އަލޯރާ ޕޭން ހޯމްގައި ހުސްކުރާ ސޭލެއް ފަށައިފި އެވެ.

ނޮވެމްބަރު މަސް ނިމެންދެން ކުރިޔަށް ގެންދާ ސޭލްގައި ގިނަ ފަރުނީޗަރުގެ އަގުތަކަށް ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފަ އެވެ. އެތަނުން ބުނާ ގޮތުގައި މި ސޭލް ބާއްވަން ނިންމީ މިހާރު ހުރި ފަރުނީޗަރު ހުސްކޮށް، އާ ފަރުނީޗަރު ގެންނަން ކަމަށެވެ.

އަލޯރާ ޕޭން ހޯމްގައި ކުރިޔަށް ގެންދާ ހުސްކުރާ ސޭލްގައި ވިއްކާ ޑަައިނިން ސެޓް-- ފޮޓޯ: އަލޯރާ
އަލޯރާ ޕޭން ހޯމްގައި ކުރިޔަށް ގެންދާ ހުސްކުރާ ސޭލްގައި ވިއްކާ ޑަައިނިން ސެޓް-- ފޮޓޯ: އަލޯރާ

ހުސްކުރާ ސޭލް ކުރިޔަށް ދާއިރު ވިއްކަން ހުރި ހުރިހާ ފަރުނީޗަރުން 15 ޕަސެންޓާއި 25 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް ދޭނެ ކަމަށް އަލޯރާއިން ބުނެއެވެ. އެގޮތުން ބެޑްރޫމް އާއި ސިޓީން ރޫމަށް ބޭނުންވާ ތަކެތި ހިމެނެއެވެ.

އޭގެ އިތުރުން ބަދިގޭގައި ގެންގުޅޭ ތަށި، ގޮދަޑި، ބާލީސް އަދި ބޭޑްޝީޓް ވެސް ސޭލްގެ ތެރޭގައި ހިމެނޭ ކަމަށް އެ ފަރާތުން ބުނެއެވެ. އަދި ކުރިން ފަށައިފައިވާ ޕްރޮމޯޝަންގެ ދަށުން ކޮންމެ ގޮދަޑި އަކާ އެކު ހިލޭ ލިބޭ މެޓްރެސް ޕްރޮޓެކްޓަރު އަދިވެސް ހިލޭ ލިބޭނެ ކަމަށް އަލޯރާ އިން ބުނެ އެވެ.

އަލޯރާ ޕޭން ހޯމްގައި ކުރިޔަށް ގެންދާ ހުސްކުރާ ސޭލްގައި ވިއްކާ ލިވިން ރޯމް ފަރުނީޗަރު-- ފޮޓޯ: އަލޯރާ
އަލޯރާ ޕޭން ހޯމްގައި ކުރިޔަށް ގެންދާ ހުސްކުރާ ސޭލްގައި ވިއްކާ ލިވިން ރޯމް ފަރުނީޗަރު-- ފޮޓޯ: އަލޯރާ

އަލޯރާއިން ބުނި ގޮތުގައި އެ ފިހާރައިން މިފަދަ ސޭލްތައް އާންމުކޮށް ކުރިޔަށް ގެންދަނީ އަހަރީ ގޮތަކަށް ކަމަށެވެ. ނަމެވެސް މިފަދަ މަދު ފުރުސަތެއް ލިބޭނީ ހުސްކުރާ ސޭލަކާ ދިމާކޮށް ކަމަށެވެ. އެހެން ކަމުން ހުރިހާ ކަސްޓަމަރުން ވެސް ގޭތެރޭގެ ފަރުނީޗަރު އާކުރުމަށް މި ފުރުސަތުގެ ބޭނުން ހިފަން ރަނގަޅު ކަމަށް އެތަނުން ބުނެ އެވެ.