ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ "ބޭފެންސީ ރެސިޑެންސް" މަޝްރޫއުގެ ޖުމްލަ މަސައްކަތުގެ 76 ޕަސެންޓް ނިމި، މި އަހަރުގެ ނިޔަލަށް މުހިންމު ލަނޑުދަނޑިތަކެއް ހާސިލްކުރުމަށް އަމާޒު ހިފައިފި އެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މަޝްރޫއުގެ 76 ޕަސެންޓް އެއްކޮށް ނިމިފައިވާއިރު، މިހާރު ކުރިއަށް ދަނީ އިމާރާތުގެ އެތެރޭގެ ފިނިޝިން މަސައްކަތްތަކާއި ބޭރުގެ އާކިޓެކްޗަރަލް ސިފަތައް ފުރިހަމަކުރުމުގެ މުހިންމު މަރުހަލާ އެވެ. އެ ކުންފުނިން ބުނި ގޮތުގައި އިންޖިނިއަރިން އަދި ކޮންސްޓްރަކްޝަން ޓީމުތަކުން އަންނަނީ ނޮވެމްބަރު އަދި ޑިސެމްބަރު މަހަށް ކަނޑައަޅާފައިވާ ވަކި ލަނޑުދަނޑިތަކަކަށް ވާސިލުވުމަށް ރޭވުންތެރިކަމާއެކު މަސައްކަތް ކުރަމުންނެވެ.
ފަހުގެ ކުރިއެރުންތަކަށް ބަލާއިރު، އެޕާޓްމަންޓްތައް ހުންނަ ފަންގިފިލާތަކުގެ އެތެރޭގެ ފިނިޝިން މަސައްކަތްތައް ދަނީ މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށެވެ.
އެތެރޭގެ ތަރައްގީތަކާ އެކު، އިމާރާތުގެ ބޭރުބައި މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ބުނެފައި ވެއެވެ. އެލްމީނިއަމް ދޮރާއި، ކުޑަގޮރުތައް އިންސްޓޯލް ކުރުމާއި، ބޭރުގެ ފެން ހިއްކުމުގެ ނިޒާމްތައް ނިންމުމާއި، ސްކެފޯލޑިންގް ޕްރޮގްރެސިވްކޮށް ނައްތާލުމަކީ ރެސިޑެންސްގެ އާކިޓެކްޗަރަލް އައިޑެންޓިޓީއެއް މަޑުމަޑުން އުފެއްދުމުން އަންނަ ކަންކަމެވެ.
އެގޮތުން:
- 10 ވަނަ ފަންގިފިލާއިން ފެށިގެން 15 ވަނަ ފަންގިފިލާއާ ހަމައަށް ސީލިން އެޅުމުގެ މަސައްކަތް އެއްކޮށް ވަނީ ނިމިފައި.
- މަތީ ފަންގިފިލާތަކުގެ ފާރުތަކާއި ސީލިންގައި ކުލަލުމަށް ތައްޔާރުކުރުމާއި ޓައިލްސް ޖެހުމުގެ މަސައްކަތް ވަނީ ކުރިއަށް ގޮސްފައި.
- މުޅި އިމާރާތުގެ ތަޅުންގަނޑު އެއްވަރުކުރުމާއި، ފާހާނާތައް ވޯޓަޕްރޫފް ކުރުމުގެ އިތުރުން ކަރަންޓާއި ފެންވައިރު ކުރުމުގެ މުހިންމު މަސައްކަތްތައް ވަނީ ނިމުމަކާ ގާތްވެފައި.
- އިމާރާތުގެ ބޭރުގައި އެލުމިނިއަމް ދޮރާއި ކުޑަދޮރު ހަރުކުރުމާއި، ބޭރުގެ ފެންހިންދާ ނިޒާމުގެ މަސައްކަތް ނިންމުމުގެ އިތުރުން، ބޭރުގައި ޖަހާފައިވާ ސްކެފޯލްޑިންތައް މަޑުމަޑުން ނެގުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ. މިއާއެކު އިމާރާތުގެ އަސްލު ވަނީ ފެންނަން ފަށާފައި.
ކުރިއަށް އޮތް ތަނަށް ރާވާފައިވާ މަސައްކަތްތަކަށް ބަލާއިރު، މި އަހަރު ނިމުމުގެ ކުރިން އިމާރާތުގެ އެތެރެއާއި ބޭރުގެ މައިގަނޑު މަސައްކަތްތައް ނިންމުމަށް ވަނީ ހާއްސަ އިސްކަމެއް ދީފަ އެވެ.
އެގޮތުން، މި ނޮވެމްބަރު މަހުގެ ނިޔަލަށް 2 ވަނަ ފަންގިފިލާއިން ފެށިގެން 17 ވަނަ ފަންގިފިލާއާ ހަމައަށް ކަރަންޓާއި ފެން ހޮޅި އެޅުމުގެ ހުރިހާ މަސައްކަތެއް ނިންމާލުމަށް ވަނީ ތާވަލުކޮށްފަ އެވެ. އަދި އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ތަޅުންގަނޑު އެއްވަރުކުރުމާއި، ފާހާނާތައް ވޯޓަޕްރޫފް ކުރުމާއި، ސީލިން އެޅުމާއި، ފާރުތައް ތައްޔާރުކުރުމުގެ އިތުރުން ޓައިލްސް ޖެހުމުގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް ކުރިއަށް ގެންދާނެ އެވެ.
