އޮން ވީ ފިހާރަ: އެ ފިހާރަ އަށް ގުޅުމުން ހިލޭ ޑެލިވަރީ ކޮށްދޭނެ.
02 ޖޫން 2018 - 13:29
ރީތިވުމާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންވާ އޯގޭނިކް އަދި ނެޗުރަލް އުފެއްދުންތައް ވިއްކުމަށް ޚާއްސަ ފިހާރައެއް ހުޅުވައިފި އެވެ.
އޯކިޑްމަގު ސަމުގާ ކުރިމަތީގައި އިއްޔެ ރޭ ހުޅުވި "އޮން ވީ" ފިހާރަ އިން ބުނީ، އެ ތަނުގެ އަމާޒަކީ އޯގޭނިކް، ނެޗުރަލް އަދި ކެމިކަލް ފްރީ ޕްރޮޑަކްޓުތައް ރަނގަޅު އަގެއްގައި އާންމުންނަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި އެ ތަނުން ވިއްކާ ޕްރޮޑަކްޓްތަކަކީ ދިވެހިންގެ ލައިފްސްޓައިލަށް ހެޔޮ ބަދަލު ތަކެއް ގެނައުމަށް އެހީތެރިވެދޭނެ ޕްރޮޑަކްޓްތަކަށް ވާނެ ކަމަށް، އެ ފިހާރަ އިން ބުންޏެވެ.
"އޮން ވީ" ފިހާރަ އިން ވިއްކާ މަޝްހޫރު ބްރޭންޑްތަކުގެ ތެރޭގައި އިނގިރޭސި ވިލާތުގެ ދި އޯގޭނިކް ފާމަސީގެ އުފެއްދުން ތަކާއި، ޖަރުމަނުގެ ލަވޭރާ އަދި ހިޕް ބްރޭންޑްގެ އުފެއްދުންތަކުގެ އިތުރުން ޕޮލެންޑްގެ އާވާ ބްރޭންޑްގެ އުފެއްދުންތައް ވެސް ހިމެނެ އެވެ. އޭގެ އިތުރުން ކަޅުދިރީގެ ބާވަތްތައް އެފެއްދުމަށް މަޝްހޫރު އެމެރިކާ ކުންފުންޏެއް ކަމަށްވާ ބްލެކް ސީޑް ހާބްގެ އެކި ބާވަތްތައް ވެސް އެ ފިހާރައިން ވިއްކަ އެވެ.
އޮން ވީ ފިހާރަ: އެ ފިހާރާގައި ވިއްކަން ހުންނާނީ ބޭރުގެ މަޝްހޫރު ބްރޭންޑްތައް.
އިނގިރޭސިވިލާތުގެ ދި އޯގޭނިކް ފާމަސީގެ ޕްރޮޑަކްޓްތަކަކީ ކިމް އަދި ކްލޯއި ކާޑޭޝިއަން، ރީޓާ އޯރާ، ކްލައުޑިއާ ޝިފަ، މެޑޯނާ، ކޭޓީ ޕެރީ، ޓޭލާ ސްވިފްޓް، މައިލީ ސައިރަސް އަދި ކައިލީ މިނޯގް ފަދަ މަޝްހޫރު އެތައް ތަރިންނެއް ބޭނުންކޮށް އެ ފަރާތްތަކުގެ އިތުބާރާއި ލޯބި ހޯދާފައިވާ ބްރޭންޑެކެވެ.
ކަށި ވަރުގަދަ ކުރުމަށާއި، މެޓަބޮލިޒަމް ރެގިއުލޭޓް ކުރުމަށާއި، ސްކިން ރީތި ކުރުމަށް ޚާއްސަ ސަޕްލިމެންޓް ވެސް އެ ފިހާރައިން ލިބެން ހުންނާނެ އެވެ. އޭގެ އިތުރުން ވާޖިން ކޮކޮނަޓް އޮއިލް، ކަޅުދިރި ތެލާއި، ކަޅުދިރި ބޭނުންކޮށްގެން ހަދާފައިވާ ރީތިވުމަށް ބޭނުންވާ ސާމާނު ވެސް އޮން ވީ ފިހާރަ އިން ވިއްކަ އެވެ.
އޮން ވީ ފިހާރަގައި ވިއްކަން ހުރި ޖަރުމަނުގެ ހިޕް ބްރޭންޑްގެ ބައެއް އުފެއްދުންތައް.
އޮން ވީ ފިހާރައިން ލިބެން ހުންނަ ތަފާތު ވައްތަރުގެ ރީތިވުމަށް ބޭނުންކުރާ ސާމާނުގެ ތެރޭގައި ޝޭމްފޫ، ކޮންޑިޝަނާ، ލޯޝަން، ސްކްރަބް، މާސްކް، އެންޓި ރިންކްލް ކްރީމް، ޑިއޯޑޮރައިޒަ، ޕައުޑަ، މަސާޖް އޮއިލްސް، ފޭސް ވޮޝް، ކޮންސީލަ، ލިޕްސްޓިކް، މަސްކަރާ، ވައިޕްސް އަދި ސެންޓު ހިމެނެ އެވެ.
އެތަނުން ވިއްކާ ސާމާނު، އެ ފިހާރަ އަށް ގުޅުމުން ހިލޭ ޑެލިވަރީ ކޮށްދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާބު
02 June 2018
ކައިލީ މިނޯގް މަގޭ ފޭވަރިޓް. މި ޖެހުނީ ދާންތާ ދޯ!
ޒަލް
02 June 2018
ދަމާ ދޯ