މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން "ކާޑުން ކަނޑާލާ ޓެޕް އެންޑް ވިން، އިޔާ އެންޑް ކެމްޕޭން 2026" ގެ ނަމުގައި އަހަރުގެ ފަހުކޮޅާ ދިމާކޮށް ހާއްސަ ކެމްޕޭނެއް މިއަދު ފަށައިފި އެވެ.

އެމްއައިބީން ބުނީ، މިއަދުން ފެށިގެން ޑިސެމްބަރު 31 ގެ ނިޔަލަށް ކުރިއަށްދާ މި ކެމްޕޭނަކީ، ދުވަހުން ދުވަހަށް ކުރާ ވިޔަފާރިތަކުގައި އެމްއައިބީގެ ވިސާ ކާޑާއި "ފައިސާވެއާ" ބޭނުންކުރާ މިންވަރު އިތުރުކޮށް، ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.

މި ކެމްޕޭނުގައި ބައިވެރިވުމަށް، އެމްއައިބީގެ ޕީއޯއެސް ޓާމިނަލްތައް ނުވަތަ "އެމްއައިބީ ގްލޯބަލް ޕޭ" މެދުވެރިކޮށް، ކާޑު އަދި ފައިސާވެއާ ބޭނުންކޮށްގެން މަދުވެގެން 120ރ. ގެ 12 މުއާމަލާތް ފުރިހަމަކޮށް ކާމިޔާބުކަމާއެކު ޕްރޮސެސްކުރަންޖެހެ އެވެ.

މި ކެމްޕޭނުގެ ދަށުން ކޮންމެ ދެ ހަފްތާއަކުން އެއްފަހަރު ނަގާ ދެ ނަސީބުވެރިއަކަށް އެމްއައިބީން ކަނޑައަޅާ ގެސްޓްހައުސްއަކުން ދެ މީހުންނަށް ތިން ދުވަހުގެ ހިލޭ ޗުއްޓީ ދަތުރެއް ލިބޭނެ އެވެ.

މި ކެމްޕޭނުގެ ދަށުން ޗުއްޓީ ހޭދަޮށްލުމުގެ ފުރުސަތު ލިބޭނީ ކ. ދިށްފުށީގައި ހުންނަ ސްޓޯން ހޮޓެލްއާއި، ބ. ދަރަވަންދޫގައި ހުންނަ ލުވައިސް ބްލާންކުރާ އަދި ކ. ގުޅީގައި ހުންނަ އެރައިވަލް ބީޗް އެންޑް ސްޕާ ގެސްޓްހައުސް އިންނެވެ. މި އިނާމު ޕެކޭޖުތަކުގެ ތެރޭގައި އެކޮމޮޑޭޝަން، ފުލް-ބޯޑު ކެއުން އަދި ދެކޮޅު ޓިކެޓު ހިމެނޭކަމުގައި އެމްއައިބީން ބުން ޏެވެ.

މިފަދަ ކެމްޕޭންތަކާއި ޕްރޮމޯޝަންތައް ހިންގުމުގެ މައިގަނޑު ބޭނުމަކީ އެމްއައިބީގެ ޑިޖިޓަލް ޕޭމަންޓް ނިޒާމު އިތުރަށް ހަރުދަނާކޮށް، ނަގުދު ފައިސާގެ ބަދަލުގައި ކާޑާއި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ފަސޭހަކަމާއެކު ވިޔަފާރިކުރުމުގެ އާދަ އަށަގެންނެވުމާއެކު ކަސްޓަމަރުންގެ ބޭންކިންގް ތަޖުރިބާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުން ކަމުގައި އެމްއައިބީން ބުންޏެވެ.