ކުރިއަށް ބަލާއިރު، ކޮންސްޓްރަކްޝަން ޕްރޮގްރާމްގައި ވަކިން ބޮޑަށް އަލިއަޅުވާފައިވަނީ އަހަރު ނިމުމުގެ ކުރިން އެތެރެއާއި ބޭރުގެ މުހިއްމު މަސައްކަތްތައް ނިންމުމަ ށެވެ. 2 ވަނަ ފަންގިފިލާއިން ފެށިގެން 17 ވަނަ ފަންގިފިލާއަށް ހުރަސްކޮށް އިލެކްޓްރިކަލް އަދި ޕްލަމްބިންގް ހޮޅި މަސައްކަތް މިމަހުގެ ފަހުކޮޅު ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ފަހުން މުޅި ޑިސެމްބަރު މަހުގައި ފްލޯ ލެވެލް ކުރުމާއި، ފާހަނަ ވޯޓާޕްރޫފް ކުރުމާއި، ސީލިންގް އިންސްޓޯލް ކުރުމާއި، ސަރަހައްދު ތައްޔާރުކުރުމާއި، ޓައިލިންގް ހެދުމުގެ ދާއިރާއިން އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ އެވެ.
ޑިސެމްބަރު މަހު ހާސިލްކުރުމަށް ކަނޑައަޅާފައިވާ އެންމެ ފާހަގަކޮށްލެވޭ އެއް ލަނޑުދަނޑިއަކީ އެލުމިނިއަމް ދޮރާއި ކުޑަދޮރު ހަރުކޮށް ނިންމުމާއި، އިމާރާތުގެ ބޭރުގެ ފަސާޑް ފިނިޝިން ނިންމާލުމެވެ. އަދި އަހަރު ނިމުމުގެ ކުރިން މުޅި އިމާރާތުގެ ބޭރުގައި ހުރި ހުރިހާ ސްކެފޯލްޑިންތަކެއް އެއްކޮށް ނަގައި ނިންމާލެވޭނެ އެވެ. މި ބަދަލުތަކާއެކު އިމާރާތުގެ ލޮލަށް ފެންނަ މަންޒަރަށް ބޮޑު ބަދަލެއް އައިސް، ބޭފެންސީ ރެސިޑެންސްގެ އާކިޓެކްޗަރަލް ޑިޒައިން ފުރިހަމައަށް ފެންނަން ފަށާނެ އެވެ.
ޑިސެމްބަރު މަހަށް ރާވައިފައިވާ އެންމެ ފާހަގަކޮށްލެވޭ އެއް މައިލްސްޓޯނަކީ އެލްމިނިއަމް ދޮރާއި ކުޑަދޮރު އިންސްޓޯލް ކުރުމާއި ބޭރުބައިތައް ނިންމުމަ ށެވެ. މި ތަރައްގީތަކުގެ ސަބަބުން ވިޝުއަލް ޓްރާންސްފޯމޭޝަންނެއް އައިސް، އިމާރާތުގެ އާކިޓެކްޗަރަލް ޑިޒައިން ފުރިހަމައަށް ފެންނަން ފަށާނެ ކަމަށް ބެލެވިގެންދެ އެވެ.
މިފަދަ ބޮޑު މަޝްރޫއެއްގައި ކޮންމެ މަރުހަލާއެއް ވެސް އަނެއް މަރުހަލާއާ ގުޅިފައިވާއިރު، ސްޓްރަކްޗަރަލް ފިނިޝިން އާއި، ބިލްޑިން ސާވިސަސް އަދި އެތެރެ އާއި ބޭރުގެ މަސައްކަތްތައް އެއް ހަމައެއްގައި ކުރިއަށް ގެންދިއުމަށް އެ ކުންފުނިން ވަނީ ހާއްސަ ރޭވުންތެރިކަމެއް ގެންގުޅެފަ އެވެ. ކަނޑައެޅިފައިވާ ލަނޑުދަނޑިތަކާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދާއިރު، އިމާރާތުގެ ފެންވަރާއި ކުދިކުދި ތަފްސީލުތަކަށް ވެސް އެންމެ މަތީ ދަރަޖައިގައި ސަމާލުކަން ދޭ ކަމަށް ބޭފެންސީން ބުނެ އެވެ.
ބޭފެންސީ ރެސިޑެންސް ތަރައްގީކުރުމުގެ އާ މަރުހަލާއަކަށް މިސްރާބު ޖަހާފައިވާއިރު، އެ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ފަންނީ ގޮތުން ފުރިހަމަ ކޯޑިނޭޝަނަކާ އެކު ބާކީ ހުރި ހުރިހާ މަސައްކަތްތަކެއް ވެސް ފަރުވާތެރިކަމާ އެކު ނިންމައި، ބޭފެންސީ ރެސިޑެންސްގެ ތަސައްވުރު ހަގީގަތަކަށް ހެދުމެވެ.