ދިރާގު ޕޭ އިން ސޮލަރެލް މޮޓޯ އިންޝުއަރެންސަށް ފައިސާ ދެއްކޭ ގޮތް ހަދައިފި

ދިރާގު ޑިޖިޓަލް ވޮލެޓްގެ ހިދުމަތް ކަމަށްވާ ދިރާގު ޕޭ މެދުވެރިކޮށް، ސޮލަރެލް އިންޝުއަރެންސްގެ މޮޓޯ އިންޝުއަރެންސް ޚިދުމަތްތަކަށް ފަސޭހަކަމާ އެކު ފައިސާ ދެއްކޭ ގޮތް ހަދައިފި އެވެ.


އެގޮތުން ސޮލަރެލް އިންޝުއަރެންސްގެ މޮބައިލް އެޕްލިކޭޝަން، "ސޮލަރެލް މޮޓޯ ތާޑް ޕާޓީ އެޕް" މެދުވެރިކޮށް ދިރާގު ޕޭގެ ހިދުމަތް ބޭނުންކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ. އަދި ސޮލަރެލް އިންޝުއަރެންސުން ފޯރުކޮށްދޭ ހުރިހާ މޮޓޯ އިންޝުއަރެންސްގެ ޕޮލިސީތަކަށް ދިރާގު ޕޭ މެދުވެރިކޮށް ފައިސާ ދެއްކޭނެ އެވެ. މި އެޕްލިކޭޝަން، އެޕް ސްޓޯރު އަދި ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑު ކުރެވޭނެ އެވެ.

ދިރާގު ޕޭ އަކީ 2017 ވަނަ އަހަރު ދިރާގުން ތައާރަފުކުރި ޑިޖިޓަލް ވޮލެޓެކެވެ.

ދިރާގު ޕޭ އެކައުންޓެއް ހެދުމަށް ފަހު ދިރާގު ޕޭގެ އެޕް ނުވަތަ މޯބައިލް ފޯނުގެ ޔޫއެސްއެސްޑީ މެނޫ ބޭނުންކޮށްގެން ރަޖިސްޓްރީކުރެވޭނެ އެވެ. އަދި އެކައުންޓަށް ފައިސާ ޖަމާކުރުމަށް ދިރާގުގެ ކޮންމެ ހިދުމަތްދޭ އައުޓްލެޓެއް ނުވަތަ ކަނޑައެޅިފައިވާ ދިރާގުޕޭ އޭޖެންޓް ފިހާރައަކަށް ގޮސް ރީލޯޑް ކުރާ އުސޫލުން ކޮށްލެވޭނެއެވެ. އަދި ދިރާގުގެ ވެބްސައިޓުން ވެސް ވޮލެޓަށް ފައިސާ އެޅޭނެއެވެ.