޕްސަމް ލައިވް ޓޯކް ސީރީޒް' އާއި، އިންޓާންޝިޕްތަކާއި، އަމަލީ ތަޖުރިބާ ލިބޭ ފަދަ އެހެނިހެން ޕްރޮގްރާމްތައްވެސް ކުރިއަށް ގެންދެ އެވެ.

ޔުނިވާސިޓީއަށް އެޕްލައިކުރާ ވަގުތު ޖެހުމުން، ކޮންމެ ދަރިވަރަކަށްވެސް އެ ދަރިވަރެއްގެ އަމިއްލަވަންތަކަން ދައްކުވައިދޭ ފަދަ އެޕްލިކޭޝަނެއް ތައްޔާރުކުރުމަށް އެހީތެރިވެދެ އެވެ. އެއީ އެ ދަރިވަރަކު ކިޔަވަން ބޭނުންވާ ދާއިރާއާއި، އެ ދާއިރާ ހިޔާރުކުރާ ސަބަބު ސާފުކޮށް ބަޔާންކޮށްދޭ އެޕްލިކޭޝަނެކެވެ.

މެލޭޝިއާގެ އެޕްސަމް ކޮލެޖަކީ 450 ސީއޯބީއައިއެސްގެ 450 މެމްބަރުންގެ ތެރެއިން ހަމަ އެކަނި ހަ ސްކޫލުގެ ތެރެއިން ޑަބަލް ބީކަން ސްޓޭޓާސްއާއި ދަރިވަރުންގެ ވެލްފެއާ އާއި ލީޑާޝިޕް ހިފަހައްޓަމުންދާ ކޮލެޖެ ކެވެ. ބޯޑަރތައް ބެލެހެއްޓިގެންދަނީ އެ ކޮލެޖުގެ ސްޓާފުންނާއި، އެކަޑެމިކް ޓިއުޓާރުންނާއި، އަދި ސްކޫލް ކައުންސިލަރް އެވެ.

އަދި މީގެ އިތުރުން، ނަމާދު ކުރާ ކޮޓަރިއާއި، ކޮންމެ ހަފްތާ އަކު އިސްލާމީ ތައުލީމާއި، ހުކުރު ނަމާދަށް ކައިރި މިސްކިތްތަކަށް ގެންގޮސް ދިނުމުގެ އިންތިޒާމު ވެސް ކޮލެޖުން ވަނީ ދަރިވަރުންނަށް ހަމަޖައްސައިދީފަ އެވެ.