ތަފާތު ބައްދަލުވުންތަކާއި ޓްރެއިނިން އަދި ސެމިނާތައް ބޭއްވުމަށް ރަނގަޅު ފެންވަރުގެ އަދި ޖާގަ ތަނަވަސް ތަނެއް ހޯދުމަކީ މާލެ ސަރަހައްދުގައި މިހާރު އެންމެ އުނދަގޫ އެއް ކަންތަކެވެ. އެކަމަކު، އެފަދަ މާހައުލެއް ނެތުމުގެ ދަތިތަކަމަށް "މާލިމީ ތިންކްހަބް" އާ އެކު ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ އެވެ. 

"މާލިމީ ތިންކްހަބް" ގެ ނަން ހާއްސަ ކޮށްފައި ވަނީ މަޝްހޫރު މާލިމީ މުހައްމަދު ހަސަން މަނިކުގެ ހަނދާނަށެވެ.

އެއީ މުހިންމު ސެމިނާތަކާއި މަސައްކަތު ބައްދަލުވުންތައް އަދި ހިޔާލުތައް ބަދަލުކޮށް، އާ ހިޔާލުތައް ހޯދައި، ތަފާތު އެކި މަޝްވަރާތައްކޮށް، ތަމްރީނުތައް ހިންގުމަށް ބޭނުންވާނެ އެކި ވަސީލަތްތަކާ އެކު ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައިވާ ތިން ހޯލް ހިމެނޭ ތަނެކެވެ. އެ ތަނުގައި ޓްރެއިނިން ހޯލަކާއި ބޯޑްރޫމެއް އަދި ޓެރަސްއެއް ވެސް ހިމެނެ އެވެ.

މާލިމީ ތިންކްހަބްގައި ބައްދަލުވުންތަކަށް ހާއްސަ ކޮޓަރިއެއް.
މާލިމީ ތިންކްހަބްގައި ބައްދަލުވުންތަކަށް ހާއްސަ ކޮޓަރިއެއް.

ޓްރެއިނިން ހޯލުގައި އެ ބަޔަކު ބޭނުންވާ ގޮތަކަށް މޭޒާއި ގޮނޑި ޖަހާލެވޭނެ އެވެ. އަދި 85 އިންޗީގެ ފަހުގެ އިންޓަރެކްޓިވް ސްމާޓްބޯޑަކާއި ޕްލިޕްބޯޑު ހުންނާނެ އެވެ. މީގެ އިތުރުން ސައުންޑް ސިސްޓަމާއި ވަޔާލެސް މައިކް، މައިކް ސްޓޭންޑު އަދި ޕޯޑިއަމާއި ސްޓޭޖް އޭރިއާއެއް ވެސް ހަދާފައި ވެ އެވެ. އެ ތަނުގައި ޕޭންޓްރީ އަކާއި ފާހަނާގެ އިތުރުން ނަމާދުކުރުމަށް ހާއްސަ ޖާގައެއް އަދި ވައިފައި އިންޓަނެޓުގެ ހިދުމަތް ލިބެން ހުރެ އެވެ.

"މާލިމީ ތިންކްހަބް" ގައި ހުންނަ ބޯޑްރޫމަކީ އެގްޒެކެޓިވް މީޓިންތަކަށް ހާއްސަ ސްޓައިލްގައި ތައްޔާރު ކޮށްފައިވާ 8 މީހުންގެ ޖާގައިގެ ތަނެކެވެ. އެ ތަނުގައި 52 އިންޗީގެ ޓީވީއަކާއި އަމިއްލަ ލެޕްޓޮޕް ގުޅޭނެ އިންތިޒާމްގެ އިތުރުން ވީޑިއޯ ކޮންފަރެންސް ސިސްޓަމް ވެސް ބޭނުންކުރެވޭނެ އެވެ.

މި ތަނުގައި ހުންނަ އޯޕަން ޓެރެސް ސަރަހައްދަކީ ޓީމް ބިލްޑިން އާއި ނެޓްވޯކިން އާއި ކެއިންބުއިމާ އެކު ބާއްވާ ހަރަކަތްތަކަށް އެކަށޭނެ ޖާގައެކެވެ. މި ޓެރަހުގައި ޖުމްލަ 50 މީހުންގެ ޖާގަ ހިމެނޭއިރު، ވޯކްޝޮޕެއް ނުވަތަ ޓްރެއިނިންއެއްގައި ބޭރުގައި ބާއްވާ ޓީމް ބިލްޑިން ހަރަކާތްތަކަށާއި އަދި ހަވީރުގެ ނުވަތަ ރޭނގަޑުގެ ރިފްރެޝްމަންޓަށް އެކަށީގެން ވާނެ ކަމަށް މާލިމީ ތިންކްހަބުން ބުންޏެވެ.

މާލިމީ ތިންކްހަބްގެ ސެމިނާރޫމެއް.
މާލިމީ ތިންކްހަބްގެ ސެމިނާރޫމެއް.

"މާލިމީ ތިންކްހަބް" ހުންނަނީ ފިޔާތޮށި މަގުގައި ހުންނަ މ. ހުދުއަސުރުމާ ހިޔާގެ 10 ފަނަ ފްލޯގަ އެވެ. މިތަން ބުކް ކުރުމުގައި އިސްކަން ދެނީ އެތަނުގެ ރިޒަވޭޝަން ފުރަތަމަ އެދޭ ފަރާތަކަށެވެ. މިތަން ބުކް ކުރުމާ ގުޅޭ އިތުރު މައުލޫމާތު 7765979 އިން އަދި [email protected]  އިން ލިބޭނެ އެވެ.