ޔޭޔޭ ކޮފީގެ "ސިޕް އެންޑް ވިން" ޕްރޮމޯޝަންގެ ތިންވަނަ މަހުގެ ނަސީބުވެރިން ހޮވައިފި

ބީއެޗްއެމް ޓްރޭޑާސް އިން ރާއްޖެ އަށް އެތެރެކޮށް ވިއްކަމުން އަންނަ ޔޭޔޭ ކޮފީގެ އަގުބޮޑު ޕްރޮމޯޝަންގެ ތިން ވަނަ މަހުގެ ނަސީބުވެރިން ހޮވައި، އެ މީހުންނަށް އިނާމުގެ ގޮތުގައި ދޭން ނިންމި ލެޕްޓޮޕްތައް ހަވާލުކޮށްފި އެވެ.


"ސިޕް އެންޑް ވިން"ގެ ނަމުގައި ފެށި ޕްރޮމޯޝަންގެ މިދިޔަ ނޮވެމްބަރު މަހުގެ ނަސީބުވެރިންނަށް ހޮވުނު 15 މީހަކަށް ޑެލް ވޮސްޓްރޯ މަލްޓި މީޑިއާ ލެޕްޓޮޕް ހަވާލުކުރީ، ބީއެޗްއެމްގެ އޮފީހުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ޔޭޔޭ ކޮފީގެ ތިން ވަނަ ބުރުގެ ނަސީބުވެރިން.

މި އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި، ކޮންމެ މަހެއްގެ ގުރުއަތުން ހޮވޭ 15 މީހަކަށް ލެޕްޓޮޕް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ބީއެޗްއެމް އިން ބުނީ، ޕްރޮމޯޝަން ނިމޭއިރު އެއް މިލިޔަން ރުފިޔާގެ އިނާމް ދޫކުރެވޭނެ ކަމަށެވެ.

އޭގެ އިތުރުން ކޮންމެ ދުވަހަކު ވެސް 50 ބޯނަސް އިނާމް ދެ އެވެ. ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ މީހަކަށް ބޮޑު އިނާމެއްގެ ގޮތުގައި ޑެލް އިންސްޕިރޮން ގޭމިން ލެޕްޓޮޕެއް ދޭން ވަނީ ނިންމައިފަ އެވެ.

ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ޔޭޔޭ ކޮފީ ގަތުމުން ދޫކުރާ ކޫޕަންގައި ފޮރުވާފައިވާ ކޯޑު 5757 އަށް އެސްއެމްއެސް ކުރުމުންނެވެ. ބީއެޗްއެމް އިން ބުނިގޮތުގައި ގަންނަ ކޮންމެ 10 ޔޭޔޭ ކޮފީ ޕެކެޓަކަށް ލިބޭނީ އެއް ކޫޕަނެވެ. ބޮޑު ޕެކެޓެއް ގަތުމުން ފަސް ކޫޕަން ލިބެ އެވެ.